Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮރަޕްޝަން ހުއްޓުވުން

ކޮރަޕްޝަން ނައްތާލުމުގެ ވައުދު ފުއްދަން، ނަޒާޙަތްތެރިންނަށް އިސްކަން ދޭން ޖެހޭ

ކޮރަޕްޝަން ނައްތާލުމަކީ ރައީސް ސޯލިޙްގެ އެންމެ ބޮޑު އެއް ވައުދު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2018 | ބުރާސްފަތި 13:56
ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން

ކޮރަޕްޝަން ނައްތާލައި، ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ އެންމެ ބޮޑު އެއް ވައުދެވެ. ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށްލަން ދިވެހިންގެ ގިނަ ބަޔަކު ނިކުންނަން ޖެހުނު ސަބަބަކީވެސް ސަރުކާރުގެ ނަޒާހަތްތެރިކަން ގެއްލި، މުޅި ސަރުކާރު ކޮރަޕްޝަންގެ ހާއްޔަކަށް ވުމެވެ. ކޮރަޕްޝަންގެ ތެރެއަށް އެތައް ބިލިއަން ދިވެހި ރުފިޔާއެއް ގެއްލިގެން ދިޔައިރު، އެ ފައިސާއަކީ ބިކަ ޙާލުގައި އުޅެމުންދާ ދިވެހި ނިކަމެތި ރައްޔިތުންނަށް އެތައް ޚިދުމަތެއް ދެވޭނެ ފައިސާއެވެ. އެއީ އެތައް ދިވެހި ދަރިންނެއްގެ ބޭސްފަރުވާއަށްވާ ފައިސާއެވެ. އެއީ އެތައް ދިވެހި ދަރިންނަކަށް ތައުލީމު ހާސިލްކޮށްދެވޭނެ ފައިސާއެވެ. އެއީ އެތައް ދިވެހި ދަރިންނެއްގެ ބޯހިޔާވަހިކަން ޔަޤީން ކުރެވޭނެ ފައިސާއެވެ.

ކޮރަޕްޝަނުން ދުރުހެލިވެ، ނަޒާހަތްތެރިވުމަށް ކެބިނެޓް ވަޒީރުންނަށް ރައީސް ސޯލިޙް ވަނީ އަންގަވާފައެވެ. އަދި ކޮރަޕްޝަން ހިންގައި، ނާޖާއިޒް ފައިދާ ނެގުމުގެ ވިސްނުމުގައި އެކަކުވެސް ސަރުކާރު ތެރެއަށް އައުމަށް މަސައްކަތް ނުކުރުމަށް އެމަނިކުފާނުގެ ޗީފް އޮފް ސްޓާފް އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވަނީ އިންޒާރު ދެއްވާފައެވެ. އެހެންކަމުން ސަރުކާރުގެ ނިޔަތް ރަނގަޅުކަން މިއިން ހާމަވެއެވެ. އެހެންނަމަވެސް ކޮރަޕްޝަނާއި ދުރު ސަރުކާރެއް ޤާއިމް ކުރެވޭނީ، ކޮރަޕްޓް މީހުންނާއިމެދު ސަރުކާރުން ގެންގުޅޭ އުޞޫލުތައް ހަރުދަނާކޮށްގެންނެވެ.

ސަރުކާރުގެ އެކިއެކި ކުންފުނިތަކުގައި ތިބެގެން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވި އެތައް ބަޔަކު އެބަތިއްބެވެ. އެމީހުންގެ މައްސަލަތައް ތަހުޤީޤުކުރުމަށް ރައީސް ސޯލިޙް އެވަނީ ޚާއްސަ ކޮމިޝަނެއް އެކުލަވާލައްވާފައެވެ. އެކޮމިޝަންގެ މަސައްކަތްތައް ކުރިއަށްދާއިރު ގިނަ ބައެއްގެ މައްސަލަތައް ފެންމަތިވަމުންދާނެކަމަށް ބެލެވެއެވެ.

ކޮރަޕްޝަންގެ މައްސަލަތަކެއް ސާބިތު ނުވިކަމުގައިިޔަސް، އެފަދަ ކަންކަން ކުންފުނިތަކުގައި ހިނގަމުން ދިޔައިރު މަޤާމުތަކުގައި ތިއްބެގެން އެކަންކަމަށް އިހުމާލުވި ފަރާތްތަކާއިމެދުވެސް ފިޔަވަޅު އެޅެން ޖެހެއެވެ.

މަޤާމުން ވަކިކުރަންދެން ބައެއް ފަރާތްތައް މަޤާމުތަކުގައި ތިބެން މަސައްކަތްކުރިއިރު، މީގެ ތެރެއިން ބޮޑެތި ތުހުމަތުތައް ކުރެވުނު ކުންފުނިތަކުގެ ވެރިންގެ ގޮތުގައި ތިބި ބައެއް ފަރާތްތަކުން މިހާރު މަސައްކަތްކުރަމުން އެދަނީ އައު ސަރުކާރުގެ އިސްވެރިންގެ ރުހުން ހޯދައިގެން މަޤާމު ދިފާޢުކުރުމަށެވެ. ރައީސް ނަޝީދުގެ ބަހުރުވައިންނަމަ "ބޯވަ ހެދިގެން" އުޅޭ މީހުން މަދެއް ނޫނެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވުނު ބައެއް ފަރާތްތަކުން އަމިއްލަ ވިޔަފާރިތައް މިހާރު ފަށައިގެން އުޅޭއިރު، މީގެ ތެރެއިން ބައެއް ފަރާތްތަކުން އެކުރަނީ ދައުލަތާއި ރައްޔިތުންގެ މަސްލަހަތު މަތީ މިންވަރަކަށް ހިމެނޭ ވިޔަފާރިތަކެވެ. ޓޫރިޒަމް ވިޔަފާރިއަކަސް، އެއަރލައިނަކަސް، މިއީ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމެވެ. މިދެންނެވި ފަރާތްތަކުން ޚިޔާނަތްތެރިވީ އެމީހުންގެ އަމިއްލަ ފައިސާއަކަށް ނޫނެވެ. ރައްޔިތުންގެ ކުންފުނިތަކުގައި ހުރި ރައްޔިތުންގެ ފައިސާއަށް ޚިޔާނަތްތެރިވި ބަޔަކަށް، ސަރުކާރުން ހުއްދަ ދީގެން ވިޔަފާރިކުރުން ހުއްޓުވޭނެ ނުވަތަ ދުވަސްކޮޅަކަށްނަމަވެސް އެކަން ހުއްޓުވޭނެ ގޮތެއް އޮންނަން ޖެހެއެވެ.

މިހެން ދެންނެވުމުން ބައެއް ފަރާތްތަކުން ބުނާނީ ކުށް ސާބިތުނުވާ ބައެއްގެ މައްޗަށް އެފަދަ ފިޔަވަޅެއް އެޅިގެން ނުވާނެކަމަށެވެ. ކުށެއް ސާބިތުނުވިޔަސް، އެފަރާތްތަކުގެ މައްޗަށް ތުހުމަތު އެކުރެވެނީ ދިވެހި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވިކަމަށެވެ. ޚިޔާނާތްތެރި ނުވިޔަސް، ޚިޔާނާތް ނުހުއްޓުވުނު އަދި އެކަމަށް އިހުމާލުވުންވެސް އެއީ އެކަމަށް ކޮންމެވެސް އަދަބެއް އޮންނަން ޖެހޭނެކަމެކެވެ.

ކޮރަޕްޝަން ހުއްޓުވަން އައި ސަރުކާރުން ކުރަން ޖެހޭ މަސައްކަތްތައް ގިނައެވެ. މަސައްކަތްތައް ގިނަ ނަމަވެސް މިސަރުކާރަކީ އެކަން ކުރެވޭނެ ސަރުކާރެއްކަން ރައްޔިތުން ޤަބޫލުކުރެއެވެ. ވީމާ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދެއްވާށެވެ. ކޮރަޕްޝަން ހުއްޓުވައިދެއްވައި، ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވި ނުވަތަ އިހުމާލުވި ފަރާތްތަކަށް އެކަށީގެންވާ އަދަބު ދެއްވައި، އެފަދަ ފަރާތްތަކަށް ބޭނުންހާ ހުއްދަތަކެއް ނަގައިގެން ރައްޔިތުންގެ މަސްލަހަތު ހިމެނޭ ވިޔަފާރިތައް ކުރުމުގެ ދޮރުތައް ބަންދުކޮށް ދެއްވާށެވެ. މަޤާމުތަކަށް އެކިއެކި ފަރާތްތައް އައްޔަންކުރުމުގައިވެސް ނަޒާޙަތްތެރިންނަށް އިސްކަން ދެއްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސޯދީ ވައުދުތައް ބިލާހަކަށް!

އިގްތިސޯދީ ވައުދުތައް ބިލާހަކަށް!

31 ޑިސެމްބަރު 2017
ސަރުކާރަށް ހަތަރު އަހަރު: ވާދަވެރިން ނައްތާލުމުގެ ހަތިޔާރަކަށް ޝަރުއީ ދާއިރާ!

ސަރުކާރަށް ހަތަރު އަހަރު: ވާދަވެރިން ނައްތާލުމުގެ ހަތިޔާރަކަށް ޝަރުއީ ދާއިރާ!

17 ނޮވެމްބަރު 2017
ކޮރަޕްޝަން ހުއްޓުވުމުގެ ނިޔަތެއް ނެތް!

ކޮރަޕްޝަން ހުއްޓުވުމުގެ ނިޔަތެއް ނެތް!

07 ނޮވެމްބަރު 2017
އަސްތާ! ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަންގޮތް ކޮރަޕްޝަން ހިންގުމުގެ ޒަމާނީ އުކުޅެއްބާ

އަސްތާ! ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ވަންގޮތް ކޮރަޕްޝަން ހިންގުމުގެ ޒަމާނީ އުކުޅެއްބާ

06 ނޮވެމްބަރު 2017
ރައީސް ޔާމީންގެ "އެއާޕޯޓް ވައުދު": ދެކޮޅުނުޖެހޭ ބޮޑު ޖޯކެއް!

ރައީސް ޔާމީންގެ "އެއާޕޯޓް ވައުދު": ދެކޮޅުނުޖެހޭ ބޮޑު ޖޯކެއް!

26 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު