Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕާޓީ ޓޯކްސް

ޕާޓީ ޓޯކްސްގެ ވާހަކަ ދައްކަނީ އިސްލާހީ މަސައްކަތް ހުއްޓުވަން:އިދިކޮޅު ފަރާތްތައް

ޕާޓީ ޓޯކްސް އޭ ކިޔައިގެން ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅު ފަރާތްތަކަށް ހުރަސްއަޅަން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 30 މާރިޗު 2017 | ބުރާސްފަތި 18:46
އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ޕްރެސް

އިދިކޮޅު ފަރާތްތަކުން މިއަދު ބޭއްވި ޕްރެސް

ސަރުކާރުން ޕާޓީ ޓޯކްސް ބާއްވާ ވާހަކަ ދައްކަނީ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ކަމަށާއި މަޝްވަރާ އަށް ދެވޭނީ ގުޅިގެން މަސައްކަތް ކުރައްވާ ހަތަރު ލީޑަރުންނާއެކު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

ސިޔާސީ މަޝްވަރާތަކަށް ދިއުމަށް ސަރުކާރުން ތައްޔާރަށް އޮތްކަމަށް ބުރާސްފަތި ދުވަހު ސަރުކާރުން ހާމަކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، ޕާޓީ ޓޯކްސް އޭ ކިޔައިގެން ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅު ފަރާތްތަކަށް ހުރަސްއަޅަން ކަމަށެވެ. އިދިކޮޅު ކޯލިޝަނުން ސިފަކުރާގޮތުގައި ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތެވެ.

Advertisement - newsAdvertisement

އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މެންބަރު، ޝިދާތާ ޝަރީފް ވިދާޅުވީ، ޕާޓީތަކުން މަޝްވަރާ ތަކުގައި ބައިވެރި ކުރާނެ ފަރާތްތައް ރައީސް ޔާމީން އަށް އެނގުމަކީ ޖޯކެއް ކަމަށެވެ. ޝިދާތާ ވިދާޅުވީ މަޝްވަރާ އަށް އެންމެ ފުރަތަމަ ގޮވަލީ ވެސް އިދިކޮޅު ފަރާތްތައް ކަމަށާއި އިހްލާސްތެރިކަމާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާނެ ކަމަށެވެ.

މި ޕްރެސްގައި ވާހަކަ ދައްކަވަމުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ޕާޓީ ޓޯކްސްގެ ވާހަކަ ދައްކަނީ ބައިނަލްއަގްވާމީ ފަރާތްތަކުގެ ފިއްތުންތަކާ ހެދިކަަމަށެވެ.

”މިއީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން. ޕާޓީން ކަނޑައަޅާ މީހަކަށް ވާދަ ކުރެވެން ޖެހޭނެ. ސަރުކާރަށް އޮތް ޕްރެޝަރ ބޮޑު އަދި އެބޭފުޅުންގެ ސަރުކާރަށް އޮތް މެޖޯރިޓީ މިހާރު ވަނީ ގެއްލިފައި،" ރިޔާޒް ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ މަޖިލީހުގެ މައިނޮރިޓީ ލީޑަރު، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިީ، މި ރާއްޖެއަށް ހެޔޮބަދަލެއް އަންނާނީ ރައީސް މައުމޫނާއި ރައީސް ނަޝީދު އަދި ގާސިމް އިބްރާހިމް އާއި ޝައިހް އިމްރާންގެ ވިސްނުމާއި ފިކުރާ އެކު ކަމަށެވެ. އަދި ސަރުކާރުގެ ވާހަކަތަކުގައި އިހްލާސްތެރިކަމެއް ނެތްކަމަށް އިބޫ ވިދާޅުވިއެވެ.

ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވިދާޅުވީ، މަޝްވަރާ އަށް ދިއުމަށް އެއްވެސް އިރަކު ފަހަތަށް ނުޖެހޭނެ ކަމަށާއި ޕީޕީއެމް އިން މަޝްވަރާ އަށް ދާނީ ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށް ކަނޑައަޅާ މަންދޫބުންނާއެކުގައި ކަމަށެވެ. މިވަގުތު ސަރުކާރުގެ ބެނުމަކީ އިސްލާހަށް މަސައްކަތް ކުރައްވާ ބޭފުޅުންގެ މަސައްކަތް ލަސްކުރުން ކަމަށް ފާރިސް ތުހުމަތުކުރެއްވިއެވެ.

ސަރުކާރުން މިފަހަރު މަޝްވަރާތަކަށް އިސްވެ އެދުނު އިރު، މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ގައުމު ހަމަ މަގަށް އެޅުވުމަށް ސަރުކާރުން މަޝްވަރާތަކަށް ފުރުސަތު ދިނުމަށް ތަކުރާރުކޮށް ގޮވާލަމުން ދިޔައެވެ. އަދި ކުރީގެ ރައީސް މައުމޫނުވެސް މަޝްވަރާތަކަށް ބާރުއެޅުއްވާ ޕާޓީ ޓޯކްސް ބޭއްވުމަށް ގޮވާލެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

ޕާޓީގެ ހަމަޖެހުން އޮންނާނީ އުސޫލުތަކަށް ތަބާވެގެން: ރައީސް ޔާމިން

20 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު