Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުގްލޯރިއާ ޖީންސް ކޮފީ

ގްލޯރިއާ ޖީންސްގެ ދެވަނަ އައުޓްލެޓް މާލޭގައި ހުޅުވައިފި

ލޯރިއާ ޖީންސްގެ އިތުރު އައުޓްލެޓްތަކެއް ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ވެސް ހުޅުވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 ޑިސެމްބަރު 2018 | އަންގާރަ 14:31
މާލޭގައި ހުޅުވި ގްލޯރިއާ ޖީންސްގެ އައުޓްލެޓް

މާލޭގައި ހުޅުވި ގްލޯރިއާ ޖީންސްގެ އައުޓްލެޓް

ގްރޯލިއާ ޖީންސްގެ އައުޓްލެޓް މާލޭގައި އަންގާރަ ދުވަހު ވެލާނާގެ ކައިރީގައި ހުޅުވައިފިއެވެ.

މިއީ މާލޭގައި ހުޅުވި ގްރޯލިއާ ޖީންސްގެ ދެވަނަ އައުޓްލެޓަށް ވީނަމަވެސް ވެލޭނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވެސް އެ ފްރެންޗައިޒްގެ އައުޓްލެޓެއް ހުރެއެވެ. އެހެންކަމުން މިހާރު ގްރޯލިއާ ޖީންސްގެ ތިން އައުޓްލެޓް ރާއްޖޭގައި ހިންގައެވެ.

އޮސްޓްރޭލިއާގެ މަޝްހޫރު ފްރެންޗައިޒް ބްރޭންޑެއް ކަމަށްވާ، "ގްލޯރިއާ ޖީންސް ކޮފީ" އައުޓުލެޓް ހުޅުވާފައިވަނީ ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑް) އެވެ. ގްލޯރިއާ ޖީންސް ކޮފީ ހިންގަނީ ބްރޫ އެންޑް ފީސްޓް ކިޔާ ދިވެހި ކުންފުންޏަކާ އެ ފްރެންޗައިޒް ގުޅިގެންނެވެ.

ބްރޫ އެންޑް ފީސްޓްގެ ޑައިރެކްޓަރ އަލީ ހާޝިމް ވިދާޅުވީ ގްލޯރިއާ ޖީންސްގެ އިތުރު އައުޓްލެޓްތަކެއް ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ވެސް ހުޅުވުމަށް ނިންމާފައިވާ ކަމަށާއި ވެލާނާގެ ކައިރީގައި ހުޅުވި އައުޓްލެޓްގެ މެނޫ އަށް އިތުރު އައިޓަމްސްތައް އިތުރު ކުރެވިފައިވާނެ ކަމަށެވެ.

ގްލޯރިއާ ޖީންސް ކޮފީ އަކީ އޮސްޓްރޭލިއާގެ މަޝްހޫރު ފްރެންޗައިޒް ކޮފީ ހައުސްއެކެވެ. އެތަނުން ކޮފީގެ އެކި ކަހަލަ ބުއިންތަކާއި އުފެއްދުންތައް ލިބެން ހުރެއެވެ. ދުނިޔޭގެ 39 ގައުމެއްގައި ގްލޯރިއާ ޖީންސް ބްރޭންޑްގެ 800 އަށް ވުރެ ގިނަ އައުޓްލެޓް ހުރެއެވެ.

އިތުރަށް ކިޔާލަން

31 އޯގަސްޓު 2017

ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!

31 އޯގަސްޓު 2017
ޕިރަމިޑް "ހޯލް ސޭލް" ޕްރޮމޯޝަންގެ ދަށުން ހުޅުމާލޭގައި ހާއްސަ އިވެންޓެއް!
03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
09 ޖޫން 2017

ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

09 ޖޫން 2017
ލެޓްސް ކޫލްގެ އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި
12 މެއި 2017

ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ

12 މެއި 2017
ހުޅުމާލޭގައި ބީއެމްއެލްގެ އިންވެސްޓްމަންޓްތައް ފުޅާކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު