Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމަންވެލްތާއި އަލުން ގުޅުން

ކޮމަންވެލްތުގައި ބައިވެރިވާން ނިންމުމުން ސަފީރު ޑޯރިސް ތައުރީފު ކުރައްވައިފި

6 ޑިސެމްބަރު 2018 | ބުރާސްފަތި 06:12

ޑިމޮކްރާސީއާއި ގުޑް ގަވާނެންސް ހިންގަން ފަސޭހަވެގެން ދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 6 ޑިސެމްބަރު 2018 | ބުރާސްފަތި 06:12
ރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް

ރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް

ރައްޔިތުންގެ މަޖިލީހުން ކޮމަންވެލްތުގައި ބައިވެރިވާން ނިންމުމުން ރާއްޖެއަށް އިނގިރޭސިވިލާތުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް އެކަމަށް ތައުރީފު ކުރައްވައިފިއެވެ.

ޑޯރިސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން ކޮމަންވެލްތުގައި ބައިވެރިވުމަށް ކުރާ މަސައްކަތުގެ އެންމެފަހު ހަރުފަތަށް ހިތްވަރުދެއްވާ ކަމަށެވެ. ކޮމަންވެލްތަކީ 2.2 ބިލިއަން މީހުން ދުނިޔޭގެ 50 ގައުމެއްގައި އުޅެމުންދާ ޖަމިއްޔާއެއްކަން ފާހަގަކުރައްވައި ޑޯރިސް ވިދާޅުވީ ކޮމަންވެލްތުގެ ގައުމުތަކަށް ލިބޭ އެންމެ ބޮޑު ކުރިއެރުމަކީ އެޖަމިއްޔާގެ އޮނިގަނޑުގެ ތެރެއިން ޑިމޮކްރާސީއާއި ގުޑް ގަވާނެންސް ހިންގަން ފަސޭހަވެގެން ދިއުން ކަމަށެވެ.

Advertisement - newsAdvertisement

ކޮމަންވެލްތާއި ގުޅެން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީ، ޖޭޕީ، ޕީޕީއެމް އަދި އެމްޑީއޭގެ މެމްބަރުން ހިމެނޭ ގޮތަށް 62 މެމްބަރުން ވޯޓު ދެއްވިއެވެ. އޭގެ ތެރޭގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ވޯޓު ދެއްވި މެމްބަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮމަންވެލްތާއި ގުޅެން ކެބިނެޓުން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއިއެކު، މިހަފްތާގައި އެޖަމްއިއްޔާއާއި އަލުން ގުޅުމަށް ކޮމަވެލްތު ސެކްރެޓޭރިއޭޓަށް ހުށަހަޅުއްވާނެކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވެސް ވަނީ ވިދާޅުވެފައެވެ.

ކޮމަންވެލްތާއި އަލުން ގުޅުމަކީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިޙްގެ ސަރުކާރުން ފުރަތަމަ 100 ދުވަސްތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރެއިން އެއް ކަންތަކެވެ.

ރާއްޖެ، ކޮމަންވެލްތުން ވަކިވާން ރައީސް ޔާމީންގެ ސަރުކާރުން ނިންމީ ރާއްޖޭގައި ހިނގަމުންދިޔަ ސިޔާސީ ހަމަނުޖެހުންތަކާއި ސަރުކާރުން އިންސާނީ ހައްޤުތަކަށް އަރައިގަންނަކަމަށް ތުހުމަތު ކުރެވޭ މައްސަލަތައް އެޖަމާއަތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕުން ބަލާނެކަމުގެ އިންޒާރުދީ، އިންސާނީ ހައްޤުތަކުގެ ޙާލަތުގެ މައްސަލައިގައި ބަޔާންތައް ނެރެން ފެށުމުންނެވެ. ރާއްޖެއަކީ ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުގެ ތެރެއިން އެޖަމާޢަތުން ވަކިވި މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

22 މެއި 2017

ޕޯލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފޮރިން ސެކްރެޓަރީގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި

22 މެއި 2017
ޕޯލެންޑުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ފޮރިން ސެކްރެޓަރީގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފި
21 މެއި 2017

ގެއްލުނު ލޭންޑިން ކްރާފްޓް ހޯދުމުގައި އިންޑިއާގެ ނޭވީންގެ ހިތްވަރަށް ސަފީރު ތައުރީފް ކުރައްވައިފި

21 މެއި 2017
 ގެއްލުނު ލޭންޑިން ކްރާފްޓް ހޯދުމުގައި އިންޑިއާގެ ނޭވީންގެ ހިތްވަރަށް ސަފީރު ތައުރީފް ކުރައްވައިފި
17 މެއި 2017

ނިއުޒިލޭންޑް ސަފީރު މިނިސްޓަރ އާސިމް އާ ބައްދަލު ކުރައްވައިފި

17 މެއި 2017
ނިއުޒިލޭންޑް ސަފީރު މިނިސްޓަރ އާސިމް އާ ބައްދަލު ކުރައްވައިފި
23 އެޕްރީލު 2017

ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި

23 އެޕްރީލު 2017
ޔާމީންގެ މަރާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ކަންބޮޑުވުން ފާޅުކޮށްފި
19 އެޕްރީލު 2017

ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި

19 އެޕްރީލު 2017
ދިވެހި ސަފީރުންގެ މަހާސިންތާ ފަށައިފި
07 އެޕްރީލު 2017

ޤާސިމް ހައްޔަރުކުރުމަކީ ޑިމޮކްރަސީއަށް ލިބުނު ދެރައެއް: އިނގިރޭސި ސަފީރު

07 އެޕްރީލު 2017
ޤާސިމް ހައްޔަރުކުރުމަކީ ޑިމޮކްރަސީއަށް ލިބުނު ދެރައެއް: އިނގިރޭސި ސަފީރު
20 ފެބުރުއަރީ 2017

ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި

20 ފެބުރުއަރީ 2017
ޑރ. ހުސައިން ނިޔާޒަށް ޔޫއޭއީގެ ސަފީރުކަމުގެ ފަތްކޮޅު ދެއްވައިފި
14 ފެބުރުއަރީ 2017

ހައި ކޮމިޝަނަރު ޖޭމްސް ޑޯރިސް މްޔޫއޯ އާއި ބައްދަލު ކުރައްވައިފި

14 ފެބުރުއަރީ 2017
ހައި ކޮމިޝަނަރު ޖޭމްސް ޑޯރިސް މްޔޫއޯ އާއި ބައްދަލު ކުރައްވައިފި
13 ފެބުރުއަރީ 2017

ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި

13 ފެބުރުއަރީ 2017
ޔޫއޭއީ އަށް ކަނޑައަޅާފައިވާ ސަފީރު ޑރ. ނިޔާޒަށް މަޖިލީހުން ރުހުންދީފި
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް