Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީން ގެނައުން

ބިދޭސީންގެ ފައިގައި ޓެގު އަޅުވަން އާރިފު ގޮވާލެއްވުމުން، އީވާ ރަތަށް

ޓެގް ނެތް ކޮންމެ ބިދޭސީއަކީ ކުށްވެރިއެއް ކަމަށް ހަދަން އެދުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ޑިސެމްބަރު 2018 | އަންގާރަ 07:33
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ (ކ) އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ (ކ) އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު

ކުށްވެރިންގެ ފައިގައި ޓެގު އަޅުވާ ގޮތަށް ރާއްޖެއަށް އަންނަ ކޮންމެ ބިދޭސީއެއްގެ ފައިގައިވެސް ޓެގު އެޅުވުމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ގޮވާލެއްވުމުން، އެކަމާ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކަންބޮޑުވުންފާޅު ކުރައްވައި، ވާހަކަފުޅު ދައްކަވައިފިއެވެ.

އަލީ އާރިފު އެގޮތަށް ގޮވާއްލެވީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ހުށަހެޅުއްވި އިމިގްރޭޝަންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ދިވެހި ރާއްޖޭގެ އިމިގްރޭޝަންގެ ޤާނޫނަށް ހުށައެޅުއްވި އިސްލާހުން މަނިކުފާނު ބޭނުންވަނީ ހައްލެއް ކަމުގައި ވާނަމަ، ވަރަށް ފަސޭހަ މޮޅު ހައްލެއް އެބަ އޮތް. ކުށްވެރިންގެ ފައިގައި މި އަޅުވާ ޓެގް އަޅުވަންވީ އިމިގްރޭޝަންގެ ތެރެއިންދާ ކޮންމެ މީހެއްގެ ފައިގައި ޓެގް އަޅުވަންވީ،" އާރިފު ވިދާޅުވިއެވެ.

އާރިފު އިތުރަށް ވިދާޅުވީ ޓެގް އަޅުވާފައި ނެތް ކޮންމެ މީހަކީ ކުށްވެރިއެއް ކަމަށް ނިންމައި، މިހާރު ތިބި މީހުންވެސް އިމިގްރޭޝަނަށް ގެނައުމަށްފަހު ޓެގް އަޅުވައި ވޯރކް ވިސާ މުއްދަތު ހަމަވަންދެން އެގޮތަށް ބަހައްޓަން ޖެހޭ ކަމަށެވެ.

އެކަމާ ނުރުހުން ފާޅުކޮށް އީވާ ވިދާޅުވީ ދަތި ހާލުގައި ރާއްޖޭގައި އުޅޭ ބިދޭސީންނަށް ފިޔަވަޅު އެޅުމުގެ ކުރިން ކުންފުނިތަކާއި، ސަރުކާރުގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ. މީގެ އިތުރުން އިޚްލާސްތެރި ހައްލެއް ގެންނަން ބޭނުން ކަމަށްވާނަމަ އިންސާނިއްޔަތުކަން އިސްކުރަން ޖެހޭ ކަމަށް ވެސް އިވާ ވިދާޅުވިއެވެ.

"އަޅުގަނޑަކަށް ހިއެއް ނުވޭ އެ މަސައްކަތް ކުރަން އަންނަ މިހާ ފަހަތުން ދިޔައިމަހެން ހައްލު ވަނީ. ސަރުކާރުން ފުރަތަމަ ހައްލު ހޯދަން ޖެހޭނީ. ސަރުކާރުގެ ޤާނޫނުތަކާ، ސަރުކާރުގެ ޤަވާއިދުތަކާ ސަރުކާރުން މިކަންކަމަށް އަހައްމިއްޔަތުކަން ބޮޑަށް ދީގެން މައްސަލަ ހައްލު ކުރަން ޖެހޭނީ. ހަރުދަނާ ވާން ޖެހޭނީ ސަރުކާރުން އަޅާ ފިޔަވަޅުތައް. ދެން ހަރުދަނާ ވާން ޖެހޭނީ ކުންފުނިތައް," އީވާ ވިދާޅުވިއެވެ.

ދަތި ހާލުގައި އުޅޭ ބިދޭސީންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާއިރު، ކެއިން ބުއިމާއި ނިދުމުގެ ކަންކަން ހަމަޖެއްސޭނެ ގޮތެއް ނެތް މީހުންނަށް ރާއްޖެ އެތެރެވުމުގެ ހުއްދަ ނުދެވޭނެ ކަމަށް ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނުގެ އަށް ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ހަ މީހެއްގެ ފައިގައި ޓެގް އަޅުވައިފި، ޓެގް އަޅުވަން ތިން މީހަކު ހޯދަނީ!

19 އޮކްޓޯބަރު 2017
ހަ މީހެއްގެ ފައިގައި ޓެގް އަޅުވައިފި، ޓެގް އަޅުވަން ތިން މީހަކު ހޯދަނީ!
18 އޮކްޓޯބަރު 2017

ހަތަރު ގްރޫޕަކަށް ނިސްބަތްވާ ނުވަ މީހެއްގެ ފައިގަ ޓެގް އަޅުވަން އަމުރު ނެރެފި، މިއަދު ޓެގް އަޅުވާނެ!

18 އޮކްޓޯބަރު 2017
ހަތަރު ގްރޫޕަކަށް ނިސްބަތްވާ ނުވަ މީހެއްގެ ފައިގަ ޓެގް އަޅުވަން އަމުރު ނެރެފި، މިއަދު ޓެގް އަޅުވާނެ!
16 ސެޕްޓެމްބަރު 2017

ޒުވާނެއްގެ ފައިގައި އެޅި ޕްލާސްޓަރުގަނޑު ނެގިއިރު އޮތީ ނުރައްކާތެރި ހާލަތެއްގައި، ފައި ބުރިކޮއްލަން ޖެހިދާނެ!

16 ސެޕްޓެމްބަރު 2017
ޒުވާނެއްގެ ފައިގައި އެޅި ޕްލާސްޓަރުގަނޑު ނެގިއިރު އޮތީ ނުރައްކާތެރި ހާލަތެއްގައި، ފައި ބުރިކޮއްލަން ޖެހިދާނެ!
11 ސެޕްޓެމްބަރު 2017

ބޭރުގެ ލޮލުގައި އަނދުން އަޅުވަން ނޫޅޭ، ލީޑަރުން ދޫކޮށްލާފަ މަޝްވަރާގެ ވާހަކަ ދައްކާ: އިދިކޮޅު ފަރާތްތައް

11 ސެޕްޓެމްބަރު 2017
ބޭރުގެ ލޮލުގައި އަނދުން އަޅުވަން ނޫޅޭ، ލީޑަރުން ދޫކޮށްލާފަ މަޝްވަރާގެ ވާހަކަ ދައްކާ: އިދިކޮޅު ފަރާތްތައް
18 ޖުލައި 2017

އިހަވަންދޫ މަރުގެ މައްސަލާގައި ހައްޔަރުކުރި 6 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

18 ޖުލައި 2017
އިހަވަންދޫ މަރުގެ މައްސަލާގައި ހައްޔަރުކުރި 6 ބިދޭސީންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު