Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކެޑޭޓް ކޭމްޕް

ގައުމީ ކެޑޭޓް ކޭމްޕާއި ބެހޭ ބްރީފިންގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފި

2 ޑިސެމްބަރު 2018 | އާދީއްތަ 14:28

ކެޑޭޓް ކޭމްޕް ކުރިއަށް ދާނީ 27 ނޮވެމްބަރު އިން އަށެއް ޑިސެމްބަރުގެ ނިޔަލަށް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 2 ޑިސެމްބަރު 2018 | އާދީއްތަ 14:28
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްަމަދު ސޯލިހު ގިރިފުށީގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްަމަދު ސޯލިހު ގިރިފުށީގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގިރިފުށީގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ޓްރެއިނިންގ ސެންޓަރަށް ޒިޔާރަތްކުރައްވައި، ގިރިފުށީގައި ކުރިއަށްދާ 20 ވަނަ ކެޑޭޓް ކޭމްޕާއި ބެހޭ ބްރީފިންގގައި ބައިވެރިވެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގިރިފުށްޓަށް ފައިބައި ވަޑައިގެންނެވުމާ އެކު، އެމަނިކުފާނުގެ ޝަރަފުގައި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯގެ ފަރާތުން ގާރޑް އޮފް އޮނަރ އެއް އެރުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކެޑޭޓް ކޭމްޕްގެ ބައިވެރިންގެ ޙަރަކާތްތަށް ބައްލަވައިލައްވާފައެވެ.

Advertisement - newsAdvertisement

މި ކެޑޭޓް ކޭމްޕް ކުރިއަށް ދަނީ 27 ނޮވެމްބަރު އިން 8 ޑިސެމްބަރުގެ ނިޔަލަށެވެ. ގައުމީ ކެޑޭޓް ކޭމްޕްގައި 27 ސްކޫލަކުން 120 ދަރިވަރުން ބައިވެރިވާ އިރު، މީގެ ތެރޭގައި ހިމެނެނީ މާލޭގެ 13 ސްކޫލަކުންނާއި އަތޮޅުތެރެއިން 14 ސްކޫލެކުން ބައިވެރިވި ކެޑޭޓުންނެވެ.

މި ކެޑޭޓް ކޭމްޕްގައި ބައިވެރިވެފައި ވަނީ 13 އަހަރާއި 15 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުދިންނެވެ. ރާއްޖޭގެ ކެޑޭޓުންގެ އިތުރުން ރާއްޖެ އިން ބޭރުގެ ކުދިން ވެސް މި ކެޑޭޓް ކޭމްޕްގައި ބައިވެރިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެ އިން ބޭރުގެ 16 ކެޑޭޓުންނާއި ފަސް އޮފިސަރުންނެވެ.

ބޭރުގެ ގައުމުތަކުގެ ތެރެއިން މި ކެޑޭޓް ކޭމްޕްގައި ބައިވެރިވެފައި ވަނީ އިންޑިއާގެ ހަތަރު ކެޑޭޓުންނާއި އޮފިސަރަކާއި، ސްރީލަންކާގެ ހަތަރު ކެޑޭޓުންނާއި ދެ އޮފިސަރުންނާއި، އަދި ބަންގްލަދޭޝްގެ ހަތަރު ކެޑޭޓުންނާއި އޮފިސަރެއްގެ އިތުރުން ނޭޕާލްގެ ހަތަރު ކެޑޭޓުންނާއި އޮފިސަރެކެވެ.

ކެޑޭޓް ކޭމްޕްގައި 31 މުދައްރިބުން ކިޔަވައިދޭ އިރު، މީގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ 23 މުދައްރިބުންނާއި، މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯގެ 8 މުދައްރިބުންނެވެ.

މި ކެޑޭޓް ކޭމްޕްގެ މަގްސަދަކީ މި ކޭމްޕްގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީ ވެސް މުޖްތަމައަށް ފާއިދާހުރި އަދި ދިމާވާ އެކިއެކި ހާދިސާތަކުގައި ރޭވުންތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމެވެ.

މީގެ އިތުރުން ކޭމްޕްގައި ބައިވެރިވާ ކެޑޭޓުންނަކީ ހަރުދަނާ އަހުލާގާއި ރިވެތި ސުލޫކެއްގެ ވެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ގައުމީ ރޫހު އާލާކޮށް ދިރުވުން ވެސް މި ކޭމްޕްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ދިވެހި އަސްކަރިއްޔާގެ އުނގެނުމުގެ ވެއްޓެއްގައި ނަފްސު ތަރުބިއްޔަތުކޮށް ބައްޓަން ކުރުމުގެ ފުރުސަތު ގައުމީ ކެޑޭޓުންނަށް ފަހިކޮށްދިނުމާއި، އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓޫންނަށް ތައާރަފް ކޮށްދިނުން ވެސް މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ކެޑޭޓް ކޭމްޕްގެ ކަރިކިއުލަމްގައި 11 މާއްދާ ކެޑޭޓުންނަށް ކިޔަވައިދޭއިރު، ތިން ދާއިރާއަކުން ގެސްޓް ލެކްޗަރަރ އިން ވެސް ބައިވެރިވާއިރު، އިލެކްޓްރޯނިކް މޮޑިއުލްސްގެ ހަތަރު މޮޑިއުލް ކިޔަވައިދެއެވެ. މީގެ އިތުރުން ވާދަވެރި ތިން މުބާރާތް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޭމްޕް ނިމުމުން އެކި ވަނަތަކަށް ހޮވޭ ކެޑޭޓުންނަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެންމެ މޮޅު ފިރިހެން ދަރިވަރު ހޮވުމާއި، އެންމެ މޮޅު އަންހެން ދަރިވަރު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އުނގަންނައި ދެވުނު އެކެޑެމިކް މާއްދާތަކުން އެންމެ މޮޅު ދަރިވަރު ހޮވުމާއި، ކޭމްޕްގެ އެންމެ މޮޅު 10 ދަރިވަރުން ހޮވުމާއި، އެންމެ މޮޅު ޕްލެޓޫން ހޮވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓް ކޭމްޕްގެ އެންމެހާ އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ކަންކަން ހަމަޖައްސަނީ އެމްއެންޑީއެފްގެ ފަރާތުންނެވެ. މީގެ އިތުރުން ސްކޫލްތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ ކަންކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލަފަޔާއި އިރުޝާދުގެ މަތިން ހަމަޖައްސާ ފަރާތަކީ މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯއެވެ. މީގެ އިތުރުން ކޭމްޕްގެ މުއްދަތުގައި އެމްއެންސީސީ ގެ ފަރާތުން އެކަމަށް ކަނޑައެޅޭ މުދައްރިބުން ގިރިފުށީގައި ހަރަކާތްތެރި ވަމުންދާނެކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
12 ފެބުރުއަރީ 2017

ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި

12 ފެބުރުއަރީ 2017
ހޯމް މިނިސްޓްރީން 10،000 ގައުމީ ދިހަ ހޯދުމަށް އިއުލާނުކޮށްފި
08 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި

08 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް މަޖިލީހަށް ހުށަހަޅައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
23 ޖެނުއަރީ 2017

އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި

23 ޖެނުއަރީ 2017
އެއާޕޯޓްތަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގަވައިދު ގެޒެޓް ކޮށްފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް