Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ވިސްލް ބްލޯވކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވައިފި

ބިލްގެ ބޭނުމަކީ ކޮރަޕްޝަނާއި ދެކޮޅަށް ތެދުވާ ކޮންމެ މީހަކަށް ގާނޫނީ ހިމާޔަތް ދިނުން

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2018 | ހޯމަ 08:12
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

ވިސްލް ބްލޯވ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހަށް އިއްވައި ބަހުސްކުރަން ފަށައިފިއެވެ.

ވިސްލްބްލޯވ ކުރާ ފަރާތްތައް ރައްކާތެރިކޮށްދިނުމުގެ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ. ބިލްގެ ފުރަތަމަ ކިޔުން މަޖިލީހަށް އިއްވަމުން އީވާ ވިދާޅުވީ ވިސްލް ބްލޯވކުރާ ނުވަތަ ބިތުފަންގި ނަގާ ފަރާތްތަކަކީ މުޅި ދުނިޔޭގައިވެސް ބޮޑެތި ނުރައްކަލާއި ކުރިމަތިލާން ޖެހިފައިވާ ބައެއް ކަމަށެވެ. ނަމަވެސް މުޅި ދުނިޔޭގައިވެސް މިހާރު އެކަން ބަދަލުވަމުން އަންނަ ކަމަށާއި، ދުނިޔޭގެ ގައުމުތަކުގައި ގައްދާރުންގެ ގޮތުގައި ދެކުނު އެމީހުންނަށް، މިހާރު ގާނޫނީ ހިމާޔަތް ދެމުން އަންނަ ކަމަށް އީވާ ވިދާޅުވިއެވެ.

ދުނިޔޭގެ ގައުމުތަކުންވެސް ދައުލަތުން ހިންގާ ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ފަޅާ އަރުވާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ގާނޫނުތަށް ހެދި، އެ ގާނޫނުތަކައް އަމަލު ކުރަމުން އަންނަކަމަށް އީވާ ވިދާޅުވިއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިޔާ، ކެނެޑާ އިންޑިޔާ، ޔޫރަޕް އިއްތިހާދުގެ ގައުމުތައް، އިނގިރޭސވިލާތް، އެމެރިކާ، ސައުތު އެފްރިކާ ހިމެނޭ ކަމަށާއި، ދުނިޔޭގެ 30 ގައުމުން މި ފަދަ ގާނޫނުތަށް ހަދާ އަމަލުކުރަމުން އަންނަ ކަމަށް އީވާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ބިލް ފާސްކުރެވިއްޖެއްޔާ ދިވެހިރާއްޖެ އިރާދަކުރެއްވިއްޔާ ވެގެންދާނީ ކޮރަޕްޝަނާއި ދެކޮޅަށް މި މުހިންމު ފިޔަވަޅު އަޅާ އެއްގައުމުގެ ގޮތުގައި ކަމަށް. ތާރީހީ ގޮތުން ބަލާއިރު ފެންނަން އޮތީ، ދިވެހިރާއްޖެއަށް ދައުލަތުގެ ތެރޭގައި ހިނގާ ހުރި ކޮރަޕްޝަންގެ އަމަލްތަކާއި އަނިޔާތައް، ނޭއްގާނީ އަމަލުތައް، އެކަންކަން ހުއްޓުވުމަށް ދިވެހިރައްޔތުންނަށް މާ ބޮޑު ބާރެއް ނެތި ހިނގަމުން ދިޔަ އަމަލުތައް،" އީވާ ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންނަށް ދައުލަތުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާ ބޮޑު ފުރުސަތެއް ނޯންނަ ކަމަށާއި، ދައުލަތުގެ އެތައް މުވައްޒަފުންނެއް ތިބީ ކޮރަޕްޝަންގެ އެތަށް އަމަލެއް ފެނުނު އިރުވެސް ވަޒީފާގެ ބިރަށްޓަކައި، ޖަލުގެ ބިރަށްޓަކައި، އަނިޔާގެ ބިރަށްޓަކައި އެކަންކަމާއި ދެކޮޅަށް ތެދުވާން ނުކެރިފައި ކަމަށް އީވާ ވިދާޅުވިއެވެ.

މި ބިލުގެ ބޭނުމަކީ ކޮރަޕްޝަނާއި ދެކޮޅަށް ތެދުވާ ކޮންމެ މީހަކަށް ގާނޫނީ ހިމާޔަތް ދިނުން ކަމަށް އީވާ ވިދާޅުވިއެވެ.

"ވެރީންގެ ވައްކަމާއި، ވެރީންގެ އަނިޔާ އާއި، ވެރީންގެ ނޭއްގާނީ ކަމުގެ ވާހަކަ މުވައްޒަފުންނަށް އެ ވާހަކަ ދެއްކުމުގެ ހިތްވަރު ލިބިގެން ދިއުން. އެ ދައްކާ މީހާއަށް ގާނޫނީ ހިމާޔަތް ދިނުން. ކޮރަޕްޝަނާއި ދެކޮޅަށް ތެދުވާ މީހާއަށް ގާނޫނީ ހިމާޔަތް ދިނުން. ފާއިތުވި ފަސް އަހަރު ތެރޭގައި އަޅުގަނޑުމެންނަށް ފެނުނީ ވައްކަން ކުރާ މީހާއަށް ހިމާޔަތް ދިން ތަން،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މި ގާނޫނުގެ ބޭނުމަކީ ސިއްރިޔާތުގައި ސަރުކާރު ހިންގުމުގެ ސަގާފަތާއި ދުރަށް ދިއުން ކަމަށާއި، ދައުލަތުގެ ތެރޭގައި ހިނގާ ވައްކަމާއި ލާއިންސާނީ އަނިޔާއާއި ނޭއްގާނީ އަމަލުތަށް ހާމަވާނޭ ކަމުގެ ޔަގީންކަން ދިވެހިރައްޔިތުންނަށް ދިނުން ކަމަށެވެ.

ވިސްލް ބްލޯވކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލްގެ މައިގަނޑު މަގްސަދުގެ ގޮތުގައި ބިލްގައި ބުނެފައިވަނީ:

  • ނޭދެވޭ އަމަލެއްގެ މައުލޫމާތު ހުށަހަޅައި ވިސްލްބްލޯވ ކުރާނޭ ނިޒާމެއް އެކަށައަޅައި ވިސްލްބްލޯވ ކުރުމަށް ހިތްވަރު ދިނުން
  • ވިސްލްބްލޯވ ކުރުމުން އެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި ތަހުގީގްކޮށް ފިޔަވަޅު އެޅުން
  • ވިސްލްބްލޯވ ކުރާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން
  • ބިލްގައިވާ ހައްގުތަކާއި ޒިންމާތަށް މެދުވެރިކޮށް ޖަވާބުދާރީވަނިވި ހާމަކަން ބޮޑު ނަޒާހަތްތެރި ސަގާފަތެއް ދިވެހިރާއްޖޭގައި އެކަށައެޅުން

ވިސްލް ބްލޯވ ކުރެވޭނޭ އަމަލުތަކުގެ ގޮތުގައި އަމަލުތަކެއް ބިލްގައިވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ކޮރަޕްޝަންގެ އިތުރުން ޖިނާއީ ކުށެއް
  • އިންސާނީ ހައްގަކާއި ހިލާފް އަމަލެއް
  • ބައިނަލް އަގްވާމީ އިންސާނިއްޔަތު ކަމުގެ ގާނޫނަކާއި ހިލާފް އަމަލެއް
  • އާއްމު ސިއްހަތު ނުވަތަ ރައްކާތެރިކަމަށް ނުރައްކަލެއް
  • ތިމާވެއްޓަށް ނުރައްކަލެއް
  • ދައުލަތުގެ މަގާމް ނަހަމަ ގޮތުގައި ބޭނުންކުރުން
  • މިސްކެރިއޭޖް އޮފް ޖަސްޓިސް
  • އަދި ވަސީލަތެއް ބޭކާރު ކުރުން ނުވަތަ މިސްމެނޭޖް ކުރުން

ވިސްލް ކުރާނޭ ފަރާތްތަށް ރައްކާތެރިކުރާނޭ ގޮތްތައްވެސް ބިލުގައިވަނީ ކަނޑައަޅާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ވިސްލް ބްލޯވ ކުރުމުން އެ ފަރާތަކާއި މެދު ބަދަލު ހިފުމުގެ އަމަލުތަކުން ހިމާޔަތް ހޯދައިދިނުމާއި، މަދަނީ އަދި ޖިނާއި ދައުވާތަކާއި އިދާރީ ފިޔަވަޅުތަކުން ރައްކާތެރި ކޮށްދިނުމާއި ވިސްލްބްލޯވ ކުރާ ފަރާތްތަކުގެ މައުލޫމާތު ސިއްރުކޮށްދިނުން.
  • ވިސްލްބްލޯވް ކުރާ ފަރާތްތަށް ހާމަކުރާ މައުލޫމާތު ބަލައިގަންނަ ފަރާތްތަށް ޒިންމާ ކަނޑައެޅުން.
  • ބިލާއި ގުޅޭ ޖިނާއީ ކުށްތަށް ކަނޑައެޅުން.

އީވާ ވިދާޅުވީ މި ބިލް ފަރުމާކުރުމުގެ މަސައްކަތް ފައްޓަވާފައިވަނީ މީގެ 2 އަހަރު ކުރިން ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ގުޅިގެން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހުޅުމާލޭގައި އަޅާ 7،000 ހައުސިން ޔުނިޓް ލިބޭ ފަރާތްތައް އަންނަ އަހަރު ކަނޑައެޅޭނެ: ޑރ. މުއިއްޒު

ހުޅުމާލޭގައި އަޅާ 7،000 ހައުސިން ޔުނިޓް ލިބޭ ފަރާތްތައް އަންނަ އަހަރު ކަނޑައެޅޭނެ: ޑރ. މުއިއްޒު

06 ޖުލައި 2017
ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން

ބިލްގެ މަގުސަދަކީ ޖޫރިމަނާކޮށްގެން ދައުލަތަށް ފައިސާ ހޯދުން: އިދިކޮޅު މެމްބަރުން

12 އެޕްރީލު 2017
ހުއްދަ ނުހޯދާ އިމާރާތް ކުރާ ފަރާތްތައް އެއް މިލިޔަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަަދަކުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ

ހުއްދަ ނުހޯދާ އިމާރާތް ކުރާ ފަރާތްތައް އެއް މިލިޔަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަަދަކުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ

12 އެޕްރީލު 2017
އިދިކޮޅު ސިޔާސީ ފަރާތްތައް ބަންދުކޮށް ބިރު ދެއްކުން ހުއްޓާލުމަށް އެމެރިކާއިން އަންގައިފި

އިދިކޮޅު ސިޔާސީ ފަރާތްތައް ބަންދުކޮށް ބިރު ދެއްކުން ހުއްޓާލުމަށް އެމެރިކާއިން އަންގައިފި

08 އެޕްރީލު 2017
ޞިއްޙީ ޚިދުމަތް ދޭ ފަރާތްތައް އިހުމާލުވާ މައްސަލަތައް ހުށަހެޅިފައިވޭ: އެޗްއާރްސީއެމް

ޞިއްޙީ ޚިދުމަތް ދޭ ފަރާތްތައް އިހުމާލުވާ މައްސަލަތައް ހުށަހެޅިފައިވޭ: އެޗްއާރްސީއެމް

07 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު