Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެޑިކަލް ކޭމްޕް

އޭޑީކޭ ސިނަރޖީއިން ދަނގެތީގައި މެޑިކަލް ކޭމްޕެއް ހިންގަނީ

20 ނޮވެމްބަރު 2018 | އަންގާރަ 18:34

ބެލެނިވެރިންނަށް ޚާއްސަ ސެޝަނެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 20 ނޮވެމްބަރު 2018 | އަންގާރަ 18:34
މި ކޭމްޕްގައި އޭޑީކޭގެ 5 ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވާނެ

މި ކޭމްޕްގައި އޭޑީކޭގެ 5 ޑޮކްޓަރުން ބައިވެރިވެވަޑައިގަންނަވާނެ

އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީޒްގެ މުވައްޒަފުންގެ ރިކްރިއޭޝަން ކްލަބް، އޭޑީކޭ ސިނަރޖީއިން އިސްނަގައިގެން އޭޑީކޭ ހޮސްޕިޓަލާއި ގުޅިގެން އދ. ދަނގެތީގައި މެޑިކަލް ކޭމްޕެއް ހިންގަން ނިންމައިފިއެވެ.

ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން އޭޑީކޭ ސިނަރޖީގެ އޮފިޝަލަކު ވިދާޅުވީ، މި ކޭމްޕް ހިނގުމަށް ހަމަޖެހިފައިވަނީ މި ނޮވެމްބަރު މަހުގެ 23 އަދި 24 ވަނަ ދުވަހު ކަމަށެވެ.

Advertisement - newsAdvertisement

މި ކޭމްޕްގައި އެކި ދާއިރާތަކުން 5 ޑޮކްޓަރަކު ކޮންސަލްޓޭޝަންގެ ޚިދުމަތް ފޯރުކޮށްދޭން ހަމަޖެހިފައިވާއިރު މީގެ ތެރޭގައި ހިމެނެނީ:

  • އަންހެނުންގެ ޚާއްސަ ޑޮކްޓަރު، ޑރ. އައިމިނަތު ނުސްރާ
  • ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. ޢަބްދުﷲ ނިޔާފް
  • އޮންކޮލޮޖިސްޓް، ޑރ. ދަނަރާޖޫ ކްރިޝްނައްޕާ މުނިސުވާމީ
  • މެޑިކަލް އޮފިސަރ، ޑރ. އައިޝަތު ހިދާޔާ އެފްރާމް
  • ލޮލުގެ ޚާއްސަ ޑޮކްޓަރު، ޑރ. ޢަބްދުﷲ ޖުނައިދު

ސިނަރޖީގެ އޮފިޝަލް ވިދާޅުވީ މި ޑޮކްޓަރުންނަށް ދެއްކުމަށް ނަން ނޯޓު ކުރުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ކޭމްޕްގައި ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން 9763393 އަށް ޑޮކްޓަރަށް ދެއްކުމަށް ނަންނޯޓު ކުރެވޭނެ ކަމަށާއި، މި ކޭމްޕާއި ގުޅޭ މަޢުލޫމާތުވެސް ލިބިގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ކޭމްޕްގައި ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ފީއެއް ނެގުމާއި ނުލައެވެ.

ދެ ދުވަހުގެ މުއްދަތަށް މި ކޭމްޕް ކުރިއަށްގެންދާއިރު، ސިނަރޖީގެ އޮފިޝަލް އިތުރަށް ވިދާޅުވީ، މި ކޭމްޕްގެ ތެރެއިން ބެލެނިވެރިންނަށް ޚާއްސަކޮށްގެން ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު، ޑރ. ޢަބްދުﷲ ނިޔާފް މަޢުލޫމާތު ސެޝަނެއްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. މި ސެޝަންގައި މައިގަނޑުގޮތެއްގައި އަލިއަލުވާލާނީ ކުޑަކުދިން ހެދިބޮޑުވުމާއި، ކުޑަކުދިން ކެއުމާއި ދުރުވާ ސަބަބުތަކާއި ގުޅޭގޮތުން ކަމަށާއި، މި ކޭމްޕްގެ ހޮޓްލައިނަށް ގުޅުމުން ސެޝަންގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. މި ސެޝަންގައި ބައިވެރިވުމުގެ ފުރުބަތު އދ އަތޮޅުގެ އެކި ރަށްތަކަށް ނިސްބަތްވާ ބެލެނިވެރިންނަށް ވަނީ ހުޅުވާލާފައެވެ.

އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީޒްގައި ހިމެނޭ އެކި ގްރޫޕްތަކުގެ މުވައްޒަފުން ހިމެނޭގޮތަށް އޭޑީކޭ ސިނަރޖީގެ ނަމުގައި ކްލަބެއް އުފައްދާފައިވަނީ 2013 ވަނަ އަހަރުއެވެ. ކްލަބް އުފެދުނީއްސުރެ ކްލަބުން އެކި ހަރަކާތްތައް ހިންގަމުންދިޔަ ނަމަވެސް، މިއީ އެ ކްލަބުން މިފަދަ ހަރަކާތެއް ހިންގާ ފުރަތަމަ ފަހަރެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

22 މާރިޗު 2017

އޭޑީކޭގެ ފްލޫ ކްލިނިކަށް 1،551 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި

22 މާރިޗު 2017
އޭޑީކޭގެ ފްލޫ ކްލިނިކަށް 1،551 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައި
20 މާރިޗު 2017

މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި

20 މާރިޗު 2017
މާބަނޑު މީހުނަށް އިންފުލުއެންޒާ ވެކްސިން ދިނުމުގެ ހިދުމަތް އޭޑީކޭ އިން ފަށައިފި
18 މާރިޗު 2017

އޭޑީކޭ ފްލޫ ކްލިނިކަށް 885 މީހުން ވަނީ ދައްކައިފި

18 މާރިޗު 2017
އޭޑީކޭ ފްލޫ ކްލިނިކަށް 885 މީހުން ވަނީ ދައްކައިފި
16 މާރިޗު 2017

އޭޑީކޭއިން މޯބައިލް ފްލޫ ކުލިނިކެއް ތައާރަފްކޮށްފި

16 މާރިޗު 2017
އޭޑީކޭއިން މޯބައިލް ފްލޫ ކުލިނިކެއް ތައާރަފްކޮށްފި
15 މާރިޗު 2017

ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ

15 މާރިޗު 2017
ރައްޔިތުންގެ އިތުބާރާ އެކު އޭޑީކޭ ހޮސްޕިޓަލަށް 30 އަހަރު: ވަރަށް އަވަސް މުސްތަޤުބަލެއްގައި ބައިނަލްއަޤުވާމީ ހޮސްޕިޓަލަކަށް ހަދަނީ
14 މާރިޗު 2017

އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި

14 މާރިޗު 2017
އޭޑީކޭގެ ފްލޫ ކުލިނިކް މާދަމާއިން ފެށިގެން ސޯސަން ގޭގައި
28 ފެބުރުއަރީ 2017

ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި

28 ފެބުރުއަރީ 2017
ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒު މުހުސިން އޭޑީކޭގައި
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް