Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ސިޔާސީ މަސްރަހު

މި ވަގުތު ލަންކާގައި ސަރުކާރެއް ނެތްކަން ޔަގީންކޮށްދީފިން: ރަނިލް ވިކްރަމަސިންހަ

މަޖިލީހުގެ ރައީސް ވެސް މިހާރު އޮތް ސަރުކާރު ގަބޫލު ނުކުރާކަމަށް ވަނީ ވިދާޅުވެފަ

އަމަން ހަލީމް
އަމަން ހަލީމް | 2 ޑިސެމްބަރު 2018 | އާދީއްތަ 16:27
ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަދި ރައީސް މައިތިރިޕާލަ ސިރިސޭނާ

ކުރީގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އަދި ރައީސް މައިތިރިޕާލަ ސިރިސޭނާ

ކުރިން އެންގުމަކާއި ނުލައި ބޮޑު ވަޒީރު ކަމަށް އައްޔަނު ކުރި މަހިންދަ ރާޖަޕަކްސަގެ ސަރުކާރަކީ ސައްހަ ނޫން ސަރުކާރެއް ކަން ޔަގީންކޮށް ދެވިފައިވާ ކަމަށް ރަނިލް ވިކްރަމަސިންހަ ވިދާޅުވެއަޖެއެވެ.

ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރާ ރަނިލްގެ ޕާޓީގެ (ޔޫ.އެން.ޕީ.) މެމްބަރުންނާއި އެކު ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ކަމުގައިވާ "ޓެމްޕަލް ޓްރީސް" ގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވިދާޅުވީ މަޖިލީހުގެ ރައީސް ވެސް މިހާރު އޮތް ސަރުކާރު ގަބޫލު ނުކުރާކަމަށެވެ. އަދި ސިރިސޭނާ އާއި ރާޖަޕަކްސަގެ ސަޕޯޓަރުން ޖެހިގެން އައި ދުވަހު މަޖިލިސް ތެރޭގައި އަމަލު ކުރި ގޮތުން މުޅި ދުނިޔެ އަށް އެ މީހުން މިހާރު ވަނީ ބޭޒާރުވެފައި ކަމަށް ވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.

"އެ މީހުންނަށް (ސިރިސޭނާ އާއި ރާޖަޕަކްސައަށް ތާއިދު ކުރާ މެމްބަރުން) ލޯކަލް އިންތިހާބުގައި ވޯޓު ދިން މީހުން ވެސް ބުނަމުން ދަނީ ދެން އެމީހުންނަށް ވޯޓު ނު ދޭނަމޭ. އެމީހުންގެ އަހުލާގު ހުރި ގޮތާއި ދޭތެރޭ ތިމަންނާ މެން މި ތިބީ ލަދުގަނެފައޭ" ރަނިލް ވިދާޅުވިއެވެ.

ރަނިލް އިތުރަށް ވިދާޅުވެފައި ވަނީ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މަގާމުން ދުރުކުރި ކަން ވެސް އެނގުނީ އެކަން އިއުލާން ކުރުމުން ކަމަށާއި ނަމަވެސް އޭރު ވެސް އޭނާ މަގާމުން ވަކިކުރި ކަމެއް އެ ބޭފުޅާއަށް ނާންގާ ކަމަށެވެ. ޑިމޮކްރަސީ ސަލާމަތް ކުރަން ލިބުނު އެންމެ ބޮޑު ހިތްވަރަކީ އޭނާ އަށް ތާއިދު ކުރާ ރައްޔިތުން ކަމަށް ވެސް އެ ބޭފުޅާ ވަނީ ވިދާޅުވެފައެވެ.

ރައްޔިތުން ވޯޓު ދިނީ ބަރުލަމާނީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމުގެ މެންޑޭޓް ތަންފީޒު ކުރަން ކަމަށް ވެސް ރަނިލް ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެ މެންޑޭޓް އަނެއް ފުށަށް ޖެހުމަށް ފަހު ރައީސް ގެ ވެރިކަން މިދަނީ ހުދުމުހުތާރުކަމާއި ދިމާލަށް ކަމަށް ބުނެ އެ ބޭފުޅާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިހާރުގެ މަސައްކަތަކީ ސަރުކާރު އަލުން އެކުލަވާލައި ރައްޔިތުން ހަވާލުކުރި މަސައްކަތާއި ގެން ކުރިޔަށް ދިޔުން ކަމަށް ވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. އިދިކޮޅުގައި ތިބި މީހުންނަށް ފާޑު ވިދާޅުވަމުން ރަނިލް ވަނީ މަޖިލީހުގެ އަޣްލަބިއްޔަތެއް އޮތިއްޔާ އެކަން ދައްކާލަން އެ ބޭފުޅުންނަށް ގޮންޖައްސަވާފައެވެ.

މަހިންދަ ރާޖަޕަކްސަ ވަނީ ދެ ފަހަރެއްގެ މަތިން އިތުބާރު ނެތް ކަމަށް ފާސްކުރުމުން ވެސް ބޮޑު ވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވާފައެވެ. ލަންކާގެ ސިޔާސީ މަޝްރަހުގައި އުފެދިގެން މި އުޅޭ ހަލަބޮލިކަމުގެ ސަބަބުން އެ ގައުމުގެ އިގްތިސާދަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ.ް

އިތުރަށް ކިޔާލަން

02 އޮކްޓޯބަރު 2017

އުތުރު ކޮރެއާއާ އެކު މަޝްވަރާކުރަން އުޅުމަކީ ވަގުތު ބޭކާރުކުރުން ކަމަށް ޓްރަމްޕް ޓިލަރސަންއަށް ދަންނަވައިފި

02 އޮކްޓޯބަރު 2017
އުތުރު ކޮރެއާއާ އެކު މަޝްވަރާކުރަން އުޅުމަކީ ވަގުތު ބޭކާރުކުރުން ކަމަށް ޓްރަމްޕް ޓިލަރސަންއަށް ދަންނަވައިފި
29 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ: އދ  ގެ ސެކްރެޓަރީ ޖެނެރަލް

29 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ އަސްކަރީ އޮޕަރޭޝަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހޭ: އދ  ގެ ސެކްރެޓަރީ ޖެނެރަލް
14 ސެޕްޓެމްބަރު 2017

ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި

14 ސެޕްޓެމްބަރު 2017
 ރޮހިންޖާ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާ ވަގުތުން ހުއްޓާލުމަށް ޔޫއެން ސެކިއުރިޓީ ކައުންސިލުން ގޮވާލައިފި
26 ޖުލައި 2017

މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ

26 ޖުލައި 2017
މިއަހަރުގެ މިހާތަނަށް ސްރީ ލަންކާގައި ޑެންގޫ ހުމުގެ ސަބަބުން 300 އެއްހާ މީހުން މަރުވެއްޖެ
12 ޖުލައި 2017

އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފި: އުރްދޮޣާން

12 ޖުލައި 2017
އީޔޫއިން ތުރުކީގެ ވަގުތު ބޭކާރުކޮށްފި: އުރްދޮޣާން
10 ޖުލައި 2017

މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް

10 ޖުލައި 2017
މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު :ޓްރަމްޕް
19 ޖޫން 2017

ލަންޑަންގެ މިސްކިތެއް ކައިރީ މީހުން ގިނަވި ވަގުތު ވޭނަކުން މީހުންގެ ގައިގައި ޖައްސައި ޒަހަމްކޮށްލައިފި

19 ޖޫން 2017
ލަންޑަންގެ މިސްކިތެއް ކައިރީ މީހުން ގިނަވި ވަގުތު ވޭނަކުން މީހުންގެ ގައިގައި ޖައްސައި ޒަހަމްކޮށްލައިފި
09 ޖޫން 2017

ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ

09 ޖޫން 2017
ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ
18 މެއި 2017

ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި

18 މެއި 2017
ސްރީލަންކާގައި އިމާރާތެއް ވެއްޓި 13 މީހަކު އެޑްމިޓްކޮށްފި
28 ފެބުރުއަރީ 2017

ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި

28 ފެބުރުއަރީ 2017
ސްރީލަންކާގައި ގައިދީން އުފުލާ ބަހަކަށް ހަމަލާދީ ހަތް މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު