Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެންޑަރ މިނިސްޓްރީ

އަންހެނުންނަށް ކުރާ އަނިޔާތައް މަދުކުރެވޭނީ އެމައްސަލަތަކަށް އިންސާފު ހޯދައިދީގެން: މިނިސްޓަރ ޝިދާތާ

25 ނޮވެމްބަރު 2018 | އާދީއްތަ 14:29

މައްސަލަތަކުގެ ޕަސެންޓް މަދުކުރުމަށްވުރެ މައްސަލަތަކަށް އިންސާފު ހޯދަ ދިނުމަށް މަސައްކަތް ކުރާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 25 ނޮވެމްބަރު 2018 | އާދީއްތަ 14:29
ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް

ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް

އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވޭނީ އެމައްސަލަތަކަށް އިންސާފު ހޯދައިގެންކަމަށާއި އެކަމަށް ސަރުކާރުގެ ވުޒާރާތަކުގެ އެއްބާރުލުން ބޭނުންވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެެވެ.

އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ފާހަގަކުރާ ދުވަހާއި ގުޅިގެން ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރ ޝިދާތާ ވިދާޅުވީ މިއަހަރު މިހާތަނަށް އެމިނިސްޓްރީއަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން 60 ޕަސެންޓަކީ އަންހެނުންނާއި އަންހެން ކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ކަމަށެވެ. އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށާއި އެމައްސަލަތަކަށް އިންސާފު ހޯދައިދޭން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement
" ހަގީގަތުގައި އެމައްސަލަތަކުގެ ޕަސެންޓް މަދުކުރުމަށްވުރެން އަޅުގަނޑަށް ހީވަނީ މީގަ ޕޮއިންޓަކީ އެ ހުށަހެޅޭ މައްސަލަތަކަށް އިންސާފު ހޯދަ ދިނުންހެން. އަދި ރައްޔިތުންގެ މެދުގައި މިދޭ ޚިދުމަތުގެ ޔަގީންކަން އިތުރުވެ ދިނުންހެން. އަޅުގަނޑު ގަބޫލުކުރާގޮތުގައި މިވަގުތު އަދި އާންމުންގެ ވިސްނުމަށް ބަލާއިރު އެންމެ އެދެވޭ ޔަގީންކަމެއް މިދެވޭ ޚިދުމަތެއްގައެއް ނެތް. އެހެންވީމަ އެ ޚިދުމަތްތައް ޔަގީން ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަށް ޔަގީން ކުރަން ޖެހޭ،" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި މަސައްކަތްތައް ކުރާނީ ހަމައެކަނި އެމިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ނޫންކަމަށާއި އެމައްސަލަތައް ހުށަހެޅުމުގެ ކުރީގައި ދިމާވާ ކަންތައްތަކަށް އެމިނިސްޓްރީގެ ސަމާލުކަމަށް ގެނެސްގެންކަމަށެވެ. އަދި އެންމެ އެކަށީގެންވާ މަސައްކަތްތަކެއް އެމިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތަކަށް ކުރީގެ ސަރުކާރުން ކުރަންޖެހޭ މަސައްކަތްތަކެއް ކޮށްފައި ނުވާކަމަށް ޝިދާތާ ވިދާޅުވިއެވެ. އެހެންކަމުން އެމިނިސްޓްރީގެ މަސައްކަތްތަކުގެ ތެރޭގައި އެކަންތައްތަކަށް ބަދަލު ގެންނާނެކަމަށް ޝިދާތާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ

06 މާރިޗު 2017
އިލެކްޝަން ކޮމިޝަނުން ނާއިންސާފުން ކުރާކަންކަން ހާމަކުރާނީ އިއްތިހާދުން: ޝިފާ
27 ފެބުރުއަރީ 2017

ޒަރީރުގެ މައްޗަށް ހިންގީ ބޭއިންސާފު ޝަރީއަތެއް: ރައީސް ނަޝީދު

27 ފެބުރުއަރީ 2017
ޒަރީރުގެ މައްޗަށް ހިންގީ ބޭއިންސާފު ޝަރީއަތެއް: ރައީސް ނަޝީދު
23 ފެބުރުއަރީ 2017

ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް

23 ފެބުރުއަރީ 2017
ލަންކާގައި ދޭ ޕްރޮފެޝަނަލް އެވޯޑަކަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި އަންހެނުންނަށް
23 ފެބުރުއަރީ 2017

ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ

23 ފެބުރުއަރީ 2017
ޝަރުއީ ދާއިރާ އިންތިހާ އަށް ސިޔާސީވެފައި، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގެއް ނެތް: އެމްނެސްޓީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް