Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕެޓްރޯލް އާއި ޑީސަލް

ޕެޓްރޯލް އާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރަށް ހުޅުވުމުގެ ހުއްދަ ދީފި

ޕެޓްރޯލް އާއި ޑީސަލް ވިއްކާ ތަނަކީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ސަރުކާރުގެ ހުއްދަ ލިބިފައިވާ ތަންތަނަށް ވާންޖެހޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ޑިސެމްބަރު 2018 | ބުދަ 15:56
ޕެޓްރޯލް ޝެޑެއް

ޕެޓްރޯލް ޝެޑެއް

މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ޕެޓްރޯލާއި ޑީސަލް ވިއްކާތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭ ގޮތަށް ހުއްދަ ދީފިއެވެ.

އިމްޕޯޓު މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސް އިކޮނޮމިކް މިނިސްޓްރީ އިން ވަނީ އަންގާރަ ދުވަހު ގެޒެޓްކޮށްފައެވެ.

Advertisement - newsAdvertisement

އެ ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓިދާނެއެވެ. އެކަމަކު އެއީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ސަރުކާރުގެ ހުއްދަ ލިބިފައިވާ ތަންތަނަށް ވާންޖެހޭނެ ކަމަށް އެ އިސްލާހުގައިވެއެވެ.

މީގެ ކުރިން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭ ގަޑިއަކީ ފަތިހު ފަހަކުން މެންދަމު ބާރައަށެވެ.

މީގެ އިތުރުން ބައެއް ފަރާތްތަކުން ޕެޓްރޯލް ވިއްކުމުގެ އުސޫލާއި ޚިލާފަށް މާލެ އާއި ހުޅުމާލޭގައި ޕެޓްރޯލް ވިއްކުމާއި ޑެލިވަރީ ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ ފުލުހުން ވަނީ އެކަން އެގޮތަށް ނުކުރުމަށް އާންމުންނަށް އިލްތިމާސް ކޮށްފައެވެ. ފުލުހުން މިގޮތަށް އިލްތިމާސް ކޮށްފައިވާ އިރު މި ދުވަސް ވަރަކީ މާލެ އާއި ހުޅުމާލޭގައި ރޭގަނޑު ދަންވަރު ވަގުތު ތަކުގައި ގަވާއިދާ ޚިލާފަށް ގޭގޭގައި ވެސް ބޮޑު އަގުގައި ޕެޓްރޯލް ވިއްކަމުންދާ ދުވަސްވަރެކެވެ. އަދި ދަންވަރުގެ ވަގުތު ތަކުގައި ވެސް ޕެޓްރޯލް ޑެލިވަރ ކޮށްދިނުން ވަނީ އާންމު ކަމަކަށްވެފައެވެ.

ޕެޓްރޯލް އާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރަށް ހުޅުވުމުގެ ހުއްދަ ދީފައިވާ އިރު ހޮޓާތަކާއި ވިޔަފާރި ކުރާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
25 ޖެނުއަރީ 2017

ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!

25 ޖެނުއަރީ 2017
ސީއެމްބިއުލާންސުގެ ފަޅުވެރިން ހަމަނުވުމުން، ފަޅުވެރިން ހަމަޖައްސަން ޖެހުނީ އާއިލާއަށް!
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު