Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމެކްސިކޯގެ ގޭންގްސްޓާ

އެލް ޗަޕޯ ގޭންގުގެ ކުރީގެ މެމްބަރެއް މަރުވުން

20 ނޮވެމްބަރު 2018 | އަންގާރަ 10:23

މަރުވެފައި ވަނީ ހާޓްއެޓޭކެއް ޖެހިގެން

އަލީ ސަމާޚް
އަލީ ސަމާޚް | 20 ނޮވެމްބަރު 2018 | އަންގާރަ 10:23
ހެކްތާ ބެލްތްރަން ލެއިވާ ހައްޔަރުކޮށްގެން ގެންދަނީ

ހެކްތާ ބެލްތްރަން ލެއިވާ ހައްޔަރުކޮށްގެން ގެންދަނީ

މެކްސިކޯގެ ނުރައްކާތެރި ކުށްވެރިޔާ އެލް ޗަޕޯގެ ކާޓެލް ގޭންގްގެ ކުރީގެ މެމްބަރެއް ކަމަށްވާ ހެކްތާ ބެލްތްރަން ލެއިވާ މަރުވެފައިވަނީ ފުލުހުން ހައްޔަރުގައި ހުއްޓާ އާދިއްތަ ދުވަހުއެވެ.

އުމުރުން 56 އަހަރުގެ ހެކްތާ މަރުވެފައިވަނީ މެކްސިކޯގެ އަލްޓިޕްލާނޯގައި ހުންނަ ސަލާމަތީ ކަންތައްތައް ވަރުގަދަ ކޮށްފައިވާ ޖަލުގައި ހުއްޓާ ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ރޮއިޓާސްއިން ރިޕޯޓު ކުރޭއެވެ.

''އެޗް'' ވަނަމެއްގެ ގޮތުގައި ދީފައިވާ ހެކްތާގެ މަރަކީ ގުދުރަތީ މަރެއް ކަމަށާއި އޭނާގެ މަރުގެ ފަހަތުގައި ސިފައިންގެއަތެއް ނުވާކަމަށް ސިފައިންނާ ހަވާލާދީ ބައެއް ރިޕޯޓްތައް ބުނޭއެވެ.

ހެކްތާ މަރުވެފައިވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށެވެ. މެކްސިކޯގެ ސިފައިން '' އެޗް " ހައްޔަރު ކޮށްފައިވަނީ 2014 ވަނަ އަހަރު އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއް ގައި މެކްސިކޯގެ ސީފުޑް ވިއްކާ ރެސްޓޯރެންޓެއްގެ ތެރެއިންނެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މަސްތުވާ ތަކެތިގެ ބާވަތްތައް ކަމަށްވާ މަރިޔުއާނަ، ހެރޯއިންގެ އިތުރުން މެތަމްފެޓަމައިން ޓްރެފިކް ކުރުމުގެ ކުށުގައިއެވެ. އޭނާގެ ވާދަވެރިޔާ އެލްޗަޕޯ އަށްވެސް އެމެރިކާއިން ދައުވާ ކޮށްފައި ވަނީ ހަމަ މިބާވަތުގެ މަސްތުވާތަކެތި އެމެރިކާއަށް އެތެރެ ކުރި މައްސަލާގައި އެވެ.

އެލް ޗަޕޯގެ ގޭންގުގައި ކުރިން ހަރަކާތްތެރިވި އެޗްގެ އިތުރުން އޭނާގެ ދެ ބޭބެ މެން އެލްޗަޕޯގެ ގޭންގުން ވަކިވެފައި ވަނީ ޑްރަގް ރޫޓް ކޮންޓްރޯލް ކުރުމާއި ބެހޭ ގޮތުން އުފެދުނު ހަމަނުޖެހުންތަކެއްގެ ތެރޭގައި ކަމަށް ބައެއް ފަރާތަކުން ރިޕޯޓް ކޮށްފައިވެއެވެ. ބައެއް މަސްދަރުތައް ބުނާ ގޮތުގައި ގޭންގުތެރޭގައި މައްސަލަ ޖެހިފައިވާނި ފުލުހުން އެޗްގެ ބޭބެ ހައްޔަރުކުރުމުގެ ފަހަތުގައި އެލް ޗަޕޯގެ އަތެއްވާކަމަށް ތުހުމަތުކޮށެވެ.

ކާޓެލް ގޭންގްއިން ވަކިވެ ހެކްތާ އާއި އޭނާގެ ބޭބޭމެން ވަނީ ބެލްތްރާގެ ނަމުގައި ގޭންގެއް އުފައްދައި އެލްޗަޕޯ އަށް ގޮންޖަހާ ޑްރަގް ބޭރުކުރާނެ ރޫޓްތައް ހަދާ ގޭންގުގެ މަސައްކަތް ފުޅާދާއިރާ އެއްގައި ކޮށްފައި އެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

12 އެޕްރީލު 2017

ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ

12 އެޕްރީލު 2017
ގާނޫނު ހަދާ މަޖިލިހުގެ އަޑަކަށް ވާން ވާނީ ރައްޔިތުންގެ އަޑު: ދެކުނު އެފްރިކާގެ ކުރީގެ ރައީސް ތާބޯ އެމްބެކީ
23 މާރިޗު 2017

ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި

23 މާރިޗު 2017
ޕުޓިންއާ ދެކޮޅު ރަޝިޔާގެ ކުރީގެ އެމް.ޕީ އެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފި
22 މާރިޗު 2017

ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި

22 މާރިޗު 2017
ދެކުނުކޮރެއާގެ ކުރީގެ ރަައީސްއާ 14 ގަޑިއިރު ވަންދެން ސުވާލުކޮށްފި
22 ފެބުރުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް

22 ފެބުރުއަރީ 2017
 ހޮންކޮންގގެ  ކުރީގެ ލީޑަރ 20 މަސްދުވަހަށް ޖަލަށް
13 ފެބުރުއަރީ 2017

ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ

13 ފެބުރުއަރީ 2017
 ޖަރުމަނުގެ ރައީސްކަމަށް ކުރީގެ ފޮރިން މިނިސްޓަރ ފްރޭންކް ވޯލްޓަރ ސްޓީންމިއަރ
09 ފެބުރުއަރީ 2017

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި
14 ޖެނުއަރީ 2017

ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ

14 ޖެނުއަރީ 2017
ޕްރިންސްސަސް މާގްރެޓްގެ ކުރީގެ ފިރިކަލުން ލޯޑް ސްނޯޑަން އަވަހާރަވެއްޖެ
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
07 ޖެނުއަރީ 2017

ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި

07 ޖެނުއަރީ 2017
 ހޮންކޮންގގެ ކުރީގެ ލީޑަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާ އުފުލައިފި
04 ޖެނުއަރީ 2017

ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި

04 ޖެނުއަރީ 2017
ބަންގްލަދޭޝް މަޖިލިސް މެމްބަރެއް ގަޔަށް ބަޑިޖަހާ އަވާހަރަކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް