Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑިފެންސް މިނިސްޓަރ

މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ

21 ނޮވެމްބަރު 2018 | ބުދަ 16:45

ސިފައިންގެ މަސައްކަތް އާންމުނަށް ބޮޑަށް ކިޔާދޭން ޖެހޭ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް | 21 ނޮވެމްބަރު 2018 | ބުދަ 16:45
ޑިފެންސް މިނިސްޓަރ ސިފައިންނާއެކު ބޭއްވި ބައްދަލުކުރެއްވުގެ ތެރެއިން -- -ސިފައިން ކޮރަޕްޝަނުގައި ނުޖެހުމަށް އިލްތިމާސް ކުރެއްވި

ޑިފެންސް މިނިސްޓަރ ސިފައިންނާއެކު ބޭއްވި ބައްދަލުކުރެއްވުގެ ތެރެއިން -- -ސިފައިން ކޮރަޕްޝަނުގައި ނުޖެހުމަށް އިލްތިމާސް ކުރެއްވި

ޑިފެންސް މިނިސްޓަރު ކަމަށް ވަޑައިގެންނެވީ ސިފައިންނަށް ބަޑި ޖަހާގޮތް ކިޔައިދީ ސިފައިންގެ ސަފުތައް އެތުރެންވީ ގޮތް ވިދާޅުވާން ނޫން ކަމަށް ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ފުރަތަމަ ފަހަރަށް ސިފައިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި މާރިޔާ ވިދާޅުވީ މީގެ ކުރިން ސިޔާސީ އެކި ކަންކަމުގައި އުޅުއްވުމަށްފަހު ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ބައެއްގެ މިނިސްޓަރަކަށް އައުމުން ބައެއް ފަރާތްތަކުން ސުވާލު ކުރައްވާ ކަމަށެވެ. ނަމަވެސް އެކަމަނާގެ މައްސޫލިއްޔަތަކީ ސިފައިން ގާނޫނާއެއްގޮތައް ކަންކަން ކުރަމުންދޭތޯ ދުވަހުން ދުވަހަށް ބެލުމަށް ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސުލް ޖުމްހޫރިއްޔާއަކީ ގާނޫނާ އެއްގޮތައް ހުރިހާ ސިފައިން ވެސް މަސައްކަތްކުރާކަން ކަށަވަރުކުރައްވަން ޖެހޭ ފަރާތްކަމަށްވާއިރު މިނިސްޓަރަކީ އެކަންކަން އެގޮތައް ހިނގާތޯބަލައި މަޖިލީހަށް ޖަވާބުދާރީވާން ޖެހޭ ފަރާތްކަމަށް ވެސް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ. ސިފައިންނާ މުހާތަބު ކުރައްވާ މާރިޔާ ވަނީ ކޮރަޕްޝަން އެކުލެވޭ އެއްވެސް ކަމެއްގައި ސިފައިންގެ އެއްވެސް މީހަކު، އެއްވެސް މިންވަރަކަށް ބައިވެރިނުވުމަށް އިލްތިމާސް ކުރައްވާފައެވެ.

ސިފައިން އަދާކުރަމުންދާ މައްސޫލިއްޔަތާ ގުޅޭ ގޮތުން މީސް މީޑިޔާގައި ފާޑުކިޔާ ފަރާތްތަކާމެދު ހިތްނުރުހުމުގެ ބަދަލުގައި ސިފައިން ކުރަން ޖެހޭ ކަމަކީ އެމީހުންގެ މަސައްކަތް ވީހާވެސް ބޮޑަށް ރައްޔިތުންނަށް ސާފުކޮށްދިނުން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. އަދި އޭރުން ރައްޔިތުންގެ އިހްތިރާމާއި ލޯބި ފުލުހުންގެ މުވައްސަސާއަށް ވެސް ލިބިގެންދާނެ ކަމަށާއި އެކަން ކުރެވޭނީ ސިފައިންގެ އަމަލުކުރާ ގޮތުގެ މައްޗަށް ކަމަށް ވެސް މާރިޔާ ފާހަގަ ކުރެއްވި އެވެ. ސިފައިންގެ މުވައްސަސާ ކުރިއެރުމަށް ސަރުކާރަށް ކޮށްދެވޭނެ ކަމަކީ ވަސީލަތްތަކާއި އެކަމަށް ބޭނުންވާ ގާނޫނުތައް ހެދުންކަން ވެސް މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މާރިޔާ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރެވެ. މި ބައްދަލު ކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އަހްމަދު ޝިޔާމް ވިދާޅުވީ މިނިސްޓަރ މާރިޔާ މީގެ ކުރިން ހައްދަވާފައިވާ ރެކޯޑްތަކެކޭ އެއްފަދައިން މިނިސްޓަރު ކަމުގައި ހުންނަވައިގެން ރެކޯޑްތަކެއް ހަދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ސިފައިންގެ އައިލާއަށް ޝިޔާމް ވަނީ މާރިޔާއަށް މަރުހަބާ ވިދާޅުވެފައި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް

02 މާރިޗު 2017
ސިފައިންނަށް ވޯޓުނުލެވޭ ގޮތަށް ހުށަހަޅާ އިސްލާހު ފާސް ކުރާނަން: ޕީޕީއެމް
02 މާރިޗު 2017

ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ

02 މާރިޗު 2017
ސިފައިންނަށް ވޯޓު ލުމުގެ ޙައްޤު ގެއްލުވާލުމަކީ ބިރުދެއްކުމުގެ ފެށުން: މާރިއާ
01 މާރިޗު 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ

01 މާރިޗު 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަކީ ވެރިކަމުގައި ގަދަ ބާރުން ތިބުމަށް ރައްޔިތުންގެ ވޯޓުލުމުގެ ޙައްޤަށް ސީދާ އަރައިގަތުން: އެމްޑީޕީ
28 ފެބުރުއަރީ 2017

ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ

28 ފެބުރުއަރީ 2017
ސިފައިންނަށް ވޯޓު ނުލެވޭގޮތް ހެދުމަށް ޤާނޫނަށް އިސްލާހު ހުށަހަޅާނަން: ޑިފެންސް މިނިސްޓަރ
26 ފެބުރުއަރީ 2017

އިންޑިޔާ ބޯޓެއް ބަންޑުން ޖަހާލާ 9 މީހުން މަރުވެއްޖެ

26 ފެބުރުއަރީ 2017
އިންޑިޔާ ބޯޓެއް ބަންޑުން ޖަހާލާ 9 މީހުން މަރުވެއްޖެ
20 ފެބުރުއަރީ 2017

ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް

20 ފެބުރުއަރީ 2017
ގަދަ ބާރުން ބަޑިޖައްސާއިގެން ވެރިކަމެއް ނުކުރެވޭނެ: އާޒިމް
13 ފެބުރުއަރީ 2017

ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި

13 ފެބުރުއަރީ 2017
ހަތަރު މީހުންނާއެކު ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފި
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް