Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރޮބާޓް މުގާބޭ

މުގާބޭގެ ހާލުކޮޅު ދެރަވެ، ހިނގާބިނގާވެ ނޫޅުއްވޭ

25 ނޮވެމްބަރު 2018 | އާދީއްތަ 13:24

މުގާބޭ ފަރުވާ ހޯއްދަވަނީ ސިންގަޕޫރުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 25 ނޮވެމްބަރު 2018 | އާދީއްތަ 13:24
ރައީސް މުގާބޭ ވެރިކަމުގެ ފަހުކޮޅު މީޑިއާއާ ބައްދަލުކުރައްވަނީ

ރައީސް މުގާބޭ ވެރިކަމުގެ ފަހުކޮޅު މީޑިއާއާ ބައްދަލުކުރައްވަނީ

އުމުރުފުޅުން 94 އަހަރުގެ ރޮބަރޓް މުގާބޭގެ އާލާސްކަންފުޅާ ގުޅިގެން މިހާރު ހިންގަވާ ނޫޅުއްވޭ ކަމަށް އެ ގައުމުގެ ރައީސް އެމަރސަން ނަންގަގްވާ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ ދެމަސް ދުވަހު މުގާބޭ އުޅުއްވީ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރުގައި ކަމަށެވެ. ނަމަވެސް އާލާސްކަންފުޅުގެ ބާވަތެއް ހާމައެއް ނުކުރައްވައެވެ.

ރައީސް މުގާބޭގެ ސިއްހީ ހާލުކޮޅާ ބެހޭގޮތުން ނަންގަގްވާ ވާހަކަ ދައްކަވާފައި ވަނީ މުގާބޭގެ އުފަން އަވަށުގައި ބޭއްވެވި އެއްވުމެއްގައި ވާހަކަދައްކަވަމުންނެވެ.

"އެމަނިކުފާނުން ހުންނެވީ ދުވަސްވެފައި. ތެދެއް މިއަދު އެ މަނިކުފާނަށް ހިނގާބިނގާވެ ނޫޅުއްވޭ. ނަމަވެސް އެ މަނިކުފާނު އެދިވަޑައިގެންނެވި ކޮންމެ ކަމެއް ކޮށްދޭނަން،" ނަންގަގްވާ ވިދާޅުވި ކަމަށް އޭއެފްޕީ ރިޕޯޓްކޮށްފައިވެއެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ވެރިކަމުގައި ހުންނެވިއިރު މުގާބޭވަނީ ލޮލުގެ ފަރުވާ ހޯއްދަވާފައެވެ. ނަމަވެސް ކެންސަރު ބަލި ކަމަށް ފެތުުރުނު ވާހަކަތައް ވަނީ ދޮގުކޮށްފައެވެ.

ހިނގާ ބިނގާވެ ނޫޅުއްވުނަސް މުގާބޭގެ ހާލު އާދައިގެ ގޮތެއްގައި ރަނގަޅު ކަމަށާއި އަންނަ ހަފްތާގައި ގައުމަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ނަންގަގްވާ ވިދާޅުވިއެވެ.

މުގާބޭވަނީ ވެރިކަން ނިމުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ވެސް ސިއްހީ ފަރުވާ ހޯއްދެވުމަށް އެތައް ދަތުރުތަކެއް ކުރައްވާފައެވެ. މުގާބޭގެ ބޭސްފަރުވާއަށް ޚަރަދު ކުރަނީ ދައުލަތުންނެވެ.

ނަންގަގްވާ ވެރިކަމަށް ވަޑައިގެންފައި ވަނީ އަސްކަރިއްޔާ މެދުވެރިވެގެން މީގެ އަހަރެއް ކުރިން ރައީސް މުގާބޭ ވެރިކަމުން ދުރުކުރުމަށްފަހުއެވެ.

އެހާތަަނާ ޖެހެންދެން އެ ގައުމުގެ ރައީސްކަން އޭގެ 37 އަހަރުކުރިން ފެށިގެން ކުރައްވަމުން ގެންދެވި ހަމައެކަނި ބޭފުޅަކީ މުގާބޭއެވެ. މުގާބޭ ވެރިކަމަށް ވަޑައިގެންނެވީ ބައިމަދު ދޮން ނަސްލުގެ މީހުންގެ އަތުން މިނިވަންކަން ހޯދުމަށް ހިންގުނު ހަރަކާތުގެ ލީޑަރެއްގެ ގޮތުގައި ހުންނެވުމަށްފަހުއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2017

ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ކެބިނެޓް އުވާލައިފި

28 ނޮވެމްބަރު 2017
ޒިމްބާބްވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ކެބިނެޓް އުވާލައިފި
20 ނޮވެމްބަރު 2017

މުގާބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ ކުރިއަށް: ޒާނޫ-ޕީއެފް

20 ނޮވެމްބަރު 2017
މުގާބޭގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ ކުރިއަށް: ޒާނޫ-ޕީއެފް
18 ނޮވެމްބަރު 2017

މުގާބޭގެ ބާރު ނިމުނުކަމުގެ އުފާ ފާޅުކުރަން ފަށައިފި

18 ނޮވެމްބަރު 2017
މުގާބޭގެ ބާރު ނިމުނުކަމުގެ އުފާ ފާޅުކުރަން ފަށައިފި
16 ނޮވެމްބަރު 2017

ޒިމްބާބްވޭގެ މަސްރަހު: "ބަޣާވާތަށް" ފަހު ފުރަތަމަ ފަހަރަށް މުގާބޭގެ ފޮޓޯފުޅުތަކެއް އާންމުކޮށްފި

16 ނޮވެމްބަރު 2017
ޒިމްބާބްވޭގެ މަސްރަހު: "ބަޣާވާތަށް" ފަހު ފުރަތަމަ ފަހަރަށް މުގާބޭގެ ފޮޓޯފުޅުތަކެއް އާންމުކޮށްފި
15 ނޮވެމްބަރު 2017

މިއީ ބަޣާވާތެއް ނޫން، މިއުޅެނީ މުގާބޭގެ އަރިހުގައި ތިބި މުޖިރިމުން ހައްޔަރުކުރަން: ޒިމްބާބްވޭގެ އަސްކަރިއްޔާ

15 ނޮވެމްބަރު 2017
މިއީ ބަޣާވާތެއް ނޫން، މިއުޅެނީ މުގާބޭގެ އަރިހުގައި ތިބި މުޖިރިމުން ހައްޔަރުކުރަން: ޒިމްބާބްވޭގެ އަސްކަރިއްޔާ
06 ނޮވެމްބަރު 2017

އަނބިކަނބަލުންގެ ޕްރެޝަރާ ހެދި، މުގާބޭގެ ނައިބު ރައީސް ވަކިކުރައްވައިފި

06 ނޮވެމްބަރު 2017
އަނބިކަނބަލުންގެ ޕްރެޝަރާ ހެދި، މުގާބޭގެ ނައިބު ރައީސް ވަކިކުރައްވައިފި
08 އޮކްޓޯބަރު 2017

މުގާބޭގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަނީ

08 އޮކްޓޯބަރު 2017
މުގާބޭގެ ކެބިނެޓަށް ބަދަލުތަކެއް ގެންނަނީ
21 އޯގަސްޓު 2017

ޑިޕްލޮމެޓިކް އިމްތިޔާޒް ތަކާއެކު މުގާބޭގެ އަނބިކަނބަލުން ގައުމަށް ވަޑައިގެންފި

21 އޯގަސްޓު 2017
ޑިޕްލޮމެޓިކް އިމްތިޔާޒް ތަކާއެކު މުގާބޭގެ އަނބިކަނބަލުން ގައުމަށް ވަޑައިގެންފި
17 އޯގަސްޓު 2017

އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!

17 އޯގަސްޓު 2017
 އަންހެނަކަށް ހަމަލާ ދިން ކަމުގެ ތުހުމަތު ކުރެވިފައި ވަނިކޮށް މުގާބޭގެ އަނބިކަނބަލުން އެނބުރި ގައުމަށް!
27 ފެބުރުއަރީ 2017

މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

27 ފެބުރުއަރީ 2017
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް