Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހްމަދު މަހްލޫފް

ފާޑު ކިޔުންތަކަށް މަހުލޫފް ރައްދުދެއްވައިފި

6 ޑިސެމްބަރު 2018 | ބުރާސްފަތި 17:41

ކަންކަމުގައި ހައްލު ހޯދަން އުޅުނީމާ ގޯސް

އަލީ ސަމާޚް
އަލީ ސަމާޚް | 6 ޑިސެމްބަރު 2018 | ބުރާސްފަތި 17:41
މިނިސްޓަރު މަހްލޫފް ނުސްވެރިންނަށް މައުލޫމާތު ދެއްވަނީ

މިނިސްޓަރު މަހްލޫފް ނުސްވެރިންނަށް މައުލޫމާތު ދެއްވަނީ

ގޭންގު ތަކާއި އެކު މަޝްވަރާކުރުމަށް ވިދާޅުވުމުން ފާޑުކިޔާ ފަރާތްތަކަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް، ކޮމިއުނިކޭޝަން އެންޑް އެމްޕަވާމެންޓް އަޙްމަދު މަހުލޫފް ރައްދުދެއްވައިފިއެވެ.

ފާޑުކިޔާ ފަރާތްތަކަށް މިނިސްޓަރު ރައްދު ދެއްވީ މިއަދު ކުރެއްވި ޓްވީޓަކުންނެވެ.

Advertisement - newsAdvertisement

ޓްވީޓްގައި މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް ޔާމީން އެމަނިކުފާނުގެ ކެމްޕޭނު ތެރޭގައި ރާއްޖޭގައި ގޭންގުތަކެއް ނޫޅޭކަމަށް ވިދާޅުވުން ގޯސްކަމަށެވެ.

މީގެއިތުރުން އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުށްވެރިންގެ ގައިގާ ޓެގް އެޅުވުމުން އެ ކަންތައްތައް ވެސް ވީ ގޯސް ކަމަކަށް ކަމަށާއި، މަސްއޮޑި ގެއަށް އެސްއޯ ފުލުހުން ވަދެ އެތަން ފުޑުފުޑު ކޮށްލުންވެސް މީހުންނަށް ވީ ގޯސްކަމަކަށެވެ. އަދި ހަމަމިއާއިއެކު ގޭންގް ހަޓް ޖޯލި ތައް ނޭގީމަ، އެވެސް އޮތީ ގޯސްވެފައި ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް މީގެ އެއްވެސް ފަރާތަކުން މިހާތަނަށް ގޭންގު ކުށްތަކުގެ މައްސަލާގައި ހައްލެއް ހޯދަން މަސައްކަތް ކޮށްފައި ނުވާއިރު، އެކަމަށް ހައްލެއް ހޯދުމުގެ ބޭނުމުގައި އޭނާ ގޭންގުތަކާ އެކު މަޝްވަރާތަކަށް ތައްޔާރުކަން ވިދާޅުވުމުން އެކަންވެސް ގޮސްކޮށްފައިވާ ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މިހެން ޓްވީޓްކޮށްފައިވާއިރު، ގޭންގު ކުށްތަކުގެ މައްސަލައަކީ މުޖުތަމަޢުއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމެއްކަމަށާއި، އެކަން ހައްލު ކުރުމަށް މަސައްކަތް ކުރައްވާނީ ފާޅުގައި ކަމަށް، އަދި އެ މަޤުސަދުގައި ގޭންގުތަކާއިއެކު މަޝްވަރާ ކުރައްވާނެ ކަމަށް އަންގާރަ ދުވަހު މަހްލޫފު ވަނީ ވިދާޅުވެފައެވެ. އަދި ހަމަ އެއާއެކު ގޭންގު މަރާމާރިތަކަށް ހައްލެއް ވަރަށް މުހިއްމު ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައިއެވެ.

ގޭންގު ކުށްތައް ކޮންޓްރޯލްކޮށް، ގޭންގުތައް ނައްތާލުމަށް އެކި ސަރުކާރުތަކުން އެކި މަސައްކަތް ކޮށްފައި ވީނަމަވެސް، ސަރުކާރުގެ މިނިސްޓަރަކު ފާޅުގައި މަޝްވަރާގެ ތެރެއިން ގޭންގު މައްސަލައަށް ހައްލެއް ހޯއްދަވަން މިފަދަ ފިޔަވަޅުތަކެއް އަޅުއްވަން ނިންމެވި މިއީ ފުރަތަމަ ފަހަރެވެ.

ޒުވާނުންނަށް ދިމާވެފައިވާ ކަންތައްތަކުގައި ހާއްސަ އިސްކަމެއް ބަހައްޓަވަމުން ގެންދަވާ މަހްލޫފު ވަޒީރު ކަމާއި ހަވާލުވެވަޑައިގަތް ދުވަހުން ފަށައިގެން ދަނީ ޒުވާނުންނަށް ލިބެން ހުރި ކުރިއެރުންތަކާއި ބޭހޭ ގޮތުން ފުޅާދާއިރާގައި އެކި ފަރާތްތަކާއި އެކު މަޝްވަރާ ކުރައްވަމުންނެވެ. ފާޑުކިޔުންތައް އަމާޒު ވިޔަސް މިނިސްޓަރު މަހްލޫފަކީ މި ސަރުކާރުގައި ހިމޭނޭ މިނިސްޓަރުންގެ ތެރެއިން ގިނަ ރައްޔިތުންގެ ތެރޭ ވަރަށް މަގުބޫލު ބޭފުޅެކެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

14 މާރިޗު 2017

މެމްބަރު ނިހާނު، ޕީޕީއެމްގެ މެމްބަރުންނަށް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ

14 މާރިޗު 2017
މެމްބަރު ނިހާނު، ޕީޕީއެމްގެ މެމްބަރުންނަށް ފާޑުވިދާޅުވާ އޯޑިއޯއެއް ލީކްވެއްޖެ
04 މާރިޗު 2017

ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ

04 މާރިޗު 2017
ސައުދީ ރަސްގެފާނަށް ފާޑުވިދާޅުވުމަކީ އިސްލާމީ އުސޫލުތައް ނިކަމެތި ކުރުން: ޑރ ޝައިނީ
02 މާރިޗު 2017

މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ

02 މާރިޗު 2017
މަޖިލިސް ގަވާއިދު އިސްލާހު ކުރާ ކޮމެޓީން ކުރިއަށް ނުދާތީ މެންބަރު މާރިއާ ފާޑު ވިދާޅުވެއްޖެ
25 ފެބުރުއަރީ 2017

ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ

25 ފެބުރުއަރީ 2017
ފިރިމީހާ ސަލާމަތްކުރަން ޕީޖީގެ ވަކީލަކު ލިޔެކިޔުންތަކަށް ބަދަލުގެނައި މައްސަލައެއް ފެންމަތިވެއްޖެ
24 ފެބުރުއަރީ 2017

ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް

24 ފެބުރުއަރީ 2017
ގާޒީ މަރިޔަމް ވަހީދު ވަކިކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރުގެ ފާޑުކިޔުން ޖޭސްސީ އަށް
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
08 ފެބުރުއަރީ 2017

ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން

08 ފެބުރުއަރީ 2017
ފާޑު ކިޔަސް އުސޫލް ދުލެއް ނުކުރާނަން: ރައީސް ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް