Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ

މުގާބޭގެ ބާރު ނިމުނުކަމުގެ އުފާ ފާޅުކުރަން ފަށައިފި

އަސްކަރިއްޔާއިން ދަނީ އެއްވުމަށް ތާއީދުކުރަމުން

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 18 ނޮވެމްބަރު 2017 | ހޮނިހިރު 10:48

ޒިމްބާބުވޭގެ ރައީސްކަމުގެ މަގާމުން ރޮބަރޓް މުގާބޭގެ ބާރުތައް ނިމުމަކަށް އަތުވެއްޖެ ކަމަށް ބުނެ އެ ގައުމުގެ އެކި ކަންކޮޅުގައި އުފާފާޅުކުރަން ފަށައިފިއެވެ.

ޒިމްބާބުވޭގެ ހަރޭރޭގެ މަގުތަކަށް އެންމެ ފުރަތަމަ މީހުން ޖަމާވާން ފެށީ މުގާބޭ އިސްތިއުފާދެއްވުމަށް ގޮވާލައެވެ. ބީބީސީގެ މުރާސިލު ބުނީ މުޒާހަރާއަށް ނުކުތް ފަރާތްތަކުން ވަނީ ސިފައިންނާ ސަލާމްކޮށް، ބައްދައި އުފާފާޅުކޮށްފައިވާ ކަމަށެވެ.

ބީބީސީގައި ވާހަކަދެއްކި ފިރެހެނަކު ވަނީ މިއަދަކީ "އާ ފެށުމެއް" ކަމަށް ބުނެފައެވެ.

މި އެއްވުމަށް އަސްކަރިއްޔާ އާއި ވެރިކަންކުރާ ޒަނޫ ޕީއެފް ޕާޓީން ވެސް ވަނީ ތާއީދުކޮށްފައެވެ.

ޒިމްބާބުވޭގެ މިނިވަން ކަމަށް ހަނގުރާމަކުރި ކުރީގެ ސިފައިންގެ ތެރެއިން މިދިޔަ އަހަރާ ހަމައަށް މުގާބޭއަށް ވަފާތެރިކަންމަތީ ތިބި ސިފައިން ވެސް ގެންދަނީ މުގާބޭ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ބުނަމުންނެވެ.

އެއްވެފައިވާ މީހުން ގެންދަނީ އަސްކަރިއްޔާއިން ސުލްހަވެރި ގޮތަކަށް މައްސަލައިގެ ތެރެއަށް ވަދެފައި ވާތީ ޝުކުރު އަދާކުރާ ކަމަށް ގޮވަމުންނެވެ.

ވެރިކަންކުރާ ޒަނޫ ޕީއެފް ޕާޓީގެ 10 ގޮފީގެ ތެރެއިން މަދުވެގެން އަށް ގޮތްޕަކުން ހުކުރު ދުވަހު ވަނީ މުގާބޭ ރައީސްކަމުގެ މަގާމުންނާއި ޕާޓީގެ ސެކްރެޓަރީގެ މަގާމުން އިސްތިއުފާދެއްވުމަ ށްގޮވާލާފައެވެ.

އާއްމުކޮށް ނުފެންނަ ފަދަ ގޮތަކަށް ބްރޯޑްކާސްޓްކޮށްފައިވާ މި ބައްދަލުވުމުގައި އެތައް ސަރަހައްދެއްގެ ލީޑަރުން ދައުލަތުގެ ޓީވީގައި ވަނީ މުގާބޭ އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެ ފަރާތްތަކުން ވަނީ މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ޕާޓީން އިސްތިއުފާދެއްވައި ޕާޓީގެ ސެންޓްރަލް ކޮމިޓީއަށް ދާދި ފަހުން ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރެއްވި އެމަސަން ނަންގަގްވާ ހަމަޖެއްސެވުމަށް ގޮވާލާފައެވެ. ނަންގަގްވާ ކުރިން ހުންނެވީ އެ މަގާމުގައެވެ.

ވެރިކަން ކުރާ ޕާޓީން މުޒާހަރާއަށް ތާއީދުކޮށްފައިވާއިރު އަސްކަރިއްޔާއިން ހުކުރުދުވަހު ނެރުނު ބަޔާނެއްގައި ޒިމްބާބްވޭ ޑިފެންސް ފޯސްއިން ބުނެފައި ވަނީ އެ ހިނގާލުމަކީ އެއްބައިވަންތަކަމުގެ ހިނގާލުމެއް ކަމަށެވެ. މީގެ އިތުރުން އަސްކަރިއްޔާއިން ވަނީ ހަމަނުޖެހުން ނުއުފެއްދުމަށާއި ރުޅިވެރިކަން އުފެދޭ ފަދަ ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފައެވެ.

ރައީސް މުގާބޭ މިދިޔަ ބުދަދުވަހުން ފެށިގެން ހުންނަވަނީ އަސްކަރިއްޔާގެ ބެލުމުގެ ދަށުން ގޭ ބަންދުގައެވެ.

އިތުރަށް ކިޔާލަން

21 މާރިޗު 2017

އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް

21 މާރިޗު 2017
 އެންމެ އުފާވެރި ގައުމު، ޑެންމާކު ވައްޓާލުމަށްފަހު ނޯވޭއަށް
20 މާރިޗު 2017

އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި

20 މާރިޗު 2017
އޫބާގެ ރައީސް އިސްތިއުފާ ދެއްވައިފި
04 މާރިޗު 2017

ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި

04 މާރިޗު 2017
ފްރާންސްގެ ރިޔާސީ ކެންޑިޑޭޓް ފިއޮން ގެ ކެމްޕެއިން މެނޭޖަރު އިސްތިއުފާ ދެއްވައިފި
27 ފެބުރުއަރީ 2017

މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި

27 ފެބުރުއަރީ 2017
މުގާބޭގެ 93 ވަނަ އުފަންދުވަސް ފާހަގަކޮށްފި
25 ފެބުރުއަރީ 2017

އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ

25 ފެބުރުއަރީ 2017
އަޒާރިއާގެ އަދަބު މާ ކުޑަ، އިސްރާއީލުގެ ޝަރުޢީ ނިޒާމަށް އޮތް އިތުބާރު ކުޑަވެއްޖެ: އދ
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
07 ފެބުރުއަރީ 2017

އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

07 ފެބުރުއަރީ 2017
އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
27 ޖެނުއަރީ 2017

ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި

27 ޖެނުއަރީ 2017
ސްޓޭޓް ޑިޕާޓްމަންޓްގެ އިސް އޮފިޝަލުން އިސްތިއުފާ ދީފި
25 ޖެނުއަރީ 2017

މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!

25 ޖެނުއަރީ 2017
މޮރިޝަސްގެ ބޮޑު ވަޒީރު އިސްތިއުފާ ދެއްވައި ބާރުތައް ދަރިކަލުންނަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު