Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮރަޕްޝަން ހުއްޓުވުން

މިއީ ކޮރަޕްޝަނުން މަޖިލިސް ސަލާމަތް ކުރަންވީ ފަހަރު!

ބޮޑެތި ކުށްތަކަށް އިއުތިރާފްވެފައި ތިބި މީހުން މަޖިލީހުގައި އެބަތިބި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2018 | އާދީއްތަ 14:35
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ވިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކާއި، ރާއްޖެ މިއަދު ވެއްޓިފައިވާ އަނދަވަޅަށް ވެއްޓުމުގެ އަސްލަކީ ކޮބައިތޯ އެހުމުން އެންމެ ގިނަމީހުން ދޭނެ ޖަވާބަކީ ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ މެމްބަރުންނެވެ.

ނިމިގެން މިދާ ދައުރަކީ ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި ފެނިގެން ދިޔަ އެންމެ ކޮރަޕްޓް ރައްޔިތުންގެ މަޖިލީހެވެ. ފައިސާއަށް ގޮނޑިއާއި ވޯޓު ވިއްކުން މަޖިލިސް ތެރެއިން ހިނގަމުން ދިޔައި އެންމެންގެ ކުރިމަތީގައެވެ. މަޖިލީހުގެ ތެރޭގައި ހިނގި ކަންކަމުގެ އިތުރުން މަޖިލީހުން ބޭރުން، ސަރުކާރު ތެރެއިން ހިނގި ވައްކަމާއި ކޮރަޕްޝަންގައި އެންމެ ދައުރެއް އަދާކުރި އެއް ބަޔަކީވެސް މަޖިލިސް މެމްބަރުންނެވެ. ކޮރަޕްޝަންގެ ފައިސާ ގޯނި ގޯންޏަށް އަޅައިގެން އުފުލީވެސް ހަމަ އެމެމްބަރުންނެވެ. އެކަމަށް އެންމެން ކުރިމަތީގައި އެއްބަސްވީވެސް ހަމަ އެމެމްބަރުން އަމިއްލައަށެވެ. ޖިނާޢީ ބޮޑެތި ކުށްތަކަށް އިއުތިރާފް ވަމުން ދިޔައީ އޭރު ވެރިކަން ކުރަމުން ދިޔައީ އެބޭފުޅުންގެ ޕާޓީގެ ވެރިޔާކަމަށްވާތީ، ޤާނޫނު އެބޭފުޅުންނާއި އަރާ ހަމަނުކުރާނެކަމަށް ބަލައިގެންނެވެ.

ޤާނޫނަށްވުރެ މަތީގައި ތިބެވިދާނެކަމަށް ހީކޮށްގެން އުޅޭ މަޖިލިސް މެމްބަރުންނަށް މި ފަހަރު ފުރުސަތު ނުދިނުމަކީ ރައްޔިތުންގެ މަސްއޫލިއްޔަތެކެވެ. ސަރުކާރުން ބޭނުންވާހާ ގޮތަކަށް ޤާނޫނުތައް ފާސްކުރަމުން ދިޔަ މެމްބަރުން މިއަދު ރައްޔިތުންގެ ކައިރިއަށް ވޯޓު ހޯދަން ދިޔުމުން، އެދުވަހު އެދިން ވޯޓުތަކާއި ބެހޭ ގޮތުން ރައްޔިތުން ސުވާލު ކުރާށެވެ. މިހާރުގެ މަޖިލިސް މެމްބަރުންގެ އިތުރުން ނިމިިދިޔަ ސަރުކާރުގައި ތިބެގެން ރައްޔިތުންނަށް އެކިކަހަލަ އަނިޔާ ދިން ބޭބޭފުޅުންވެސް މިއަދު މަޖިލީހަށް ނިކުންނަވަން ފައި ނަންގަވައިގެން ތިއްބެވިއިރު، އެބޭބޭފުޅުންނާއިވެސް އެސުވާލު ކުރަން ޖެހެއެވެ.

މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވާ ފަރާތްތަކެވެ. ރައްޔިތުންގެ މަންދޫބުންނެވެ. ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވާ ބޭފުޅުުން، އެބޭފުޅުންގެ މާލީ ހިސާބުތައް އާއްމުކުރައްވަން ޖެހެއެވެ. މަޖިލީހަށް ކުރިމަތިލައްވާ ފަރާތްތަކުގެ މާލީ ބަޔާން ހާމަކުރުމުގެ ރެކޯޑާއި، އެކަމުގައި ގެންގުޅޭ ވިސްނުން ރައްޔިތުން އޮޅުން ފިލުވަން ޖެހެވެ.

ކެމްޕޭނާއި ދިމާކޮށް ތަފާތު ވާހަކަ ދައްކާނެއެވެ. އެތައް ކަމެއް ކޮށްދޭން ބުނާނެއެވެ. ބޮޑެތި އަދަދުތަކުން ފައިސާ ހުށަހަޅާނެއެވެ. އެހެންނަމަވެސް ރައްޔިތުން ވިސްނަންވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަކީ އަތޮޅު ކައުންސިލް ނޫންކަމެވެ. އެއީ ސަރުކާރު ނޫންކަމެވެ. ބޭނުންހާ ކަމެއް ރައްޔިތުންނަށް ކޮށްދިނުމުގެ ބާރު މަޖިލިސް މެމްބަރުންނަކަށް ނޯންނާނެއެވެ. ރަށަށް ނުވަތަ ދާއިރާއަށް ކަމެއް ކޮށްދޭނަމަ އެމީހުން އެކަމެއް ކޮށްދޭނީ ކޮންމެވެސް ތަނަކުން ފައިސާ ހޯދައިގެންނެވެ. އެއްގޮތަކީ ކޮރަޕްޝަނުގެ ތެރެއިން ރައްޔިތުންގެ ފައިސާއިން އެމީހުން ފައިސާ ހޯދައިގެން އެކަމެއް ކޮށްދިނުމެވެ. އެހެންކަމަށްވާނަމަ އެއީ ވެން މަސް ވެނަށް ކާން ދިނުމެވެ. ދެން އޮތް ގޮތަކީ ކޮންމެވެސް ވިޔަފާރިވެރިއެއްގެ އަތުން ފައިސާ ނަގައިގެން އެކަމެއް ކޮށްދިނުމެވެ. އެހެންކަމަށްވާނަމަ މަޖިލީހުގައި އެއްކަލަ މެމްބަރުން އިނަސް، ހަޤީޤަތުގައި އެއިންނަނީ އެއްކަލަ ވިޔަފާރިވެރިޔާ ކަމެވެ.

މިއީ ރައްޔިތުންގެ ފަހަރެވެ. ހުރިހާ އާރަކާއި ބާރެއް މުށުތެރެއަށް ލައްވައިގެން ހުންނެވި ރައީސް ޔާމީން ބަލިކޮށްލީ ރައްޔިތުންގެ ހިތްވަރުންނެވެ. ރައްޔިތުންގެ ބާރުވެރިކަން އެފެންނަނީއެވެ. އެހެންކަމުން، ކޮރަޕްޓް މީހަކު މަޖިލީހަށް ނުވެއްދުމަކީ ރައްޔިތުންނަށް އަދި މާ ފަސޭހަ ކަމެކެވެ. ކޮރަޕްޓް މީހުންނަށް މިފަހަރު ފުރުސަތު ނުދެމާ ހިނގާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017
ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

ސަނާކީ މަޖިލިސް މެންބަރުން ބާކީކޮށް އަނެއްކާވެސް އަނެއް ދިމާލަށް

25 މެއި 2017
"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

13 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

ފުޓްސަލް އާއި ފުޓުބޯޅަ ވަކިކުރަންވީތަ؟ ނުވަތަ ފުޓްސަލް މުބާރާތްތައް އޮފް ސީޒަނަށް ބަދަލުކުރަންވީތަ؟

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު