Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗުއްޓީ އަށް ދިޔުން

ޗުއްޓީއަށް ރަށުން ފުރައިގެން ދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވާ!

މި އަހަރުގެ ދިރާސީ އަހަރު ނިމިފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ނޮވެމްބަރު 2018 | ބުދަ 11:27
މާލެ ސިޓީ

މާލެ ސިޓީ

މި ދުވަސްވަރަކީ ސްކޫލުތަކުގެ ކިޔެވުން ނިމި ސްކޫލުތައް ބަންދުވުމާއެކު ލިބޭ ބޮޑު ޗުއްޓީގައި ގިނަ އަދަދެއްގެ ބަޔަކު އެކި ދިމަދިމާއަށް ދަތުރުކުރާ ދުވަސްވަރެއްކަމުން ޗުއްޓީއަށް ރަށުން ފުރައިގެން ދިއުމުގެ ކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް ސަމާލުކަން ދެއްވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން އެގޮތަށް އިލްތިމާސްކޮށްފައި ވަނީ މި ދުވަސްވަރަކީ ގިނަ ޢަދަދެއްގެ ބަޔަކު ދިގު މުއްދަތަކަށް ރާއްޖެއިން ބޭރަށް ނުވަތަ އަތޮޅު ތެރެއަށް ގޮސް އާއިލާއާއެކު ޗުއްޓީ ހޭދަކުރުމުގައި ހޭދަކުރާ ދުވަސްވަރަކަށްވާތީ އެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ ޗުއްޓީއަށް ރަށުން ފުރުމުގެކުރިން ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އިސްކަންދީ ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ފުލުހުން ވަނީ ޗުއްޓީއަށް ދިޔުމުގެ ކުރިން ވިސްނާލުން މުހިންމު އަދި ސަމާލުކަންދޭންވީ ބައެއް ކަންކަން ފާހަގަކޮށްފަ އެވެ.

އެގޮތުން ރަށުން ބޭރަށް ވަޑައިގަންނަވާނަމަ ގޭގައި ހުންނަ އަގޮބޮޑު އަދި ފަސޭހައިން އުފުލައި ގެންގުޅެވޭ ޒާތުގެ ތަކެތި ބޮޑަށް ރައްކާކޮށް، ގޭގައި ފައިސާ ރައްކާކުރުމުގެ ބަދަލުގައި ޗުއްޓީއަށް ދިޔުމުގެ ކުރިން ބޭންކަށް ފައިސާ ޖަމާކުރުމަކީ ރައްކާތެރިކަމުގެ އެޅިދާނެ ފިޔަވަޅެކެވެ. އަދި ޕާސްޕޯޓާއި އައިޑީ ކާޑު އަދި ކޭޝްކާޑު ފަދަ މުހިއްމު ތަކެތި ހާމަތަންތަނުގައި ނުބަހައްޓައި ރައްކާކުރުމާއި ޗުއްޓީގައި ހުރިނަމަވެސް ކޮންމެވެސް ފަރާތެއް މެދުވެރިކޮށް ދޭތެރެ ދޭތެރެއިން ގޭގެ ހާލަތު އޮޅުން ފިލުވުމަކީ ޗުއްޓީ ދުވަސްވަރު ކުރެއްވުން ރަނގަޅު ކަމެކެވެ.

މީގެއިތުރުން ދިރިއުޅެމުންދާ ގެ ނުވަތަ އެޕާޓްމަންޓް ހުސްކޮށް ބަހައްޓާފައި ރަށުން ބޭރަށް ދާނަމަ އިތުބާރުކުރެވޭ ޒިންމާދާރު ފަރާތަކާއި ގެ ބަލަހައްޓަން ހަވާލުކުރުމާއި ގޭގައި އެކަށީގެންވާ އަލިކަމެއް ބެހެއްޓުމުގެ އިތުރުން ގެއަށް ފަސޭހައިން ވަދެވޭގޮތަށް ހުރި ތަންތަން ރަނގަޅަށް ބަންދު ކުރުމަކީވެސް ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ މުހިއްމު ފިޔަވަޅުތަކެކެވެ. އަދި ގެއިން ބޭރުގައި ބަހައްޓާފައިވާ ބޫޓު ނުވަތަ ފައިވާން ފަދަ ތަކެތީގެ ތެރޭގައި ތަޅުދަނޑު ފަދަތަކެތި ނުބެހެއްޓުމާއި ގޭގެ އެއްވެސް ދޮރެއް ތަޅު ހަލާކުވެފަ ހުރިނަމަ ތަޅު ބަދަލުކޮށް ތަޅުދަނޑި ފަދަ ތަކެތި އިތުބާރުކުރެވޭ ޒިންމާދާރު ފަރާތެއްގެ އަތުގައި ރައްކާކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ.

ޗުއްޓީ ދުވަސްވަރު ރަށްރަށަށް ދަތުރު ދިއުމާއި މަސްދަތުރު ދިއުންފަދަ ކަންކަމާއި މޫދަށް އެރި އުޅުމުގައިވެސް ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި ކުޑަކުދިން އެކަނި ގޮނޑުދޮށަށް ދޫކޮށްނުލުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން ސްކޫލްތަކުގެ މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ވަނީ ނިމިފައެވެ. އެހެންކަމުން ސްކޫލްތަކުގެ ކިޔެވުން ދެން ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށެމާ ދޭތެރޭގައި ގިނަ ދުވަސްތަކެއް ޗުއްޓީގެ ގޮތުގައި ލިބޭއިރު، ގިނަ ފަރާތްތަކެއް ދަނީ ރާއްޖޭގެ އެކި ރަށްރަށަށާއި ރާއްޖެއިން ބޭރަށް ވެސް ދަތުރު ކުރަމުންނެވެ.

އިތުރަށް ކިޔާލަން

06 އެޕްރީލު 2017

ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

06 އެޕްރީލު 2017
ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް
04 އެޕްރީލު 2017

މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި

04 އެޕްރީލު 2017
މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
14 މާރިޗު 2017

އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ

14 މާރިޗު 2017
އެޗް1އެން1 ވައިރަސްގެ ވާހަކަ ކުރިން ހާމަނުކުރީ، އެއީ އެހާ މުހިންމުކަމަކަށް ނުފެންނާތީ: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު