Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނޫސްވެރިޔާ މަހްމޫދު ހުސެން

މިސްރުން ހައްޔަރުކޮށްފައިވާ އަލްޖަޒީރާގެ ނޫސްވެރިޔާގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުކޮށްފި

މިސްރުންވަނީ އެ ގައުމުގެ ޤާނޫނުލް އުގޫބާތާވެސް ޚިލާފުވެފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 3 ޑިސެމްބަރު 2018 | ހޯމަ 21:21
ހުސެން ހައްޔަރުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު

ހުސެން ހައްޔަރުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު

ދައުވާއެއް ކުރުމަކާނުލައި މިހާރުވެސް 713 ދުވަސް ޖަލުގައި ހޭދަކޮށްފައިވާ އަލް ޖަޒީރާގެ ނޫސްވެރިޔާ މަހްމޫދު ހުސެެއިންގެ ބަންދުގެ މުއްދަތު އިތުރު 45 ދުވަހަށް އިތުުރުކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށްފަހު ނަމަވެސް އޭނާގެ ވަކީލަށްވެސް މިކަން އެނގިފައިވަނީ އާދީއްތަ ދުވަހުއެވެ.

ގަތަރުގައި މަސައްކަތްކުރަމުންދިއަ ނޫސްވެރިޔާގެ މައްޗަށް މިސްރުން ތުހުމަތުކޮށްފައިވަނީ ދޮގު ޚަބަރު ފެތުރުމާއި ދައުލަތުގެ މުއައްސަސާތަށް ބަދުނާމުކުރުމަށް ބޭރުގެ ޖަމާއަތްތަކުން ފައިސާ ހޯދަމުން ދިޔަ ކަމަށެވެ. ނަމަވެސް އަދިވެސް ރަސްމީކޮށް އޭނާގެ މައްޗަށް ދައުވާއެއް އުފުލާފައެއް ނުވެއެެވެ.

ހުސެއިން އަދި އަލް ޖަޒީރާއިން އެ ތުހުމަތުތަކަށް ކަނޑައެޅިގެން އިންކާރުކުރާއިރު ބައިނަލްއަޤްވާމީ މުޖުތަމައުގެ ފާޑުކިޔުން މިސްރަށްވަނީ އަމާޒުވެފައެވެ.

ހުސެންގެ ބަންދުގެ މައްސަލަގައި މިސްރުންވަނީ އެ ގައުމުގެ ޤާނޫނުލް އުގޫބާތާވެސް ޚިލާފުވެފައެވެ.

އެ ގަައުމުގެ ގާނޫނުލް އުގޫބާތު ބުނާގޮތުން ވަކި ފަރުދަކު ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށް ދައުވާ ކުރުމަކާނުލައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 620 ދުވަހެވެ.

އިދާރާތަކަށް އޮތް ގޮތަކީ އޭނާ ދޫކޮށްލުން ނުވަތަ އޭނާ ކޯޓަށް ހާޒިރުކުރުމެވެ.

ހުސެން ހައްޔަރުކޮށްފައިވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އާއިލާގާތަށް އަހަރީ ޗުއްޓީއަށް ގާހިރާއަށް ދިއުމާއެކު މިސްރުގެ އިދާރާތަކުންނެވެ.

އޭގެ ފަހުން އޭނާ އެކަހެރިކޮށް ބަންދުގައި ބަހަޓައި އަދި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްޤުންވެސް މަހުރޫމުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

26 އޯގަސްޓު 2018

މިޔަންމާގައި ހައްޔަރުކޮށްފައިވާ ރޮއިޓަރސްގެ ދެ ނޫސްވެރިންނަށް މާދަމާ ހުކުމް ކުރަނީ

26 އޯގަސްޓު 2018
މިޔަންމާގައި ހައްޔަރުކޮށްފައިވާ ރޮއިޓަރސްގެ ދެ ނޫސްވެރިންނަށް މާދަމާ ހުކުމް ކުރަނީ
15 މާރިޗު 2018

ނޫސްވެރިޔާގެ މަރަށް ފަހު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ސްލޮވާކިއާގެ ބޮޑުވަޒީރު އިސްތިޢުފާ ދެއްވަން ތައްޔާރު!

15 މާރިޗު 2018
ނޫސްވެރިޔާގެ މަރަށް ފަހު ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ސްލޮވާކިއާގެ ބޮޑުވަޒީރު އިސްތިޢުފާ ދެއްވަން ތައްޔާރު!
14 ޖެނުއަރީ 2018

މިސްރުން އުތުރު ސައިނާގައި ކާފިއު އިއުލާންކޮށްފި

14 ޖެނުއަރީ 2018
މިސްރުން އުތުރު ސައިނާގައި ކާފިއު އިއުލާންކޮށްފި
10 ޖެނުއަރީ 2018

އަލްޖަޒީރާގެ ފޭކް ޓްވިޓަރ އެކައުންޓެއް ސަސްޕެންޑްކޮށްފި

10 ޖެނުއަރީ 2018
އަލްޖަޒީރާގެ ފޭކް ޓްވިޓަރ އެކައުންޓެއް ސަސްޕެންޑްކޮށްފި
28 ޑިސެމްބަރު 2017

މިޔަންމާގައި ހައްޔަރުކުރި ނޫސްވެރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

28 ޑިސެމްބަރު 2017
މިޔަންމާގައި ހައްޔަރުކުރި ނޫސްވެރިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު