Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއުތުރު ކޮރެއާ-އެމެރިކާ

އުތުރު ކޮރެއާއާ އެކު މަޝްވަރާކުރަން އުޅުމަކީ ވަގުތު ބޭކާރުކުރުން ކަމަށް ޓްރަމްޕް ޓިލަރސަންއަށް ދަންނަވައިފި

އެމެރިކާއިން ޑިމާންޑް ކުރަނީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 2 އޮކްޓޯބަރު 2017 | ހޯމަ 02:39
ޓިލަރސަން ވިދާޅުވެފައި ވަނީ މަޝްވަރާކުރުމަށް އުތުރު ކޮރެއާ އިން ކުޑަ ޝައުގުވެރިކަމެއް ހުރި ކަމަށް

ޓިލަރސަން ވިދާޅުވެފައި ވަނީ މަޝްވަރާކުރުމަށް އުތުރު ކޮރެއާ އިން ކުޑަ ޝައުގުވެރިކަމެއް ހުރި ކަމަށް

އުތުރުކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި މަޝްވަރާ ކުރެއްވުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ކުރައްވާ މަސައްކަތްޕުޅަކީ އެ މަނިކުފާނުގެ ވަގުތު ބޭކާރުކުރެއްވުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

"ހަކަތަ ބޭކާރު ނުކުރައްވާ ރެކްސް،އަޅުގަނޑުމެން ކުރަން ޖެހުނު ކަމެއް ކުރާނީ!" އުތުރުކޮރެ އާއާ އެމެރިކާގެ މަޝްވަރާތަކެއް ކުރެވުނު ކަމަށް އަޑުފެތުރުމުން ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

އުތުރުކޮރެއާގެ މައްސަލައިގައި ލިބިފައިވާ ކުރިއެރުން ރެކްސް ޓިލަރސަން ހޮނިހިރު ދުވަހު ވަނީ ހާމަކުރައްވާފައެވެ. ޓިލަރސަން ވިދާޅުވެފައި ވަނީ މަޝްވަރާކުރުމަށް އުތުރު ކޮރެއާ އިން ކުޑަ ޝައުގުވެރިކަމެއް ހުރި ކަމަށެވެ.

މި ވޭތުވެދިޔަ މަސްތަކުގައި ދެ ގައުމުންވެސް ގެންދިޔައީ އެއްބަޔަކު އަނެއްބަޔަކަށް ރުޅިވެރި ބަސްތައް ރައްދުކުރަމުންނެވެ.

އެމެރިކާއިން ބޭނުންވަނީ އުތުރުކޮރެއާގެ މިސައިލް ޕްރޮގްރާމް ހުއްޓާލުމެވެ. އެ ގައުމުން ގެންދަނީ ތަކުރާރުކޮށް މިސައިލް ޓެސްޓްތައް ކުރަމުންނެވެ. މީގެ އިތުރުން އެ ގައުމުން ވަނީ ދުރުރާސްތާގެ މިސައިލަކާ އެކު ފޮނުވާލެވިދާނެ ފަދަ ހައިޑްރޮޖެން ބޮމެއް ކާމިޔާބުކަމާ އެކު ޓެސްޓްކޮށްފައި ކަމަށް ބުނެފައެވެ.

މި މައްސަލައިގައި މަޝްވަރާގެ ތެރެއަށް ވަނުން ފެނިގެން ދަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ޒާތީ ގޮތުން ގެންގުޅުއްވާ ވިސްނުންފުޅާ މުޅިން ތަފާތު އަމަލެއް ގޮތުގައެވެ.

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަށް ނިސްބަތްކުރައްވައި ރައީސް ޓްރަމްޕް އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަޅުގަނޑު ދަންނަވައިފިން ރެކްސް ޓިލަރސަން، އަޅުގަނޑުމެންގެ ލޮބުވެތި ސެކްރެޓަރީ އޮފް ސްޓޭޓަށް، ކުޑަ ރޮކެޓް މޭންއާ އެއްކޮށް މަޝްވަރާ ކުރެއްވުމަށް ތިޔަ ކުރައްވާ މަސައްކަތަކީ މަނިކުފާނުގެ ވަގުތު ބޭކާރު ކުރެއްވުމޭ."

"އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކުރާނަން" ކަމަށް ވިދާޅުވެފައިވާއިރު އެ ވިދާޅުވި އެއްޗެއް ޓްރަމްޕް ސާފުކޮށްދެއްވާފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ

28 ފެބުރުއަރީ 2017
ކިމް ޖޮން ނަމް މަރާލުމުގައި އުތުރު ކޮރެއާގެ ހަތަރު ޖާސޫސުން ބައިވެރިވޭ: ދެކުނު ކޮރެއާ
27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
27 ފެބުރުއަރީ 2017

ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ

27 ފެބުރުއަރީ 2017
ސައުދީ އިން މެލޭޝިއާއާއި އެކު 27 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވަނީ
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
20 ފެބުރުއަރީ 2017

އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި

20 ފެބުރުއަރީ 2017
އުތުރުކޮރެއާގައި ހުންނަވާ މެލޭޝިއާގެ މަންދޫބު ގައުމަށް ގެންގޮސްފި
14 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި

14 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރ ކިމް ޖޮންގް-އުންގެ އެއްބަފާ ބޭބެ މެލޭޝިޔާގައ އަވަހާރަ ކޮށްލައިފި
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
03 ފެބުރުއަރީ 2017

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ
11 ޖެނުއަރީ 2017

އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ

11 ޖެނުއަރީ 2017
އުތުރު ކޮރެއާގެ "ނުރައްކާތެރި މިސައިލްތަަކަކަށް ނުވާ ނަމަ" ވައްޓައެއް ނުލާނެ: އެމެރިކާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު