Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް

ހުއްދަ ނުހޯދާ އިމާރާތް ކުރާ ފަރާތްތައް އެއް މިލިޔަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަަދަކުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ

ހުއްދަ ނުހޯދާ އެއްވެސް ފަރާތަކަށް އިމާރާތް ކުރުމުގެ މަސައްކަތެއް ނުކުރެވޭނެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 12 އެޕްރީލު 2017 | ބުދަ 13:19
ބޮޑުތަކުރުފާން މަގު

ބޮޑުތަކުރުފާން މަގު

ހުއްދައެއް ނެތި އިމާރާތްކުރާ ނަމަ އެއްމިލިޔަން ރުފިޔާ އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް "އިމަރާތް ކުރުމުގެ ބިލް" ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ ހުށަހެޅުއްވި އިމާރާތް ކުރުމުގެ ބިލްގައި ބުނެފައިވާ ފޮތުން ޢިމާރާތްކުރުމުގެ އެއްވެސް ހުއްދައެއް ނެތި އެއްވެސް ޢިމާރާތެއް ނުކުރެވޭނެއެވެ. އެފަދަ ކަމެއް ކޮށްފިނަމަ، ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި އެފަރާތެއް 50،000 ރުފިޔާޢައި 1،000،000 މިލިއަން ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވޭނެކަމަށް ބިލުގައިވެއެވެ.

Advertisement - newsAdvertisement

ހަމަ އެހެންމެ ހުއްދަ ހޯދުމަކާ ނުލާކުރާ މަސައްކަތެއް ހުއްޓާލުމަށް އެންގުމުން ވެސް އެ މަސައްކަތް ހުއްޓާނުލައި ކުރިޔަށް ގެންދާ ކޮންމެ ދުވަހަކަށް ޖޫރިމަނާކުރި ޢަދަދުގެ ތިނެއް އިންސައްތަ ޖޫރިމަނާކުރެވޭނެ ކަމަށް ބިލްގައި ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން ޢިމާރާތުގެ ކުރެހުން ފާސްކުރުމާއި ޢިމާރަތްކުރުމުގެ ހުއްދަ ބާތިލްކުރުމުގެ އުޞޫލްތަކެއް ކަނޑައަޅާފައިވެއެވެ. ނުރައްކަލެއް ދިމާވެދާނެ ފަދަ ބިމެއްގައި ޢިމާރާތްކުރުމުގެ ޙުއްދަ ނުދިނުމާއި، އިމާރާތްކުރުމުގެ މަސައްކަތުގެ ފެންވަރު ބަލާ ފަރާތްތައް ޢައްޔަންކުރުމަށް ވެސް މިބިލްގައި ކަނޑައަޅުއްވާފައިވެއެވެ. އަދި ޢިމާރާތުގެ ސެކިއުރިޓީ ބެލެހެއްޓުންވެސް މި ބިލްގައި ލާޒިމްކޮށްފައިވެއެވެ.

ބިލްގައި ބުނެފައިވާ ގޮތުގައި އިމާރާތެއްގެ ނުވަތަ ތަނެއްގެ ވަރުފަރާތުން ނުވަތަ އެތަނެއް ބޭނުން ކުރާ ފަރާތުން އެ ތަނަކަށް ދޫކޮށްފައިވާ ހުއްދައެއާ ހިލާފަށް އެ ތަނެއް ނުވަތަ އެ ތަނުގެ ބައެއް ނެގުމަކީ ނުވަތަ ބަދަލު ކުރުމަކީ ނުވަތަ ބަންދު ކުރުމަކީ ނުވަތަ ހުރަހެއް ކުރިމަތިވާފަދަ ކަމެއް ކުރުމަކީ މަނާ ކަމަށެވެ. އެގޮތުން އެފަދަ ކަމެއް ކޮށްފި މީހަކު ކަމުގެ ކުޑަ ބޮޑުމިނަށް ބަލައި 5،000 ރ އާއި 1،000،000 ރ އާއި ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.

އިމާރާތް ކުރުމުގެ ބިލްގައި ބުނެފައިވާ ގޮތުގައި އިމާރާތް ކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވަނީ އިމާރާތް ކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފަށް ކަމަށް އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާ އަށް ފެނިއްޖެ ހިނދެއްގައި އެ އިދާރާއަކުން މިނިސްޓްރީ އަށް އެ މައްސަލަ ހުށަހެޅުމަށް ފަހު މިނިސްޓްރީގެ ލަފާގެ މަތިން އަދި އިމާރާތް ކުރުމާބެހޭ އިދާރީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ގަވާއިދާ ހިލާފްވި ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނެ ކަމަށް ބިލްގައި ބުނެފައިވެއެވެ. އެގޮތުން އެ ހިލާފްވާ ފަރާތެއް ކަމުގެ ކުޑަ ބޮޑު މިނަށް ބަލައި 15،000ރ އާއި 50،000 ރ އާއި ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލްގައި ބުނެފައިވެއެވެ.

ސަރުކާރުގެ ފަރާތުން ހުށައެޅުއްވި މި ބިލްގައި، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މޯލްޑިވްސް ބިލްޑިންގ އެންޑް ކޮންސްޓްރަކްޝަން ބޯޑެއް އެކުލަވާލެއްވުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އެއީ ހައުސިންގ މިނިސްޓަރ ކަނޑައަޅުއްވާ ދެ މެމްބަރުންނާއި، ޢިމާރާތްކުރުމުގެ ފަންނީ ލަފާދޭ ފަރާތްތައް ތަމްސީލްކުރާ ދެ މެމްބަރުންނާއި، ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތައް ތަމްސީލްކުރާ ފަރާތަކާއި، އަދި އެލްޖީއޭއިން ކަނޑައަޅާ މެމްބަރެކެވެ.

މި ޤާނޫނު ފާސްވާތާ ހަ މަސް ދުވަހުގެ ތެރޭގައި މި ބޯޑް ހައުސިންގ މިނިސްޓްރީން އުފައްދަވަންޖެހެއެވެ. އަދި މެމްބަރުންނަށް ގިނަ މަސްއޫލިއްޔަތުތަކެއް މި ބިލްގައި ޙަވާލުކުރައްވާފައިވެއެވެ.

ޢިމާރާތްކުރުމުގެ ބިލް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ، ޢިމާރާތްކުރުމުގެ މަސައްކަތަކީ، ރައްކާތެރި އުފެއްދުންތެރި އަދި ތިމާވެއްޓާ ރައްޓެހި މަސައްކަތަކަށް ހެއްދެވުމުގެ ބޭނުމުގައި ކަމަށް އެ ބިލްގައި ބުނެފައިވެއެވެ. އަދި ޢިމާރާތްކުރުމުގެ މަސައްކަތުގައި ޙަރަކާތްރެރިވާ ފަރާތްތަކަކީ ޤާބިލު، ފަންނުވެރި ބަޔަކަށް ހައްދަވައި ޢިމާރާތްކުރުމުގެ ސިނާޢަތު ތަރައްޤީކުރެއްވުންކަމަށް ބިލުގެ މަޤްޞަދުގައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

ދޫނިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ބިންގާ އަޅައިފި

06 މާރިޗު 2017
ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

ބީއެމްއެލްގެ އިސްލާމިކް ބޭންކުން ގެދޮރު އިމާރާތް ކުރުމަށް ފައިނޭންސް ކޮށްދެނީ

22 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

އެސްއޯއެފުން 165 މިލިޔަން ރުފިޔާ ހޯދަން ކުރާ ދައުވާގެ މައްސަލަ އަލުން ކޯޓަށް ވައްދައިފި

08 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

5 ޖެނުއަރީ
ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ
20251 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެތައް މަންޒިލަކަށް މާކުރިން ވައިޑް ބޮޑީ ބޯޓުފަހަރު ދިވެހި ދިދަ ޖަހައިގެން ވަނީ އުދުހިފައެވެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ފުށިދިއްގަރުފަޅު މަޝްރޫއު ހިންގާ ކުންފުންޏަށް ހުޅުމާލެއިން ދިން 10 ހެކްޓަރުގެ އަގަކީ 7 ބިލިއަން ރުފިޔާ: އާޒިމް

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޮބޮޓެއްގެ ޚިދުމަތް ލިބޭ ކެފޭއެއް ރާއްޖޭގައި އަލަށް ހުޅުވައިފި

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

50،000 ރުފިޔާ ލިބޭ ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ޕްރޮމޯޝަނެއް

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު
20215 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގައި މިނިސްޓަރު ނަހުލާ ވަނީ އިތުރުފުޅު ހައްދަވާފައި: ސްޓޭޓް މިނިސްޓަރު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ނިއުޕޯރޓް ވިއު އަންގާރަ ދުވަހު ހުޅުވަނީ!

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން
20188 އަހަރު ކުރިން
ރާއްޖެ

ރޭޕުގެ ތުހުމަތުތަކަށް އަދިވެސް ސުވާލެއް ނުކުރޭ، ފުލުހަށް ހާޒިރުވާން ތައްޔާރު: ހަސަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު