Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރައީސް ސޯލިހުގެ ކެބިނެޓް

ރައީސް މައުމޫނުގެ ފަރާތުން ކެބިނެޓަށް ފުރަތަމަ ހުށަހެޅުއްވީ ހުސް އަންހެން ބޭފުޅުންގެ ނަން!

އައުސަރުކާރުން އައްޔަން ކޮށްފައިވާ ކެބިނެޓްގައި 7 އަންހެން ބޭފުޅުން ވަނީ ހިމެނިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2018 | އާދީއްތަ 11:20
ކެބިނެޓް މިނިސްޓަރުން ހުވާކުރައްވަނީ

ކެބިނެޓް މިނިސްޓަރުން ހުވާކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހްގެ ކެބިނެޓަށް ކުރީގެ ރައީސް އަދި ކޯލިޝަންގެ އެއް ބައިވެރިޔާ މައުމޫން އަބްދުލް ގައްޔޫމްގެ ފަރާތުން ފުރަތަމަ ހުށަހެޅުއްވާފައިވަނީ ހަތަރު އަންހެން ބޭފުޅުންގެ ނަމެވެ.

މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ފަރާތުން އާސަރުކާރުގެ ކެބިނެޓަށް ހުށަހަޅުއްވާފައިވާ ނަންތަކަކީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ ނަމާއި މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންގެ ނަމާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އައިމިނަތު އާތިފާގެ އިތުރުން ކެމްޕެއިންގައި ރައީސް މައުމޫންގެ ފަރާތްޕުޅުން އިސްކޮށް މަސައްކަތް ކުރެއްވި އައިމިނަތު ނަދިރާގެ ނަން ކަމަށް ރާއްޖެ އެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.

ނާދިރާ ކޮށްފައިވާ ޓްވީޓްގައި ވަނީ އެމްއާރުއެމްގެ ފަރާތުން ކެބިނެޓުން ފުރުސަތު ލިބުނު ކަމަށާއި ނަމަވެސް އޭނާ އެކަން ބޭނުން ނުވީ ކަމަށެވެ. އަބަދުވެސް ދިވެހި ރައްޔިތުނަށް ޚިދުމަތް ކުރުމުގފައި ހުންނަވާނެ ކަމަށް ނާދިރާ ވަނީ ވިދާޅުވެފައެވެ.

ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އަންހެން ބޭފުޅުންނާއިއެކު ނާދިރާ ހުންނެވި ފޮޓޯއަކާއިއެކު ހެރިޓޭޖް މިނިސްޓަރ ޔުމްނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާދިރާ ވާދަކުރައްވާތަން ފެންނާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އެހެން ނަމަވެސް އިންތިޚާބުގައި ވާދަކުރައްވާނެކަން ނާދިރާ އަދި ރަސްމީކޮށް އިއުލާންކުރައްވާފައެއް ނުވެއެވެ.

އައުސަރުކާރުން އައްޔަން ކޮށްފައިވާ ކެބިނެޓްގައި 7 އަންހެން ބޭފުޅުން ވަނީ ހިމެނިފައެވެ. އޭގެތެރޭގައި އެމްއާރުއެމްގެ ފަރާތުން ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ތިން އަންހެން ބޭފުޅުންގެ އިތުރުން އެމްޑީޕީގެ ފަރާތުން އައްޔަން ކުރައްވާފައިވާ މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަހްމަދު ދީދީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އައިޝަތު އަލީ ހިނެއެވެ. އަދި އަދާލަތު ޕަޓީގެ ފަރާތުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް ޝިދާތާ ޝަރީފް އައްޔަން ކުރައްވާފައިވާއިރު ޖުމްހޫރީ ޕާޓީގެ ފަރާތުން ވަނީ މިނިސްޓަރ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ އައްޔަން ކުރައްވާފައެވެ.

އަދި މިއީ މިހާތަނަށް އެންމެ ގިނަ އަންހެން ބޭފުޅުން ކެބިނެޓް މިނިސްޓަރުންނަށް އައްޔަން ކުރެވުނު ފަހަރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު