Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ވަޒީރުންގެ މަޖިލިސް

ވަޒީރުންގެ މަޖިލިސް: ޝުޢޫރުތަކާއި ޚިޔާލުތައް ތަފާތު

ކެބިނެޓް އިއުލާންކުރުމާއިއެކު ފާޑުކިޔުންތައް އަމާޒުވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2018 | އާދީއްތަ 14:42
ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރެވުނު ބައެއް ބޭފުޅުން

ވަޒީރުންގެ މަޖިލީހަށް އައްޔަން ކުރެވުނު ބައެއް ބޭފުޅުން

ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ލިބުމާއިއެކު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔައީ ސަރުކާރު ބެހިގެންދަނީ ކިހިނެއްތޯއެވެ؟ ޓްރާންސިޝަން މުއްދަތުގެ ތެރޭގައި އެފެނުނު ލިސްޓްތަކުގެ އަދަދު ދަންނަވާކަށް ނޭނގެއެވެ. ވަޒީރުންގެ މަޖިލީސްކަމަށް ބުނެ އެތައް ބައެއްގެ ނަންތައް އަޑު އިވެމުން ދިޔައެވެ. އޭރުވެސް ފެންމަތިވި ބައެއް ނަންތަކަށް މީހުން ފާޑުކިޔަން ފެށިލެއް ވަރުގަދަކަމުން ހީވީ ދެންމެ ދެންމެ އެމީހުން ވަޒީރުންގެ މަޖިލީހަށް ނަގާފާނެ ހެންނެވެ.

ކޮންމެއަކަސް، އެންމެންގެ އިންތިޒާރަށް ނިމުން އައީ ހޮނިހިރު ދުވަހު ހުވައި ކުރެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ކެބިނެޓް އިއުލާންކުރެއްވުމާއިއެކު އެވެ. ކެބިނެޓްގެ ބައެއް މެމްބަރުންނަށް ފާޑުކިޔަން އެންމެ ފުރަތަމަ ފެށީ ކޯލިޝަންގެ މެމްބަރުންނެވެ. ބައެއް އާއްމުން އެމީހުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ބަންޑުން ކޮށްލިތަން ފެނުނެވެ. އެމްޑީޕީއަށް ނިސްބަތްވާ ބައެއް މީހުންނަށް ކަމުނުދިޔައީ ޖުމްހޫރީ ޕާޓީގެ ސްލޮޓްތަކަށް އައި މީހުންނެވެ. ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ބައެއް ފަރާތްތަކަށް ކަމުނުދިޔައީ އެކަމާއި ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތަކުން ކިޔަން ފެށި ފާޑުކިޔުމެވެ. އަނެއް ބަޔަކަށް ކަމުނުދިޔައީ ޢަދާލަތު ޕާޓީއަށް ލިބުނު ސްލޮޓްތަކެވެ. ދެން ތިބި ބަޔަކަށް ކަމުނުދިޔައީ ރައީސް މައުމޫނަށް ތާޢީދުކުރާ ފަރާތްތަކަށް މާގިނަ ސްލޮޓް ލިބުމެވެ. އަދި އެއްބަޔަކު ބުނަމުންދިޔައީ ކެބިނެޓްގައި އެމްޑީޕީގެ ކުލަ ނެތް ކަމަށެވެ.

ހެޔޮ އެއް ގޮތްވެސް ނެތޭ މީހުން ބުނެ އުޅޭ ވާހަކަ އަންނަނީ މިހާ ހިސާބުންނެވެ. މިއީ ކޯލިޝަން ސަރުކާރެކެވެ. ސެޕްޓެމްބަރު 23 ގައި ރިޔާސީ އިންތިޚާބުގައި ވޯޓުލާން ދިވެހިން ނިކުތީ ކޯލިޝަން ކެންޑިޑޭޓަކާއި، ވެރިކަމުގައި ހުންނެވި ރައީސްއާއި ދެ ބޭފުޅުންގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެކަން އެނގިގެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިޙަށް ވޯޓު ދިން ރައްޔިތުންނަށް އެމަނިކުފާނަކީ ކޯލިޝަން ކެންޑިޑޭޓްކަން އެނގެއެވެ. އެހެންކަމުން އެމަނިކުފާނުގެ ކެބިނެޓަކީ ހަމައެކަނި އެމްޑީޕީގެ ކެބިނެޓަކަށް ނުވާނެކަން ވަރަށް ރަނގަޅަށް އެނގެންވާނެއެވެ.

ރައްޔިތުން ވޯޓު ދިނީ އިންސާފު ޤާއިމްކޮށް، އަނިޔާވެރިކަން ނައްތާލުމަށެވެ. ރައްޔިތުން ބޭނުންވި ބަދަލު ފެނިއްޖެއެވެ. ދެން އޮތީ ކެބިނެޓަށް އައްޔަން ކުރެވުނު ބޭފުޅުންގެ އަމަލުތައް ކައިރިން ބެލުމެވެ. ރައްޔިތުން އެ ބޭފުޅުންނާއިމެދު ހިތްހަމަ ނުޖެހޭނަމަ، އެބޭފުޅުންގެ ދާއިރާގެ މެމްބަރުން އަރިހު ވިދާޅުވެގެން އެ ވަޒީރުންނަށް ރުހުން ނުދޭނީއެވެ. ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. ރައްޔިތުން އެދޭ ގޮތަށް މަޖިލީހުން ގޮތް ނުނިންމައިފިނަމަ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ރައްޔިތުން އެދޭ ގޮތް ތަމްސީލް ކުރާނެ މެމްބަރުން ހޮވާށެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކެބިނެޓްގައި އެކިއެކި ތުހުމަތުކުރެވޭ ބޭފުޅުން އެބަތިއްބެވިއެވެ. އެހެންކަމަށްވާނަ އެބޭފުޅުންގެ މައްސަލަތައް ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅުއްވައިގެން މައްސަލަތައް ކުރިއަށް ގެންދަވާށެވެ. ބޮޑު ތުހުމަތެއްގެ ކުށުގައި ތުހުމަތުކުރެވޭ މީހަކު ކެބިނެޓްގައި އިންނަވަން ރައީސް ސޯލިޙްވެސް ބޭނުންފުޅު ވެވަޑައިގަންނަވާނެ ހެނެއް ހިއެއް ނުވެއެވެ.

ކޯލިޝަން ކެބިނެޓަށް ފުރުސަތު ދޭން ޖެހެއެވެ. ފުރަތަމަ 100 ދުވަސްތެރޭ ރައްޔިތުންނަށް ކޮށްދޭން ވައުދުވި ކަންކަން ކޮށްދެނީ ކިހާ ވަރަކަށްތޯ ބަލަން ޖެހެއެވެ. ފެއިލްވެއްޖެނަމަ އެވަޒީރަކު ފެއިލްވީއެވެ. ކާމިޔާބު ކޮށްފިނަމަ، ޖެހިގެން އަންނަ 100 ދުވަސް އަނެއްކާވެސް ބަލާނީއެވެ. އެންމެ ހިނދުކޮޅަކަށްވެސް މަޑުނުކޮށް އަބަދުވެސް ފާރަވެރިވާން ވީއެވެ. އެހެންނަމަވެސް ރަސްމީ ފުރަތަމަ ދުވަހު މަސައްކަތަށް ނިކުމެވެޑައިގެން މަސައްކަތް ކުރައްވަން ފުރުސަތު ދޭން ޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
ބަންޑާރަ ކޮށި، ކަޅުތުއްކަލާ ކޮށި، އެންމެ ފަހުން މަޖިލިސް ވެސް ކޮށްޓަކަށް!

ބަންޑާރަ ކޮށި، ކަޅުތުއްކަލާ ކޮށި، އެންމެ ފަހުން މަޖިލިސް ވެސް ކޮށްޓަކަށް!

26 އޯގަސްޓު 2017
ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

ބައި އިލެކްޝަނެއް ނުބާއްވައި މަޖިލިސް ކުރިއަށް ގެންދިއުމުގެ ވިސްނުމެއް!

24 އޯގަސްޓު 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!

މަޖިލިސް ބަދަލުވުމަކުން ގައުމު އިސްލާހެއް ނުވޭ!

09 ޖުލައި 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު