Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބައިނަލްއަގްވާމީ އެއިޑްސް ދުވަސް

އެއިޑްސް ޖެހިފައިވާ މީހުންގެ ތެރެއިން ބަލި ހުރިކަން އެނގަނީ ކޮންމެ 4 މީހަކުން އެކަކަށް!

6 ޑިސެމްބަރު 2018 | ބުރާސްފަތި 12:53

މި ފަހަރުގެ ބައިނަލްއަގްވާމީ އެއިޑްސް ދުވަހުގެ ޝިއާރަކީ "ނޯ ޔުއަރ ސްޓޭޓަސް"

އަމަން ހަލީމް
އަމަން ހަލީމް | 6 ޑިސެމްބަރު 2018 | ބުރާސްފަތި 12:53
ޑަބްލިޔުއެޗްއޯ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. އަރްވިންދް މާތުރް

ޑަބްލިޔުއެޗްއޯ. އިން ރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބު ޑރ. އަރްވިންދް މާތުރް

ދުނިޔޭގައި އެއިޑްސް ބަލި ޖެހިފައިވާ މީހުންގެ ތެރެއިން، އެ ބަލި ހުރިކަން އެނގެނީ ކޮންމެ ހަތަރު މީހަކުން އެކަކަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އަރްވިންދު މާތުރް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ އެއިޑްސް ދުވަހުގެ ޝިއާރު ކަމުގައިވާ "ނޯ ޔުއަރ ސްޓޭޓަސް" އާއި ގުޅިގެން ދިވެހިރާއްޖޭގައި އެއިޑްސްއަށް ޓެސްޓުކުރުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަރްވިންދު ވަނީ ރާއްޖެ އިން އެއިޑްސް ބައްޔާއި ދެކޮޅަށް ކުރާ މަސައްކަތަށް ތައުރީފުކޮށްފައެވެ.

Advertisement - newsAdvertisement

މުޅި ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެއަކީ އެއިޑްސް ބަލި މީހުން މަދު ގައުމެއް ކަން ފާހަގަކުރައްވަމުން އެ ބޭފުޅާ ވިދާޅުވީ މިއީ މި ގައުމުގެ ސިއްހީ ހިދުމަތް ފޯރުވައިދޭ ތަންތަނާއި އަމިއްލަ ޖަމިއްޔާތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މަސައްކަތުގެ ނަތީޖާކަން ފާހަގަކޮށްފަ އެވެ. ނަމަވެސް މި ގައުމުގައި ހިންގޭ ސިއްހީ ޕްރޮގްރާމްތަކަށް އަދިވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފައިސާގެ ދަތިކަން ކަމުގައި އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ.

އެއިޑްސް ބަލިން ރައްކާތެރިވުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ މައުލޫމާތު މުއްސަންދި ކުރުމާއި ހޭލުންތެރިކަން އިތުރު ކުރުން ކަމުގައި ވެސް ޑރ. އަރްވިންދް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖެއަކީ ބިދޭސީން ގިނަ ގައުމެއް ކަމަށާއި އެ މީހުންނަށް ވެސް ތަފާތުކުރުމެއް ނެތި ފަރުވާ ދެއްވެވުމަށް ވެސް އެބޭފުޅާ ގޮވާލެއްވިއެވެ. މީގެ އިތުރުން ރާއްޖޭގައި މަސްތުވާތަކެތީގެ ބޭނުން ކުރާ މީހުންނަކީ މި ބަލި ޖެހުމުގެ ބިރު ބޮޑު މީހުންގެ ތެރެއިން ބަޔެއް ކަމަށް ވުމުން އެ މީހުން ޓެސްޓުކުރުމަކީ މުހިންމު ކަމެއް ކަމުގައި ވެސް އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން އަންދާޒާ ކުރާ ގޮތުގައި ދުނިޔޭގައި އެއިޑްސް ބަލި ތަހައްމަލު ކުރަމުންދާ 36.9 މިލިއަން މީހުން ދިރިއުޅެއެވެ. އަދި 2017 ވަނަ އަހަރު އެކަނިވެސް 1.8 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
06 ފެބުރުއަރީ 2017

ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

06 ފެބުރުއަރީ 2017
ކައުންސިލް މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
06 ފެބުރުއަރީ 2017

މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް

06 ފެބުރުއަރީ 2017
މަހާނަ ހެދި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
16 ޖެނުއަރީ 2017

ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓު ގެޒެޓްކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
07 ޖެނުއަރީ 2017

އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗްގެ އައިސީޔޫގައި ތިބޭ ބަލި މީހުނަށް ޒިޔާރަތްކުރާ ގަޑިއަށް ބަދަލުގެނެސްފި
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް