Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްނައިޕަރުގެ މައްސަލަ

އަހަންނަށް ޖަލުގައި އަނިޔާކޮށްފައިވޭ: މަދުޝަންކަރު

22 ނޮވެމްބަރު 2018 | ބުރާސްފަތި 17:31

ޖަލުގައި ކުރެވުނީ ހިތި ތަޖްރިބާއެއް

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 22 ނޮވެމްބަރު 2018 | ބުރާސްފަތި 17:31
ލަހިރު މަދުޝަންކަރު

ލަހިރު މަދުޝަންކަރު

ސްނައިޕަރއެއް ކަމަށް ބުނެ ރައީސް ޔާމީންގެ ސަރުކާރުން ހައްޔަރުކޮށްފައިވާ ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ލަހިރު މަދުޝަންކަރުއަށް ރާއްޖޭގެ ޖަލުގައި އަނިޔާކޮށްފައިވާ ކަމަށް އޭނާ ބުނެފިއެވެ.

ޖަލުން މިނިވަންވުމަށްފަހު ރާއްޖެ އެމްވީއަށް ދިން އިންޓަރވިއުއެއްގައި މަދުޝަންކަރު ބުނީ އޭނާ އަށް ޖަލުގައި އަނިޔާކޮށްފައިވާ ކަމަށާއި، އޭނާ އާއި ދޭތެރޭ ކަންތަށް ކޮށްފައިވަނީ ވަރަށް އިހާނެތިކޮށް ކަމަށެވެ.

Advertisement - newsAdvertisement

މަދުޝަންކަރު އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް ރާއްޖެ އެމްވީއަށް ދިން އިންޓަރވިއުގައި ބުނެފައިވާއިރު، އޭނާއަށް ރާއްޖޭގެ ޖަލުގައި ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމްއިއްޔާއެއްކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލް އިންވެސް ވަނީ ބުނެފައެވެ.

Your browser doesnt support video. Please download the file: video/mp4

މަދުޝަންކަރު ބުނީ އޭނާއަށް ޖަލުގައި ކުރެވުނު ތަޖްރިބާ އޭނާ ސިފަކުރާނީ ވަރަށް ހިތި ތަޖްރިބާއެއްގެ ގޮތުގައި ކަމަށެވެ. މަދުޝަންކަރު ބުނީ އޭނާ ރާއްޖެ އައިސްފައިވަނީ މަހުގެ ވިޔަފާރިކުރުމުގެ ގޮތުން ކަމަށެވެ.

ޖަލުގައި ތިން އަހަރުދުވަސް ހޭދަކުރުމަށްފަހު އޭނާ މިނިވަންވެފައިވަނީ ބުދަދުވަހުގެ ރެއެވެ. އޭނާ މިނިވަންވެފައިވަނީ އޭނާއަށް ކުރެވުނު ތުހުމަތު ކޯޓުގައި ސާބިތުނުވުމާއި ގުޅިގެންނެވެ.

2015 ވަނަ އަހަރު މަދުޝަންކަރު ހައްޔަރުކުރީ އޭނާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހަރާކޮށްލަން އޭރުގެ ނައިބު ރައީސް އަހުމަދު އަދީބުގެ ރޭވުމެއްގެ ދަށުން ގެނައި ސްނައިޕަރެއްކަމަށް ބުނެއެވެ.

ލަންޑަންގައި މައި އޮފީސް ޤާއިމްކޮށްފައިވާ އެމްނެސްޓީއިން "މޯލްޑިވްސް: ދަ ޓޯޗަރަސް އޯޑީލް އޮފް އަ ޕްރިޒަނަރ އިން ޕެރެޑައިސް"ގެ ނަމުގައި ނެރުނު ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ގޮތުގައި މަދުޝަންކަރު ހައްޔަރުކުރި ހިސާބުން ފެށިގެން ތަހުޤީޤީ މަރުހަލާގައިވެސް އަދި ޖަލުގައިވެސް އޭނާއަށް ބޮޑެތި ލާއިންސާނީ އަނިޔާތައް ދީފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

02 މެއި 2017

އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ

02 މެއި 2017
އިންސާފުން ނޫން ގޮތަށް އެއްދުވަހު ޖަލުގައި އޮތުމަކީ ލާއިންސާނީވުން: މާރިޔާ
18 އެޕްރީލު 2017

މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި

18 އެޕްރީލު 2017
މާފުށީ ޖަލުގައި ޓީބީ ފެތުރޭތީ ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓް ކުރަން ފަށައިފި
27 މާރިޗު 2017

މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

27 މާރިޗު 2017
މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟
13 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް

13 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް މިހާރަކު ނުކުރޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އެޗްއާރުސީއެމް
12 މާރިޗު 2017

ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!

12 މާރިޗު 2017
ޖަލުގައި ބަނޑުހައި ހޫނުކަމުގެ ހަޅުތާލު، ކަރެކްޝަންސް އިން ދޮގުކުރޭ!
12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް