Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހީނާ ޙާން

ހީނާ ޚާން ދެން ފެންނާނީ ބޮލީވުޑްގެ ފިލްމަކުން

ފިލްމުގެ ނަން ހާމަކޮށްފައި އެއްނުވޭ

އަލީ ސަމާޚް
އަލީ ސަމާޚް | 27 ނޮވެމްބަރު 2018 | އަންގާރަ 17:27
ހީނާ ޙާން

ހީނާ ޙާން

ޔޭރިޝްތާ ކިޔާ ކެހެލާތާގެ އަކްޝަރާގެ ރޯލުން އާންމުންގެ ތެރެއަށް މަޝްހޫރުވެގެން ދިޔަ ހީނާ ހާން ބޮލީވުޑްގެ ފިލްމަކުން ވަރަށް އަވަހަށް ފެނިގެންދާނެކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކޮށްފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހީނާ ހާންގެ ފިލްމުގެ ޝޫޓިން ވަރަހަށް އަވަހަށް ފަށާނެކަމަށާއި އޭނާ ފެނިގެން ދާނީ އިންޑިޕެންޑެންޓް އަންހެނެއްގެ ރޯލުން ކަމަށެވެ.

މި ފިލްމުގެ ސެޓް ހަދާފައި ވަނީ 90 ގެ އަހަރުތަކުގައި ކަޝްމީރު ހުރިގޮތަށެވެ. ފިލްމަށް ކިޔާނެ ނަމެއް އަދި މިހާތަނަށް ފިލްމު އުފެއްދި ފަރާތުން ބުނެފައި ނުވާއިރު މި ފިލްމު ލިޔެފައި ވަނީ ރާހަތް ކަޒްމީ އާއި ޝަކްތީ ސިންގް އެވެ. ފިލްމުގެ ޑައިރެކްޓަރަކީ ހުސެއިން ހާންއެވެ. ކުރީގެ މަޝްހޫރު އެކްޓްރެސް ފަރީދާ ޖަލާލް މި ފިލްމުގައި ފެނިގެން ދަނީ ހީނާ ހާންގެ މާމަގެ ރޯލުންނެވެ.

ފިލްމާއި ބެހޭ ގޮތުން އިންޑީއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ހީނާ ބުނީ މި ފިލްމުގެ ވާހަކައިގެ އިތުރުން ފިލްމުގެ ސެޓާއި މެދު އޭނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައި ކަމަށާއި މި ފަދަ ޗެލެންޖަކަށް އޭނާ ތައްޔާރަށް ހުރި ކަމަށެވެ.

ހީނާ މިހާރު ކުޅެމުންދާ ސީރީސް ކަސައުޓީ ޒިންދަގީ އިން ކުރިޔަށް އޮތްތަނުގައި ފެނިގެން ދާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ ކަސައުޓީ ފެށުމުގެ ކުރިން ވެސް އެ ސީރީޒްގެ ޕޮރްޑިއުސަރުންނަށް އޭނާ ފިލްމެއް ކުޅެން ފުރުސަތު ލިބިފައިވާކަން އަންގާފައިވާނެ ކަމަށެވެ. ފިލްމު ޝޫޓިންގ ނިމޭ އިރަށް ކަސައުޓީ އިން އޭނާ ފެނިގެންދާނޭ ކަމުގެ ޔަގީންކަން ހީނާވަނީ އޭނާގެ ފޭނުންނަށް ދީފައިއެވެ. އިންޑިއާގެ ޓެލެވިޒަން އިންޑަސްޓްރީގައި އެކްޓްރެސްގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބޭ ހީނާ ހާން އެންމެ ފުރަތަމަ މުނިފޫހިފިލުވުމުގެ ދާއިރާ އަށް ނިކުތީ 2009 ނުވަ އަހަރު ޔޭރިޝްތާ ކިޔާ ކެހެލާއޭ އިންނެވެ. މި ސީރީޒް އިން އޭނާވަނީ ގިނަ އެވޯޑްތަކެއް ހޯދާފައި އެވެ.

އިތުރަށް ކިޔާލަން

01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
28 ފެބުރުއަރީ 2017

އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!

28 ފެބުރުއަރީ 2017
އިރްފާން ޚާންގެ ދަރިފުޅު ބޮލީވުޑަށް!
24 ފެބުރުއަރީ 2017

"ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ

24 ފެބުރުއަރީ 2017
 "ޑަންގަލް"ގެ ކާމިޔަބަށްފަހު އާމިރު ޚާން "ތަގްސް އޮފް ހިންދުސްތާން" އާ އެކު ނިކުންނަނީ
22 ފެބުރުއަރީ 2017

ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!

22 ފެބުރުއަރީ 2017
ދުނިޔޭގެ އެންމެ ފަލަމީހާ: ސަލްމާން ޚާންގެ ވަރަށް ބޮޑު ފޭނެއް!
20 ފެބުރުއަރީ 2017

ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!

20 ފެބުރުއަރީ 2017
ސައިފްގެ ދަރިފުޅު ސާރާ ބޮލީވުޑަށް ނިކުންނާނީ ކަރަންގެ ފިލްމަކުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު