Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު އަދީބު

އަދީބް ގެއަށް ބަދަލުކުރަން ހުއްދަ ދީފި

28 ނޮވެމްބަރު 2018 | ބުދަ 15:46

ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް ސަރޖަރީއެއް ހަދާފައިޥޭ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 28 ނޮވެމްބަރު 2018 | ބުދަ 15:46
ކުރީގެ ނައިބުރައީސް އަހުމަދު އަދީބް

ކުރީގެ ނައިބުރައީސް އަހުމަދު އަދީބް

ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ހާލު ދެރަވެ، ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު ގޭބަންދަށް ބަދަލު ކުރުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދީފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޑޮކްޓަރުންގެ ލަފާފުޅާއި އެއްގޮތަށް އަދީބް އާއިލާ ކައިރި އަށް ގޭބަންދަށް ބަދަލުކުރަން ނިންމީ އަންގާރަ ދުވަހުގެ މެންދުރު ފަހުއެވެ. މިކަން އަދީބުގެ އަނބިކަންބަލުން މަރިޔަމް ނަޝްވާ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

އަދީބް ގޭ ބަންދަށް ބަދަލުކުރުމަށް ނިންމާފައި މި ވަނީ އަދީބްގެ ހަށިގަނޑަށް ސްޓެންޓެއް ލައްވާފައިވާތީ އަދީބަށް ބޭނުންވާ މާހައުލާއި އާއިލާގެ އެހީ ލިބޭނެހެން ގޭބަންދަށް ބަދަލުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް އަންގާފައި ވަނިކޮށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްއާރްސީއެމް އިން އަދީބް ގެއަށް ބަދަލުކުރުމަށް ކަރެކްޝަނަށް އަންގާފައި ވަނީ ނިމިގެންދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަދީބަށް ފަރުވާދޭން ފަށާފައި ވަނީ އެމަނިކުފާނުގެ ވައަތު ކިޑްނީ ހިމެނޭ ހިސާބުން ހަށިގަނޑަށް އިންތިހާ އަށް ތަދުވާތީއެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށް، ހެދި ތަހުލީލުތަކުން އެނގުނު ގޮތުގައި އަދީބްގެ ވައަތު ކިޑްނީ ގައި އުފެދިފައިވާ ހިލަ، އޭރު ވަނީ ކިޑްނީ އާއި ބްލެޑާރ އާއި ދެމެދުގައިވާ ހޮޅި (ޔުރެޓަރ) އަށް ފައިބައި އެ ހޮޅީގައި ތާށިވެފައެވެ. ޔުރެޓަރގައި ތާށިވެފައިވާ ހިލަ ނަބޭސް ދީގެން އްތާލުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން، މި މަހުގެ 19 ވަނަ ދުވަހު ޑޮކްޓަރުން ވަނީ ލޭޒަރ ބޭނުންކޮށްގެން އެ ހިލަ ނައްތާލުމަށް މަސައްކަތް ކޮށްފައެވެ.

މި ސަރޖަރީ ކާމިޔާބުވި ނަމަވެސް، އެ ހިލަ އާއި އަދި އަދީބްގެ ކަނާތްފަރާތުގެ ކިޑްނީގައި އުފެދިފައިވާ ހިލަ ނައްތާލުމަށް އިތުރު ފަރުވާ ދޭން ޖެހޭކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. ސަރޖަރީ އަށް ފަހު އަދީބްގެ ކިޑްނީ އާއި ބްލެޑަރ އާއި ދެމެދުގައިވާ ހޮޅިއަށް ސްޓެންޓެއް ލައްވާފައިވާ އިރު، ސަރޖަރީ އަށް ފަހު އަދީބްގެ ހަށިގަނޑުގައި އިންފެކްޝަނެއް އުފެދި، މިހާތަނަށް ޑޮކްޓަރުން ދިޔައީ ބާރުގަދަ އެންޓިބައޮޓިކް އެއް ދީގެން އަދީބަށް ފަރުވާ ދެމުންނެވެ.

ސަރޖަރީ އަށް ފަހު އަދީބްގެ ހަށިގަނޑުގައި އުފެދުނު އިންފެކްޝަނުގެ ސަބަބުން އަދީބްގެ ހާލު ވަރަށް ދެރަވެ، އަދީބަށް ގިނަ އުނދަގޫތަކެއް ވަމުންދާ ކަމަށް އަދީބްގެ އާއިލާ އިން ވަނީ ބުނެފައެވެ.

ދައުލަތުގެ ކަމާއި ބެހޭ ފަރާތްތަކުން އަދީބްގެ ފަރުވާ އަށް އިހުމާލުވެ، އަދީބްގެ ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ އިރު، އަދީބަށް ފަރުވާ ބޭނުންވާ އިތުރު ބައެއް ކަންކަން ވެސް އާއިލާ އިން ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން އަދީބްގެ ކަނާތް ފަރާތުގެ ކިޑްނީގައި އުފެދިފައިވާ ހިލަ އާއި، އަދީބްގެ ހަށިގަނޑުގައި އުފެދިފައިވާ ސިސްޓްތަކާއި، އަދީބްގެ ލޮލަށް ޖެހިފައިވާ ގްލޮކޯމާއަށް ފަރުވާދިނުމަށް އަދީބްގެ އާއިލާ އިން ކެނޑިނޭޅި ދަނީ އެދެމުންނެވެ. އަދި މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އަދީބްގެ ކެންސަރ ސްކްރީނިންގ އެއް ހެދުމަށް ޑޮކްޓަރުން އަންގާފައިވާ އިރު، މިހާތަނަށް އެ ސްކްރީނިން ހެދުމުގެ ފުރުސަތު ވެސް އަދީބަށް ދީފައެއް ނުވެއެވެ.

އަދީބާއި މެދު ޖަލުގައި އެތައް ތަފާތުކުރުންތަކެއް ގެންގުޅޭކަމުގެ ތުހުމަތު ކުރެވޭ އިރު، ނާ އިންސާފުން ޖަލަށް ލެވި ޖަލުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު މިނިވަންވެ، މިއަދު ސަރުކާރުގައި ތިއްބެވި އިސް ވެރިން ވަނީ އެކި ތަންތާނގައި އަދީބަކީ ސިޔާސީ ފަރާތްތަކުގެ ތެރެއިން ޖަލުގައި އެންމެ ބޮޑު އަނިޔާ އެއް ލިބެމުންދާ ފަރާތް ކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި

02 ފެބުރުއަރީ 2017
ރިޔާސީ ކެންޑިޑޭޓް ކަމަށް ރައީސް ނަޝީދު ކުރިމަތިލެއްވުމަށް ގައުމީ މަޖިލީހުން ލަފާދީފި
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް