Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދިރާގު 5ޖީ ޙިދުމަތް

5ޖީގެ ޑެމޯއެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދިރާގުން ދައްކާލައިފި

21 ނޮވެމްބަރު 2018 | ބުދަ 10:34

5ޖީ ޑިވައިސްތައް މާކެޓްގައި އަދި ލިބޭކަށް ނެތް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 21 ނޮވެމްބަރު 2018 | ބުދަ 10:34
ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ޙިދުމަތްދޭ ކުންފުނި ދިރާގު

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ޙިދުމަތްދޭ ކުންފުނި ދިރާގު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށް ދޭ ކުންފުނި ކަމަށްވާ ދިރާގުން ވުމާސަލާތީ ޓެކްނޮލޮޖީގެ ތެރެއިން މޮބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ ފަސްވަނަ ޖީލުގެ ޚިދުމަތް ކަމަށްވާ 5ޖީގެ ޑެމޯ އެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

ދިރާގު ހޭޑް އޮފީހުގައި ބުދަ ދުވަހު ބޭއްވީ ހާއްސަ ހަފްލާއެއްގައި ވަނީ 5ޖީ ގެ ޑެމޯ އާންމުނާ ހަމައަށް ދައްކާލާފައިއެވެ. މިއީ އޭޝިއާ ބައްރުން ރާއްޖެ ފިޔަވާ ދެން 5ޖީގެ ޑެމޯ ދައްކާފައި ވަނީ މެލޭޝިއާ، ސިންގަޕޫރު، ހޮންގްކޮންގް އަދި އިންޑީޔާ ފަދަ ގައުމުތަކުގައިއެވެ.

މިއަދުގެ ހަފުލާފައި ވާހަކަ ދައްކަވަމުން ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި ދިރާގުން މަސައްކަތްކުރަމުން ދަނީ އަލަށް ތައާރަފު ކުރާ އައު ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމަށް ކަމަށެވެ. އަދި ދިވެހި ރާއްޖެއަށާއި ދިވެހި މުޖްތަމައަށް ޑިޖިޓަލް މުވާސަލާތީ ހިދުމަތުގެ ތެރެއިން އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމަށް ދިރާގުން ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާ ވާހަކަ ފާހަގަކުރެއްވިއެވެ.

5ޖީ ހިދުމަތް ތަޢާރަފު ވުމުން ރާއްޖެއަށް ލިބޭނެ ކުރިއެރުމާއި ފައިދާތަކަކީ 5ޖީ ކަނެކްޓިވިޓީ އާދަޔާޚިލާފަށް ހަލުވިވާއިރު، މިޚިދުމަތަކީ މިހާރުގެ 4ޖީ ހިދުމަތުގެ ޑައުންލޯޑް ކުރެވޭ ސްޕީޑަށްވުރެ ދިހައެއް ނުވަތަ ވިހިގުނަ އަވަހަށް ޑައުންލޯޑްކުރުމުގެ ގާބިލުކަން ހުންނާނެ ހިދުމަތެކެވެ. އެހެން ކަމުން ރިމޯޓް ސާޖަރީ އަދި އޮޓޮމޭޓެޑް ދަތުރުފަތުރު ކުރުމުގެ ސިސްޓަމްތަކުން ރިއަލްޓައިމް ނުވަތަ އަސްލު ވަގުތާ އެއްފަދަ ތަޖުރިބާއެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި މިހާރަށްވުރެ އަވަހަށް ޑައުންލޯޑް އަދި އަޕްލޯޑް ސްޕީޑު އަވަސްވާނެއެވެ. އަދި ގުދުރަތީ ކާރިސާތައް ދިމާވާ ހާލަތްތަކުގައި ވުމާސަލާތީ ގުޅުން ދެމެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ. އަދި ހަމައެއާއެކު 5ޖި ނެޓްވޯކް ގާއިމު ވުމާ އެކު މުޅިން އައު ޑިޖިޓަލް ހިދުމަތައްތަކަށް މަގު ފަހިވެގެން ދާނެއެވެ.

5ޖީ ފޯނާއި އަދި ޑިވައިސްތައް އަދި މާކެޓްގައި ލިބޭކަށްނެތެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ޓެކް ކުންފިނިތަކުން މިހާރު ދަނީ އެފަދަ ޑިވައިސްތައް އުފެއްދުމުގެ މަސައްކަތް ފަށައި އަދި ޓެސްޓް ކުރަން ފަށާފައިއެވެ.

ދިރާގުގެ 30 އަހަރުގެ ހަޔާތުގައި ވަނީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިއިއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

27 ޖޫން 2017

"ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖޭގައި ރަސްމީކޮށް ހުޅުވައިފި

27 ޖޫން 2017
 "ޗާޓައިމް" ގެ ފްރެންޗައިޒް ރާއްޖޭގައި ރަސްމީކޮށް ހުޅުވައިފި
29 މެއި 2017

އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި

29 މެއި 2017
އިންޓަރނޭޝަލް ބޯޓް އެންޑް ޑައިވް ޝޯވް އަންނަ އަހަރު ރާއްޖޭގައި
27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
19 އެޕްރީލު 2017

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

19 އެޕްރީލު 2017
އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި
18 އެޕްރީލު 2017

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ
30 މާރިޗު 2017

ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި

30 މާރިޗު 2017
ދިވެހި އަމިއްލަ ފުރަތަމަ ކުންފުނީގެ ހިއްސާ ސްޓޮކް މާކެޓްގައި ލިސްޓްކޮށްފި
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
15 ފެބުރުއަރީ 2017

ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި

15 ފެބުރުއަރީ 2017
ދި މެންހަޓަން ފިޝް މާކެޓް ރާއްޖޭގައި ހުޅުވައިފި
30 ޖެނުއަރީ 2017

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

30 ޖެނުއަރީ 2017
ޕޮއިސްގެ ނަން މުޅި ރާއްޖޭގައި
06 ޖެނުއަރީ 2017

ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި

06 ޖެނުއަރީ 2017
ސަބްމެރިން ކޭބަލް މުޅި ރާއްޖޭގައި އެޅުމުގެ އަމަލީ މަސައްކަތް އުރީދޫ އިން ނިންމާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް