Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހޭވި ހަޑި ސާފު ކުރަންޖެހުނީވެސް ހަމަ އެ މީހުންނަށް!

ޤާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލްކުރުމަށްވެސް ހުށަހެޅީ ޕީޕީއެމްގެ މެމްބަރުން

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 27 ނޮވެމްބަރު 2018 | އަންގާރަ 14:26
ޕީޕީއެމުން ބޭއްވި އެއްވުމެއްގައި އަބްދުﷲ ޔާމީނާއެކު އެމަނިކުފާނުގެ ބައެއް އިސް ބޭފުޅުން

ޕީޕީއެމުން ބޭއްވި އެއްވުމެއްގައި އަބްދުﷲ ޔާމީނާއެކު އެމަނިކުފާނުގެ ބައެއް އިސް ބޭފުޅުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ތެރޭގައި ހިންގި ޒަރީމާތަކުގެ ވާހަކައަކީ އައު ވާހަކަތަކެއް ނޫނެވެ. ޤާނޫނު އަސާސީ އެފުށްމިފުށަށް ޖަހައި، ޤާނޫނުތަކަށް ހިތުހިރުގޮތަކަށް ބަދަލު ގެނެސް، ސިޔާސީ މީހުންނާއި، އާންމު ރައްޔިތުން ހައްޔަރުކޮށް، ޖަލަށްލައި އަނިޔާކޮށް ހެދީ އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައެވެ. އެމަނިކުފާނަށް ވާގިވެރި މަދު ބަޔެއްގެ އެހީތެރިކަމާއެކުގަ އެވެ.

ހައްދުފަހަނަ އަޅަފައިވާ އަނިޔާވެރިކަމާއި، ހިންގަމުން ދިޔަ ހަޑިހުތުރު އަމަލުތަކާއެކު ރިޔާސީ އިންތިހާބުގައި އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ ގިނައިންވެވަޑައިގަންނަވަންޖެހުނު ވައުދަކަށްވީ އަނިޔާވެރިކޮށް، ހައްޔަރުކޮށްފައިވާ މީހުންނަށް އިންސާފު ހޯދައިދެއްވާނެކަމުގެ ވައުދު އެވެ. ސިޔާސީ މީހުން މިނިވަންކުރައްވާނެކަމުގެ ވައުދާއި، އަމިއްލަ މަންފާއާއި ފައިދާއަށްޓަކައި، ޤާނޫނު އަސާސީއަށާއި ޤާނޫނުތަކަށް ގެނެސްފައިވާ އިސްލާހުތައް ބާތިިލްކުރައްވާނެކަމުގެ ވައުދު އެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަންކަން އިސްލާހުކޮށް، ހަމަމަަގަށް ގައުމު އަޅުއްވާނެކަމަށް އޭރުގައި އިބްރާހިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގަންނަވަމުންގެންދެވި އެވެ.

ގިނަ ބަޔަކު ހީކޮށްގެންވެސް ތިބީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، އެ ކަންތައްތައް އިސްލާހުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގިނަ ކަންތައްތަކެއް ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ކަންވެގެންދިޔައީ ހީކުރިގޮތާއި މުޅި ދިމާ އިދިކޮޅަށެވެ.

އިންތިހާބު ނަތީޖާއާއެކު ހިންގި ޒަރީމާތައް ރަނގަޅުކުރުމަށް ފޫގަޅާލިތަން ފެނުނީ އެ ޒަރީމާތައް ހިންގި ފަރާތްތަކެވެ. ކޯޓުތަކަށް ވަޑައިގެން ޕީޖީގެ ވަކީލުންތައް ތިމަންމެންނަށް ގޯސްތައް ހެދުނުކަމަށް އިއުތިރާފްވެ، މައްސަލަތަށް ބާތިލްކުރުމަށް އާދޭސް ކުރަމުންގެންދިޔައިރު، ކޯޓުތަކުގައި ތިއްބެ ފަނޑިޔާރުންނަށްވެސް ނިމުނު 5 އަހަރު ނުފެނުނު އެތަށް ކަމެއް ކުއްލިއަކަށް ފެނިވަޑައިގެން މައްސަލަތައް ބަތިލްކޮށް، ހުކުމްތައް އިއްވަމުން ގެނދެވި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މަޤާމުގެ ހުވާ ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަރާތުންވެސް ފެނުނީ ހަމަ އެއް މަންޒަަރެކެވެ. ސިޔާސީ ބޭފުޅުންގެ މައްޗަށް އިއްވި ބޭއިންސާފު ހުކުމްތައް އިސްތިއުނާފަށް ހުށަހެޅުއްވުމުން އެ މައްސަލަތައް ބޭރުކޮށް، މައްސަލަތަކުގައި އެ ބޭފުޅުންނާއި ދެކޮޅަށް ހުކުމްތައް ނެރުއްވަމުންގެންދެވުމަށްފަހު، އިންތިިހާބުގެ ނަތީޖާއާއެކު އަލުން އެ މައްސަލަތައް ރިވިއުކުުރައްވައި، ހުކުމްތައް ގެންދެވީ ކުރައްވަމުންނެވެ. އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެއް، އަދިކިޔެއްތަ އެމަނިކުފާނުގެ އަރިހުގައި މަސައްކަތްކުރައްވާ އެންމެ ބޭފުޅަކުވެސް މަސައްކަތެއް ކުރައްވާކަށް ޖެހިިވަޑައިގެންފައެއް ނުވެ އެވެ.

ހެދި ގޯސްތައް، އިސްލާހްކޮށް، މޫނުމަތި ރީތިކުރަން ފެށީ އެ މީހުން އެ މީހުންނަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޕީޕީއެމްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެން -- ފޮޓޯ: މަޖިލީސް އިދާރާ

ކޯޓުތަކޭ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ފެނުނީ ހަމަ އެއް މަންްޒަރެކެވެ. 5 އަހަރުވަންދެން ރައްޔިތުންގެ އަތްފައިގައި ކަސްތޮޅު އަޅުވައި، އަބްދުﷲ ޔާމީން ބޭނުން ގޮތަކަށް ޤާނޫނުތައް ފާސްކޮށްދެއްވުމުގައި އަވަދިނެތި އުޅުއްވީ ޕީޕީއެމްގެ މެމްބަރުން ކޮޅު އެވެ. ޤާނޫނުތަށް ކިޔެއްތަ، ޤާނޫނު އަސާސީވެސް އަބްދުﷲ ޔާމީނަށްޓަކައި ބަދަލުކޮށްދެއްވީ ހަމަ އެ މެމްބަރުން ކޮޅު އެވެ. އެކަންތައްތައް ދިފާއުކޮށް، ޕޯޑިއަމްތަކާއި ޓީވީ ޕްރޮގްރާމްތަކުގގައި ސަނާ ކިޔުއްވަމުންގެންދެވީވެސް އެ މެމްބަރުންނެވެ.

މިއަދު ޕީޕީއެމްގެ އެ މެމްބަރުންވެސް ފޫގަޅާލާފައި ތިބީ ޤާނޫނު އަސާސީއަށާއި، ޤާނޫނުތަކަށް އެ ގެނައި އިސްލާހުތައް ބާތިލްކުުރުމަށެވެ. 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭގޮތަށް ޤާނޫނު އަސާސީއަށް ގެނެވުނު ފުރަތަމަ އިސްލާހު ބަތިލްކުރުމަށް ޕީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ހުށަހެޅުއްވިއިރު، ބިން މިލްކުކުރެވޭގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ހުށަހެޅީ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު އެވެ.

ރައްޔިތުންގެ ދުލާއ އަތުގައި ކަސްތޮޅު އެޅުވި ޤާނޫނުތައް ބާތިލްކޮށް، ޤާނޫނުތައް އިސްލާހުކުރަމުންގެންދަނީވެސް ހަމަ އެ މެމްބަރުންނެވެ. އަމިއްލައަށް ހޭވި ހަޑިތައް ސާފުކުރަމުންގެންްދަނީ ހަމަ އެ ބޭފުޅުން އަމިއްލައަށެވެ. ފެންނަން އޮތް ހަޤީޤަތަކީ އެއީ އެެވެ.

ކިތަންމެވަރަކަށް ހެއްދެވި ހަޑިތައް ސާފުކުރައްވަން މަސައްކަތްކުރައްވައި، މޫނު މަތި ސާފުކުރަން މަސައްކަތްކުރެއްވިނަމަވެސް ރައްޔިތުން ވިސްނުމުގައި ބަހައްޓަންޖެހޭ ކަމެއްވެ އެވެ. ހަނދާނުން ދޫކޮށް ނުލާންވީ ކަމަކީ ހުރިހާ ކަމެއްގެ އަސްލަކީ އެ ބޭފުޅުންކަަމެވެ. އެ ފަނޑިޔާރުންނާއި އެ ވަކީލުންތައްކަމެވެ. އެ މެމްބަރުންނާއި އެ މެމްބަރުން އަބްދުﷲ ޔާމީން ކުރެއްވި ކަންތައްތަކަށް ދެއްވި އެއްބާރުލުންކަމެވެ. މުޅި ނިޒާމް ފުނޑުފުނޑުކޮށްލާ، ރައްޔިތުން އަޅުވެތިކުރުމަށް ފުރުސަތު ދެއްވި އަސްލު ބޭފުޅުންނަކީ އެއީ ކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

ތިޔަ ހުރި ގަޓެއްގެ ހަފުށް ނިކަން ސާފުކޮށް ފެނިއްޖެ

29 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު