Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފިނޭންސް މިނިސްޓްރީ

ދައުލަތުގެ ހަރަދު 26.7 ބިލިއަން ރުފިޔާއިން 27.3 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައި: މިނިސްޓަރު އަމީރު

3 ޑިސެމްބަރު 2018 | ހޯމަ 12:17

އާމްދަނީގެ ގޮތުގައި ހުށަހެޅި 23 ބިލިއަން ރުފިޔާ ފާސް ކުރިއިރު އިތުރުވެފައިވެފައިވަނީ 23.39 ބިލިއަން ރުފިޔާ

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޑިސެމްބަރު 2018 | ހޯމަ 12:17
ފިނޭންސް މިނިސްޓަރ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ފިނޭންސް މިނިސްޓަރ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

އަންނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓަށް ގެނެވުނު ބަދަލާއެކު ދައުލަތުގެ ހަރަދު 26.7 ބިލިއަން ރުފިޔާއިން 27.3 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ މިނިސްޓްރީ އޮފް ފައިނޭންސް އިން ހުށަހެޅީ 29.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި، ނަމަވެސް ބަޖެޓަށް ގެނެވުނު އިސްލާހުތަކާއެކު ބަޖެޓް ފާސް ކުރީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ. މިބަދަލުތަކާއެކު ދައުލަތުގެ ހަރަދު 26.7 ބިލިއަން ރުފިޔާއިން 27.3 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު އަމީރު ވިދާޅުވީ އާމްދަނީގެ ގޮތުގައި ހުށަހެޅި 23 ބިލިއަން ރުފިޔާ ފާސް ކުރިއިރު އިތުރުވެފައިވެފައިވަނީ 23.39 ބިލިއަން ރުފިޔާއަށް ކަމަށާއި، އެއީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގެ އިތުރުވުމެއް ކަމަށެވެ.

"މި 300 މިލިއަން ރުފިޔާ އިތުރުކޮށްފައި މިވަނީ ގްރާންޓްގެ ގޮތުގައި އަޅުގަނޑުމެންނަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދު އިތުރުކޮށްފައިވާތީ އާމްދަނީއަށް ލިބޭނެ ކަމަށް އަޅުގަނޑުމެން އަންދާޒާކުރި މިންވަރު އިތުރުކޮށްފައި މިވަނީ. މިބަދަލާއެކު 2019 ވަނަ އަހަރު ލަފާކުރާ ބަޖެޓް އޯވަރޯލް ބަޖެޓް ޑެފެސިޓް 3.6 ބިލިއަން ރުފިޔާއިން 4 ބިލިއަން ރުފިޔާއަށް އިތުރުވެފައިވޭ. ހަރަދަށް ގެނެވުނު ބަދަލުގެ ތެރޭގައި ސަރުކާރު ބައެއް އޮފީސްތަކަށް ބަޖެޓް އިތުރުކޮށްފައިވޭ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ގެނެވުނު ބަދަލުގެ ތެރޭގައި މިނިސްޓްރީ އޮފް ފޮރިންގ އެފެއަރޒްގެ ރިކަރަންޓްގެ ހަރަދުގެ ގޮތުގައި 25 މިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށާއި، ފެމެލީ ޕްރޮޓެކްޝަން އޮތޯރިތީގެ ބަޖެޓަށް 2 މިލިއަން ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ. އަދި ފުރަތަމަ ޑިގްރީއާ ހަމައަށް ދިވެހިރާއްޖެއިން ކިޔެވުމުގެ ހަރަދު ހަމަޖެއްސުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ބަޖެޓަށް 50 މިލިއަން ރުފިޔާގެ އިތުރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރަށް މިނިސްޓަރ އަމީރު ވިދާޅުވީ ކުރީގެ ރައީސުންނަށް ކޮންމެ މަހަކު ދެމުން ގެންދާ 75000 ރުފިޔާ އަދި ދިރިއުޅޭ ތަނުގެ ހަރަދު ހަމަޖެއްސުމަށް ކޮންމެ މަހަކު ދެވޭ 10000 ރުފިޔާއަކީ ރައީސް މުހައްމަދު ނަޝީދަށް ގާނޫނީ ގޮތުން ލިބިވަޑައިގަންނަވަން ޖެހޭ އިނާޔަތަކަށް ވެފައި މިކަން ބަޖެޓްގައި ހިމެނިފައި ނުވާތީ ފިނޭންސް މިނިސްޓްރީގެ ޚާއްސަ ބަޖެޓަށް ޖުމްލަ އެއްމިލިއަން ވިހި ހާސް ރުފިޔާ އިތުރުކޮށްފައިވާ ކަމަށެވެ.

"ހަރަދަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް އިތުރުކޮށްފައިވޭ. އެގޮތުން ރައްޔިތުން މަޖިލީހުގެ ބަޖެޓަށް ޖުމްލަ 31.98 މިލިއަން ރުފިޔާ އިތުރުކޮށްފައިވޭ. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޖެޓްގެ ރިކަރަންޓް އަދި ކެޕިޓަލް ހަރަދަށް ޕީ.އެސް.އައި.ޕީ ނުހިމެނޭ ގޮތަށް 37 މިލިއަން ރުފިޔާ އިތުރުކޮށްފައިވޭ. ދައުލަތުން ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓް ޕްރޮގްރާމް ޕީ.އެސް.އައި.ޕީގެ ބަޖެޓަށް ހުށަހަޅާފައިވާ 6.6 ބިލިއަން ރުފިޔާ އަށް 458 މިލިއަން ރުފިޔާ އިތުރުކޮށްފައިވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ދައުލަތުގެ އާމްދަނީއާއި ހިލޭ އެހީއަށް 300 މިލިއަން ރުފިޔާ އިތުރުކޮށްފައިވާއިރު، މިގެނެވުނު ބަދަލުތަކާއެކު ބަޖެޓްގެ ޑެފެސިޓް ޖީޑީޕީގެ ނިސްބަތުން 4.1 އިންސައްތައިން 4.4 އިންސައްތައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ. އެއީ ދަރަނީގެ ނިސްބަތް 0.3 އިންސައްތަ އިތުރުވުން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
4.79 ބިލިއަން ރުފިޔާ ލޯނު ނަގައިފިން، މިއަހަރު އިތުރު ލޯނުތަކެއް ނަގާނެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!

04 ފެބުރުއަރީ 2017
ސިޔާމަށް ތިން ބިލިއަން ރުފިޔާގެ ގެރެންޓީ ދިނުމާ މެދު ފިނޭންސްގެ މުވައްޒަފުން ހިތްހަމަނުޖެހުމުން މަސައްކަތް ހުއްޓިފަ!
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް