Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓޫރިޒަމް އިންޑަސްޓްރީ

ލޯކަލް ޓޫރިޒަމްއަށް ހީނަރުކަމެއް އަންނާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ: މިނިސްޓަރ އަލީ ވަހީދު

ރާއްޖެ، މާކެޓް ކުރުމުގެ ބަޖެޓް 3 ގުނަ ބޮޑުކުރަނީ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޑިސެމްބަރު 2018 | ބުދަ 17:10
އއ. އުކުޅަހުގައި ރައީސް ސޯލިހާއެކު މިނިސްޓަރ އަލީ ވަހީދު

އއ. އުކުޅަހުގައި ރައީސް ސޯލިހާއެކު މިނިސްޓަރ އަލީ ވަހީދު

ލޯކަލް ޓޫރިޒަމަށް ހީނަރުކަމެއް އަންނާނެ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށާއި، ރާއްޖޭގެ ރައްޔިތުން މިއަދު މިވަނީ ލޯކަލް ޓޫރިޒަމްގައި ވަރަށް ބޮޑަށް ކުރިޔައް ގޮސްފައިކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ހޯމަ ދުވަހު ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ އެކު އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ކުރިއަރާފައިވާ އުކުޅުހުގައި ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ސަރުކާރުގެ 100 ދުވަހުގެ ވައުދުގައި ދިވެހި ރާއްޖެ، މާކެޓް ކުރުމުގެ ބަޖެޓް 3 ގުނަ ބޮޑުކުރުން ހިމެނޭ ކަމަށާއި، ގުޅިފައިވާ އިއްތިހާދުގެ ޕާލެމަންޓަރީ ގްރޫޕުގެ ފުރިހަމަ ތާއީދާއި، މަޖިލީހުގެ އެހެން މެމްބަރުންގެ ތާއީދާއެކު، ހޯމަ ދުވަހު މި ބަޖެޓް ވަނީ 3 ގުނައަށް ބޮޑުކޮށްދީފައި ކަމަށެވެ. އަދި ކަންމަތީ ފިހާރައެއް ހެން ފަތުރުވެރިކަމުގެ ސިނާޔަތު ހިންގި ޒަމާން ނިމިއްޖެ ކަމަށާއި، ގްލޯބަލް ޑެސްޓިނޭޝަން ތަކެއްގެ ގޮތުގައި ދިވެހި ރާއްޖެ ތައާރަފް ކުރުމަކީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަކީ ހަމައެކަނި ވެރިކަންކުރާ ރަށާ ހަމައިން ނިމޭ ޤައުމެއްގެ ގޮތުގައި ނުވަތަ ރަށެއްގެ ގޮތުގައި ބޭރު ދުނިޔެ އަކަށް ދެނެއް ނޯންނާނެ. ރާއްޖޭގެ ލޮބުވެތި ރައްޔިތުން ދުރާ ގާތުން މި ޖަލްސާ އަޑުއައްސަވާ ބޭފުޅުންނަށް ދަންނަވާލަން ބޭނުން ވަނީ ދެން ﷲ އިރާދަކުރެއްވިއްޔާ ފަތުރުވެރިކަން މާލެ އަތޮޅުން އަރިއަތޮޅުން ފެށިގެން އެންމެ އުތުރުން ބޮޑު ތިލަދުންމައްޗާ ހަމައަށް އަދި އެންމެ ދެކުނުން އައްޑޫ ސިޓީއާ ހަމައަށް އަޅުގަނޑުމެންގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަޅުގަނޑުމެން ފަތުރާނަމޭ." މިނިސްޓަރ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވެފައިވާ އިރު، ރާއްޖެ ތަރައްޤީކުރާ އިރު އެންމެ އިސްކަމެއް ދޭން ޖެހޭ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާކަމަށާއި، އިޤްތިޞާދުގެ ރޫފަ ރަނގަޅުކޮށް އަތްމަތި ތަނަވަސް ކުރުމަށް ކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ އެ ދާއިރާ ތަރައްޤީކޮށް، ވީހާ ވެސް ގިނަ ބަޔަކަށް އެ ދާއިރާގެ ފައިދާ ލިބޭ ގޮތް ހެދުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު