Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޑީޕީ ކެމްޕެއިން

އެމްޑީޕީ އަކީ ގުނަވަންތައް ފުރިހަމަ އަދި އެތެރޭގެ ޑިމޮކްރަސީ ވަރުގަދަ ޕާޓީއެއް: އަހުމަދު އަބްދުﷲ

9 ޑިސެމްބަރު 2018 | އާދީއްތަ 06:34

އެމްޑިޕީއަކީ ތަބަކަށް ލާފައި ޓިކެޓް ހަވާލް ކުރާ ޕާޓީއެއް ނޫން

ޚަދީޖާ އިބްރާހިބް
ޚަދީޖާ އިބްރާހިބް | 9 ޑިސެމްބަރު 2018 | އާދީއްތަ 06:34
އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަހުމަދު އަބްދުﷲ

އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަހުމަދު އަބްދުﷲ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ގުނަވަންތައް ފުރިހަމަ އަދި އެތެރޭގެ ޑިމޮކްރަސީ ވަރުގަދަ ޕާޓީއެއް ކަމަށް އެމްޑިޕީގެ ޑެޕިއުޓީ ޗެއާޕާސަން އަޙުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އަޙުމަދު އަބްދުﷲ ވިދާޅުވީ އެމްޑީޕީ އަކީ ތަބަކަށް ލާފައި ޓިކެޓް ހަވާލު ކުރާ ޕާޓީއެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެޕާޓީގެ ޓިކެޓް ލިބޭނީ ހުޅުވާލެވިފައިވާ ވާދަވެރި އިންތިޚާބެއްގައި ވާދަ ކޮށްގެން ކަމަށެވެ. އަދި އެމްޑީޕީއަކީ އެންމެންނަށްވެސް ހަމަހަމަ ފުރުސަތު އޮތް ހަމައެކަނި ސިޔާސީ ޕާޓީ އަކަށް ވުމުގެ އިތުރުން ހުރިހާ މެންބަރުންވެސް ޕާޓީގައި އުޅެމުންދަނީ އުޅޭ ހިތުން ވަރަށް ޝައުގު ވެރިކަމާއި އެކު ކަމަށްވެސް އަހުމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ފާޑު ވިދާޅުވެ އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ގެއަށް ވަން ފައިސާގެ ވާހަކަ އެއީ ނުދައްކާ ވާހަކަ ތަކެއް ކަމަށާއި، އެކިއެކި މުއައްސަސާތަކުން ހިންގާފައިވާ ކަންކަމަކީ އެތަންތަނުގެ ވެރިން ޒިންމާވާން ޖެހޭނެ ކަންކަން ކަމަށް ރައީސް ޔާމީން ވިދާޅުވެ، އެކަންކަމަކީ އެމަނިކުފާނަށް އެނގިވަޑައި ގަންނަވާ ކަމެއް ނޫންކަމަށް ވިދާޅުވި ނަމަވެސް ރާއްޖޭގެ ގާނޫނު އަސާސީ އޮތީ އެހެންނޫން ކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތައް ހިންގަނީ ރަނގަޅައްތޯ ބެލުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ކަނޑަ އަޅާފައިވާ މައްސޫލިއްޔަތެއް ކަމަށްވެސް އަހުމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެން އޭރުވެސް ދަންނަވަމުން ގެންދިޔައިން އެހެނެއް ނުވާނެޔޭ ރައްޔިތުން ވޯޓްލާނޭ. ވޯޓްގެ ނަތީޖާވެސް އިއުލާން ކުރާނޭ. އަދި އެވެރިކަންވެސް ނިމޭނޭ. އަދި އެ ރައްޔިތުން ވޯޓްލާފައިވާ ގޮތާއި ކިލާފަށް މިރާއްޖޭގައި ކަންކަން ނުހިނގާނޭ. ހަމަ އެގޮތައް ކަންކަން ހިނގަމުން މިދަނީ" އަހުމަދު ވިދާޅުވިއެވެ.

ވެރިކަމުގެ ދުވަސްވަރު ހިތައް އެރިހާ ގޮތަކަށް ކަންކަން ކުރަމުން ދިޔައިރު މާދަމާއަކީ އަންނާނެ ދުވަހެއްކަން ހިތައް ނާރާ ކަމަށާއި، ނަމަވެސް މިއަދު މިއޮތީ އެ މާދަމާ އައިސްފަ ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ. އެގޮތުން މީގެއިން އެއްވެސް ކަމަކީ ތިމަން މަނިކްފާނަށް ނޭގޭ ކިޔާފައި ބޯ ދަމައި ގަނެވޭނެ ކަންތައްތަކެއް ނޫންކަމަށާއި، އެކަންކަމުގެ ޒިއްމާ އެމަނިކްފާނުން އުފުއްލަވަން ޖެހިވަޑައިގަންނަވަން ޖެހޭނެކަމަށްވެސް އަހުމަދު އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް

21 ޖެނުއަރީ 2017
ކޮންމެ ކަމަކަށް ކުރިމަތި ލިޔަސް އެމްޑީޕީގެ މެންބަރުންގެ އުއްމީދު ކަސިޔާރެއް ނުވާނެ: ޝިފާޒް
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް