Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝޭޚް އިމްރާން އަބްދުﷲ

އިމްރާނުގެ ޖަލު ހުކުމުގެ މައްސަލައަށް މިއަދު ގޮތެއް ނިންމަނީ

އިއްވާފައި ވަނީ 12 އަހަރުގެ ހުކުމެއް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 22 ނޮވެމްބަރު 2018 | ބުރާސްފަތި 16:26
މުޒާހަރާއެއްގައި ޝޭޚް އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ

މުޒާހަރާއެއްގައި ޝޭޚް އިމްރާން އަބްދުﷲ ވާހަކަފުޅު ދައްކަވަނީ

މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މައްޗަށް ޓެރަރިޒަމްގެ ކުށުގައި އިއްވި 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ސުޕްރީމް ކޯޓުން މިއަދު ނިންމަން ތާވަލުކޮށްފި އެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަޤާމުގައި ވެސް ހުންނަވާ އިމްރާނުގެ މައްޗަށް 12 އަހަރު ދުވަހުގެ ހުކުމެއް އިއްވާފައި ވަނީ މެއި 1، 2015 ގައި، ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ބޭއްވި "މޭޑޭ މުޒާހަރާ" ގައި ހަމަނުޖެހުމަށް ހިތްވަރު ދެއްވައި ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.

އިމްރާނުގެ މައްސަލައިގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު ހަވީރު 3:00 އަށް ތާވަލު ކޮށްފައިވާ އިރު، މިމައްސަލައަކީ ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް ހައި ކޯޓުން ތާއީދު ކުރުމުން އެ މައްސަލަ އިމްރާންގެ ފަރާތުން ކުރިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. އެހެން ނަމަވެސް އޭރު ސުޕްރީމް ކޯޓުން ނިންމީ އެ މައްސަލަ ބަލައިނުގަތުމަށެވެ.

އޭގެ ފަހުން އަނެއްކާ ވެސް އިމްރާންގެ ފަރާތުން އެމައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެމައްސަލަ ބަލައިގަނެ، އިމްރާންގެ މައްޗަށް އިއްވި 12 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކޮށްފަ އެވެ.

ޖަލު ހުކުމް ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑު އެހުންތައް މިދިޔަ ހޯމަ ދުވަހު ވަނީ ނިންމާލާފައެވެ. އެ ދުވަހުގެ އަޑު އެހުމުގައި އިތުރު ކަމެއް ސާފު ކުރަން ނު ޖެހޭ ނަމަ، ދެން އަންނަ އަޑުއެހުމެއްގައި ހުކުމް އިއްވާނެ ކަމަށް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ބޭއްވި އެންމެ ބޮޑު މުޒާހަރާ ކަމަށްވާ މޭ 1 ގެ އެއްވުން ރޭއްވެވުމުގައި އެންމެ އިސްކޮށް އުޅުއްވި އިމްރާނަށް ޓެރަރިޒަމްގެ ދައުވާކޮށް ކްރިމިނަލް ކޯޓުން ހުކުމް އިއްވީ 2015 ގަ އެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު