Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

ރާއްޖޭގެ ޖުމްލަ ދަރަނީގެ އަދަދަކީ 3.7 ބިލިއަން ޑޮލަރު: މިނިސްޓަރ އަމީރު

3 ޑިސެމްބަރު 2018 | ހޯމަ 12:57

ރާއްޖެއިން ޗައިނާއަށް 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޑިސެމްބަރު 2018 | ހޯމަ 12:57
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން ދައްކަން ޖެހޭ ޖުމްލަ ދަރަނީގެ އަދަދަކީ، 3.7 ބިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރުކަމާއި ހަވާލުވެވަޑައިގަންނަވާ ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ދަރަނީގެ ގޮތުގައި 3.7 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި، އެއީ އުފެއްދުންތެރިކަން ނޫނީ ޖީޑީޕީގެ ނިސްބަތުން 53 އިންސައްތަގެ ދަރަންޏެއް ކަމަށެވެ.

Advertisement - newsAdvertisement

ހަމައެކަނި ޗައިނާއަށް ދައްކަންޖެހޭ ދަރަނި ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖެއިން ޗައިނާއަށް 1.4 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭ ކަމަށެވެ. އެއީ ރާއްޖޭގެ ޖުމްލަ ދަރަނީގެ 38 އިންސައްތަ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ޗައިނާ އިން ދޭން އެއްބަސްވި ލޯނުގެ ތެރެއިން މިހާތަނަށް 857 މިލިއަން ޑޮލަރު ބޭނުންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރަށް މިނިސްޓަރު ވިދާޅުވީ އެތެރޭގެ ދަރަނި އުޅެނީ 1.9 ބިލިއަން ޑޮލަރު ކަމަށާއި، ބޭރުގެ ދަރަނި އުޅެނީ، 1.8 ބިލިއަން ޑޮލަރުގައި ކަމަށެވެ.

ދައުލަތުގެ ޕޭޔަބަލްސްއަށް އަލިއަޅުއްވާލައްވާ މިނިސްޓަރު އަމީރު ވިދާޅުވީ ދިވެހި ސަރުކާރުން އެހެން ކުންފުނިތަކާއި ޕްރައިވެޓް ސެކްޓަރ އާއި އަދި އެހެނިހެން ފަރާތްތަކަށް ދިވެހި ސަރުކާރުން ދައްކަން ޖެހޭ ފައިސާ ގެ އަދަދު 2.4 ބިލިއަން ރުފިޔާ އަރާ ކަމަށެވެ.

"މިފައިސާގެ އަދަދު އަޅުގަނޑު ހާމަކުރަން މިބޭނުންވަނީ ވީހާވެސް އޯޕަންކޮށް މިމައުލޫމާތު ރައްޔިތުންނަށް އަންގަން ބޭނުންވޭ. އަޅުގަނޑުމެން ސަރުކާރާއި ހަވާލުވެ، މިހާރު ހުރި ހާލަތުގައި ރައްޔިތުންނަށް ނޭނގޭނަމަ ފަހުން މިކަންތައްތައް އަޅުގަނޑުމެންނާއި ދިމާލަށް މިވާހަކަތައް އައިސްދާނެތީ އަޅުގަނޑު ބޭނުންވަނީ މިކަންތައްތައް ވެސް ހާމަކޮށްލަން،" އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މީގެ ތެރޭގައި ޕާޗޭޒް އޯޑަރގެ އަދަދު 428 މިލިއަން ރުފިޔާ އަރާ ކަމަށާއި، ޕޯސްޓެޑް އިންވޮއިސްގެ އަދަދު 824 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އަދި އާސަންދަ ކުންފުންޏަށް ސަރުކާރުން 103 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، އެސްޓީއޯއަށް 786 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށެވެ. ސެޓެލްކޯއަށް 151 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށާއި، ފެނަކަ ކޯޕްރޭޝަނަށް 101 މިލިއަން ރުފިޔާ އަދި އައިލޭންޑް އޭވިއޭޝަނަށް 65 މިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާތަކަށް އަލިއަޅުއްވާލައްވާ މިނިސްޓަރ އަމީރު ވިދާޅުވީ ޖުމްލަ އަދަދު ގާތްގަނޑަކަށް 1.3 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. މީގެ ތެރެއިން އަމިއްލަ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ އަދަދު 30 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި ފިޝަރީޒް މިނިސްޓްރީން ދޯނިތަކަށް 14 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި، އިންޖީނު އެޅުމަށް ލޯނުގެ ގޮތުގައި ދިން ފައިސާ 1.8 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.

"އަދި އެގްރިކަލްޗަރ ފަންޑުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނު އެބައަރާ 32 މިލިއަން ރުފިޔާއަށް. އަދި އެކަނިއެކަނި ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު އެބައަރާ 514 މިލިއަން ރުފިޔާ. ދެން ސިފައިންގެ އަދި ފުލުހުންގެ އިމާރާތްތައް އެޅުމަށްޓަކައި އަޅުގަނޑުމެން ދޫކޮށްފައި އެބަވޭ ގާތްގަނޑަކަށް 391 މިލިއަން ރުފިޔާ. ފުލުހުންނަށް 369 މިލިއަން ރުފިޔާ،" އަމީރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖޭގެ ގަދަރާއި ޝަރަފު މަތިވެރިކުރެވިއްޖެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
29 ޖެނުއަރީ 2017

ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި

29 ޖެނުއަރީ 2017
ޖުމްލަ 20 ސައިކަލާއެކު ޓެކްސީގެ ހިދުމަތް ފަށައިފި
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް