Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޯލިޝަން އެއްބަސްވުން

ކޯލިޝަން އެއްބަސްވުމުގައި ރައީސް މައުމޫން އަދިވެސް ސޮއި ނުކުރައްވާ

ޖަލުން މިނިވަންވެ ވަޑައިގެންނެވި ތާ ދޮޅު މަސް ދުވަސް

ޙުސައިން ޙަސަން
ޙުސައިން ޙަސަން, ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2018 | އާދީއްތަ 14:08
ރައީސް މައުމޫން: ކޯލިޝަން އެއްބަސްވުމުގައި ސޮއި ނުކުރައްވާ

ރައީސް މައުމޫން: ކޯލިޝަން އެއްބަސްވުމުގައި ސޮއި ނުކުރައްވާ

ކޯލިޝަން ރޫޅޭނެ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމިއޮތުމާ ގުޅޭ ގޮތުން ލީޑަރުން އެއްބަސްވެފައިވާ ކަންތައްތައް ހިމެނޭ ކޯލިޝަންގެ އެއްބަސްވުމުގައި ރައީސް މައުމޫން އަދިވެސް ސޮއި ނުކުރައްވައެވެ.

އެއް ޕާޓީއަށް ވުރެ ގިނަ ޕާޓީ ހިމެނޭ ގޮތަށް އުފައްދާފައިވާ އެއްބައިވަންތަކަމުގެ ސަރުކާރު، ވެރިކަމަށް ގެނައުމާ ގުޅޭ އެއްބަސްވުމުގައި ރައީސް މައުމޫން ފިޔަވައި، އިދިކޮޅު ތިން ލީޑަރުން ވަނީ ސޮއި ކުރައްވާފައެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވަނީ ރައީސް ސޯލިހު ހުވާ ކުރެއްވުމުގެ ކުރިން، އެއްބަސްވުމުގައި ސޮއި ކުރައްވާފައެވެ.

ރައީސް މައުމޫން ޖަލުން މިނިވަންވިތާ ދޮޅު މަސް ދުވަސް ފާއިތުވެގެންދިޔަ އިރުވެސް ކޯލިޝަން އެއްބަސްވުމުގައި އެމަނިކުފާނު ސޮއި ނުކުރައްވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

އެމަނިކުފާނުގެ އަރިސް ބޭފުޅަކު ކުރިން ވިދާޅުވެފައި ވަނީ، ކޯލިޝަން އެއްބަސްވުމުގައި ރައީސް މައުމޫނަށް ސޮއި ނުކުރެވުނީ އެމަނިކުފާނު ޖަލުގައި ހުންނެވުމުން ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައި ވަނީ ކޯލިޝަން ރޫޅޭނެ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމި އޮތުމާއި ނެތުން އަދި ކޯލިޝަން ދިމާވާ އެހެނިހެން މައްސަލަތައް ހައްލު ކުރާނެ ގޮތްތައް ބަޔާން ކުރާ އެއްބަސްވުމެއްގައި ހަތަރު ލީޑަރުން ސޮއި ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ކޯލިޝަންގެ ސަރުކާރަށް ލިބޭތާ 30 ދުވަހުގެ ތެރޭގައި އެ އެއްބަސްވުން މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭނެ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައިވެއެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއެކު މަޖިލީހުގެ އަޣުލަބިއްޔަތު ގުޅިފައިވާ ޕާޓީތަކަށް ވަނީ ލިބިފައެވެ. މަޖިލީހުގެ އަޣުލަބިއްޔަތު ގުޅިފައިވާ ޕާޓީތަކަށް ލިބުނީ މިދިޔަ މަހުގެ 29ގައެވެ. ސަރުކާރު ހިންގާ ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިފައިވާތާ 26 ދުވަސްވީއިރު، ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ބުނެފައިވާ އެއްބަސްވުން މަޖިލީހަށް ހުށަހަޅާފަ އެއް ނުވެއެވެ.

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވައުދުވެ ވަޑައިގެންފައި ވަނީ ކޯލިޝަން ސަރުކާރަށް ގާނޫނީ ހައިސިއްޔަތު ދޭނެ ކަމަށާއި އެކަން ކުރުމަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށެވެ. ގާނޫނުއަސާސީ އިސްލާހު ކުރެވޭ ވަރަށް މަޖިލީހުގެ މެޖޯރިޓީ ގުޅިފައިވާ ޕާޓީތަކަށް ލިބެންދެން، ގާނޫނަކުން ކޯލިޝަން ގާނޫނީ ބާރު ދެއްވާނެ ކަމަށް ރައީސް ސޯލިހު ވައުދުވެ ވަޑައިގެންފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 އެޕްރީލު
ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް
20251 އަހަރު ކުރިން
ރާއްޖެ

ދެމަފިރިއަކު ނުކުމެ އަމިއްލަ އެދުމަށް ދަރިފުޅު ގުރުބާންކޮށްފި، މިއަދު އެމްޑީޕީ އަށް މި އޮތީ ބެލެނިވެރިއަކަށް ވާންޖެހިފައި - ފައްޔާޒް

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުށި ދެކުނު ދާއިރާގެ ޕީޕީއެމްގެ ރައީސް އެ ދައިރާގެ އެމްޑީޕީގެ ކެނޑިޑޭޓް އަލީ ވަހީދު އެންޑޯސްކޮށްފި

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"
20233 އަހަރު ކުރިން
ކުޅިވަރު

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް
20224 އަހަރު ކުރިން
ރާއްޖެ

ކުޅަދާނަ ކައްޕިތާނެއް ގައުމުގެ ހުންގާނުގައި ނެތްނަމަ މިއޮޑި ފަރަށް އެރީސް: މެމްބަރު ސަލީމް

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ދިނުމުގައި ވަކިބަޔަކަށް ވަކި އުސޫލެއް، އެޗްޕީއޭއަށް އެކަން އެނގުނީ ނޫސްވެރިން ސުވާލުކުރުމުން!

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!
20188 އަހަރު ކުރިން
ރިޕޯޓު

އަލީ ހުސެއިން މަސްކަނޑަށް ޖެހުނު ސަބަބު މިއޮތީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު