ކ. މާލެ
|
19 އޮކްޓޯބަރ 2017 | ބުރާސްފަތި 08:32
ޓެގް އެޅުވުމަށް ފަހު އެ މީހުން އުޅޭ ނޫޅޭ ގޮތް ބަލައި، މޮނިޓަރ ކުރެވޭނެ
ޓެގް އެޅުވުމަށް ފަހު އެ މީހުން އުޅޭ ނޫޅޭ ގޮތް ބަލައި، މޮނިޓަރ ކުރެވޭނެ
ޕޮލިސް
މޮނިކަން އަމުރު
ހަ މީހެއްގެ ފައިގައި ޓެގް އަޅުވައިފި، ޓެގް އަޅުވަން ތިން މީހަކު ހޯދަނީ!
މޮނިކަން އަމުރުގެ ދަށުން މިފަހަރު ޓެގް އަޅުވާ ނުވަ މީހުން ނިސްބަތްވަނީ ހަތަރު ގްރޫޕަކަށް
މޮނިކަން އަމުރުގެ މުއްދަތަކީ އެއް އަހަރު ދުވަސް، މުއްދަތު އިތުރުކުރުމަށް މިނިސްޓަރަށް ހުށަހެޅޭ
މޮނިކަން އަމުރަކާ ޚިލާފުވެއްޖެނަމަ ގިނަވެގެން 18 މަސް ދުވަހަށް ގޭބަންދު ނުވަތަ ޖަލަށް

މޮނިޓަރ އެންޑް ކޮންޓްެރޯލް(މޮނިކަން) އަމުރު ނެރެފައިވާ ނުވަ މީހުންގެ ތެރެއިން ހަ މީހެއްގެ ފައިގައި ބުދަ ދުވަހު ޓެގް އަޅުވައިފި އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ނުވަ މީހުންގެ މައްޗަށް މޮނިކަން އަމުރު ހައިކޯޓުން ނެރެފައިވާ އިރު، ޓެގް ނޭޅުވި ތިބި ތިން މީހުންނަށް ވީނުވީއެއް ނޭނގިގެން އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

މިކަމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ބުނުމަށް ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ.

މި ނުވަ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް އެދި ހައިކޯޓަށް ފުލުހުން ހުށަހެޅީ މިމަހުގެ 10 ވަނަ ދުވަހު އެވެ. މޮނިކޮން އަމުރާ ގުޅޭ ގޮތުން ހޯމް މިނިސްޓަރަށް ލަފާ އަރުވާ ކޮމެޓީއިން ނުވަ މީހުންގެ މައްޗަށް އަމުރު ހޯދުމަށް ނިންމާފައި ވަނީ މިމަހުގެ 1 ވަނަ ދުވަހު އެވެ.

މޮނިކޮން އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅުމެއް ކޯޓަށް ލިބޭތާ 24 ގަޑިއިރުގެ ތެރޭގައި، އަޑު އެހުމެއް ބާއްވައި އެހުށަހެޅުމަކާ މެދު ވަކިގޮތެއް ނިންމަންޖެހެ އެވެ. ހައިކޯޓުން އަމުރު ނެރުނު ދުވަސް ސާފު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ނުވަ މީހުންގެ ތެރޭގައި ހިމެނެނީ، "ކުޑަހެންވޭރު" ގްރޫޕަށް ނިސްބަވްތާ ދެ މީހަކާއި، "މަސްއޮޑި" ގްރޫޕަށް ނިސްބަތްވާ ތިން މީހަކާއި، "ޕީޓްރަލް" ގްރޫޕަށް ނިސްބަތްވާ ދެ މީހުންގެ އިތުރުން "ވައިކަންމަތި" ގްރޫޕަށް ނިސްބަތްވާ ދެ މީހެކެވެ.

މާރާމާރީ ހުއްޓުވުމަށް އަމާޒު ކޮށްގެން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން މޮނިކޮން އަމުރު ނެރެން ފެށީ 2016 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި، ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވި ދުވަސްވަރެވެ. އެފަހަރު 20 މީހެއްގެ ފައިގައި ގެޓް އަޅުވައި، ގަވާއިދުން އެމީހުންގެ ހަރަކާތްތައް ބަލާފައިވެއެވެ.

މޮނިޓަކޮށް ކޮންޓްރޯލް ކުރުމަށް ނެރޭ އަމުރެއްގެ މުއްދަތަކީ އެއް އަހަރު ދުވަހެވެ. 

މޮނިކޮން އަމުރެއްގެ ދަށުން ފިޔަވަޅު އަޅާފައިހުރި މީހަކު، އެކަށީގެންވާ ސަބަބެއް ނެތި، މޮނިކޮން އަމުރުގެ އެއްވެސް ފިޔަވަޅަކާ ހިލާފްވެއްޖެ ނަމަ އެމީހަކު އެކުރީ ޖިނާއީ ކުށެކެވެ. އެ ކުށުގެ އަދަބަކީ ގިނަވެގެން 18 މަސްދުވަސް ގޭބަންދުކުރުން ނުވަތަ ޖަލަށްލުމެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް