Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ އިގްތިސާދީ ހާލަތު

އިގްތިސޯދީ ވައުދުތައް ބިލާހަކަށް!

ވަނަ އަހަރުގެ ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާއަށް ވަނީ އަރާފައި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 31 ޑިސެމްބަރު 2017 | އާދީއްތަ 08:27
ރާއްޖޭގެ ރިސޯޓެއް: ބަރޮސް މޯލްޑިވްސް

ރާއްޖޭގެ ރިސޯޓެއް: ބަރޮސް މޯލްޑިވްސް

އަނެއްކާވެސް އިތުރު އަހަރެއް ނިމިގެންދިޔައީ އެވެ. ކޮންމެ އަހަރަކުވެސް ގިނަ ބަޔަކު "ނިއު އިޔަރ ރިޒޮލިއުޝަން" ތަކެއް ކަނޑައަޅާ އިރު ސަރުކާރުންވެސް އިގްތިސާދީ ގޮތުން އާ ހަރުފަތްތަކަކަށް ދިއުމަށް ޕްލޭންތަކެއް ހަދައި މަސައްކަތްތަކެއް ކުރެ އެވެ. 2017 ވަނަ އަހަރު ވެސް ބަޖެޓުން ހާސިލް ކުރެވުނު ކަންކަމާއި އިގްތިސާދީ ގޮތުން ކުރެވުނު ކަންކަމަށް ބަލައިލާނަމެވެ.

ސަރުކާރުން 2017 ވަނަ އަހަރު އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ 200 މިލިއަން ޑޮލަރު ނުވަތަ 3.1 ބިލިއަން ރުފިޔާގެ ސޮވެރިންގ ބޮންޑެއް ވިއްކާލުމުގެ ވާހަކަ އެވެ. މިދިޔަ އަހަރުގެ މަރޗު ހިސާބުގައި ބޮންޑު ވިއްކާފައިވާ އިރު ބޮންޑު ފައިސާގެ ތެރެއިން މިއަހަރު ގާތްގަނޑަކަށް 130 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. ބޮންޑުގެ ހުރިހާ ފައިސާއެއް ހަރަދުކޮށް ނިމޭނީ 2018 ވަނަ އަހަރުގެ މެދު ތެރޭގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ފްރީހޯލްޑް އުސޫލުން 10 ބިލިއަން ޑޮލަރަށް ފ. އަތޮޅުން ބިން ދޫކުރުމަށް ސަރުކާރުން ނިންމި ވާހަކައަކީ މިއަހަރުގެ އެންމެ ބޮޑު އެއްވާހަކައެވެ. އެެހެން ނަމަވެސް އަހަރު ނިމުނު އިރުވެސް އެކަންވެސް ވެގެންދިޔައީ ހަގީގަތަކަށް ނުވި ހުވަފެނަކަށެވެ. މިފަދަ އެހެން އަވާމެންދުރެއް ވެސް ދެއްކި އެވެ. މަރޗު ސަރުކާރުން ބޮޑު މަޝްރޫއެެއް އިއުލާނުކޮށް، ނޫސްތަކުގެ ފަލަ ސުރިހީން ޖާގަ ހޯދި އެވެ. އެއީ ފަސް އެއާޕޯޓް ތަރައްގީކުރަން، 57.7 މިލިއަން ޑޮލަރަށް މެލޭޝިއާގެ ގްރީފޯން އެނަރޖީއާ ހަވާލުކުރި ހަބަރެވެ. އެއްވެސް ބީލަމަކަށް ލުމެއް ނެތި އަޑިއަޑިން ނިންމާލި މި ޑީލް ވެސް ކާޟިޔާބެއް ނުވެ، މަޝްރޫއު ވަނީ ހުއްޓިފަ އެވެ. ފެން ނެތް ބޮޑެތި ކަރާ ސަރުކާރުން ފަޅަމުންދާތީވެ، ގިނަ ބައެއްގެ ފާޑުލިޔުން އޮހެމުންދެ އެވެ.

ކޭއެފްސީ އާއި ޕިއްޒާހަޓްގެ ރަހަތައް މާލޭގެ ރަށްވެހިންނާ ހަމައަށް ފޯރުކޮށް ދިނުމުގެ މަގުސަދުގައި ރަސްފަންނުގައި ޕެވެލިއަންއެއް ތަރައްގީކުރަން ފެށިނަމަވެސް، 2017 ވަނަ އަހަރު ވެސް ނިމިގެންދާއިރު ވެސް އެކަން ހަގީގަތަކަށް ނުވި އެވެ. އަދި މާލޭގެ ހުޅަނގު ދެކުނު ފަރާތުގެ ފުޑްކޯޓްތަކުގެ މަޝްރޫއު ވެސް ކުރިއަށް ދަނީ ފިނިހަކަ ދުވެލީގަ އެވެ. ދެން އޮތީ މި ސަރުކާރުގެ އެންމެ ބޮޑު ވާހަކަ އެވެ. އެސްއީޒެޑެވެ. 2017 ވަނަ އެސްއީޒެޑުން އާމްދަނީގެ ގޮތުގައި 500 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފައިވާއިރު ދިޔައީ ސުމަކުންނެވެ. އަންނަ އަހަރަށް އެސްއީޒެޑްގެ ވާހަކަ ނުވެސް ނެތެވެ. ރިސޯޓް ހިއްސާ ދިނުމުގެ ވައުދު ވެސް ވެފައިވަނީ ހޮޅި ވާހަކައަކަށެވެ. އަދި ތެޔޮ ނެގުން ވެސް ދިޔައީ މިފަދަ ގޮތަކަށެވެ.

އިތުުރު އަހަރެއް ނިމިިގެން ދިޔަ އިރުވެސް މި ފެނިގެންދިޔައީ ސަރުކާރުން ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި މެނޭޖް ކުރުމުގެ އުސޫލެއް ނެތި ހިތަށް އެރި ގޮތަކަށް ލޯންތަކާއި ބޮންޑް ވިއްކަމުންދާ މަންޒަރެވެ.

ދަރަނި މައްޗަށް ދަރަނި ވަމުންދާއިރު ފަރުވާލެއް ނެތެވެ. 2017 ވަނަ އަހަރުގެ ދައުލަތުގެ ދަރަނި 43 ބިލިއަން ރުފިޔާއަށް އަރާއިރު، ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓީން ކުންފުންޏެއް ކަމުގައިވާ، މޫޑީސް އިން ހާމަކޮށްފައިވާ ގޮތުގައި، 2019 އަހަރު ރާއްޖޭގެ ޖީޑީޕީގެ 82 ޕަސެންޓް ދަރަނި ހިއްސާ ކުރާނެ ކަމަށެވެ. މި ހާލަތަށް ދިއުމަކީ ގައުމަށް ކުރިމަތިވާނެ ބޮޑު ގެއްލުމަކަށް ނޫނީ ނުވާނެ އެވެ.

2017 އަހަރު ނިންމާލީ، ޗައިނާއާއެކު ހެދި މިނިވަން ވިޔާފާރީގެ އެއްބަސްވުމުންނެވެ. މި އެއްބަސްވުމަކީ ރާއްޖެއަށް ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑު އެއްބަސްވުމެއް ކަމަށާއި މި ސަރަހައްދުގެ ހަމަޖެހުމަށް ވެސް ލޮޅުން އަދުވެދާނެ އެއްބަސްވުމެއް ކަމަށް ބައެއް ފަރާތްތަކުންދެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ބޯހިޔާވަހި ކަމާ ބެހޭ ގޮތުން މުއިއްޒު ވެވަޑައިގަތް ވައުދު ބިލާހަކަށް!

ބޯހިޔާވަހި ކަމާ ބެހޭ ގޮތުން މުއިއްޒު ވެވަޑައިގަތް ވައުދު ބިލާހަކަށް!

20 އޯގަސްޓު 2025
ވީ ވައުދުތައް ނުފުދި ރައްޔިތުން މާޔޫސްވެފައި، އަނެއްކާ ވެސް ރައީސް ވަޑައިގަންނަވަނީ ވައުދު ގޯންޏާއެކު؟

ވީ ވައުދުތައް ނުފުދި ރައްޔިތުން މާޔޫސްވެފައި، އަނެއްކާ ވެސް ރައީސް ވަޑައިގަންނަވަނީ ވައުދު ގޯންޏާއެކު؟

15 ޑިސެމްބަރު 2024
އިޤްތިސާދީ ގުއި ރޯނު: ވައުދުތައް ނުފުއްދަން ދައްކާ މޮޅު ބަހަނާއެއް

އިޤްތިސާދީ ގުއި ރޯނު: ވައުދުތައް ނުފުއްދަން ދައްކާ މޮޅު ބަހަނާއެއް

04 ޖުލައި 2024
ވައުދުތައް ވެވިދާނެ، އަމަލުން އެކަން ދެއްކޭނެ؟

ވައުދުތައް ވެވިދާނެ، އަމަލުން އެކަން ދެއްކޭނެ؟

04 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު