Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުރަތަމަ 100 ދުވަހުގެ ޕްލޭން

ނުހައްގުން ވަޒީފާއިންވަކިކުރި ފަރާތްތަކަށް އަނބުރާ ވަޒީފާ ދިނުމުގެ މަސައްކަތް 100 ދުވަހުގެ ތެރޭގައި ފަށަނީ

18 ނޮވެމްބަރު 2018 | އާދީއްތަ 04:14

ސިޔާސީ ލީޑަރުން ފުރަތަމަ ދުވަހު މިނިވަންކުރެވޭނެ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 18 ނޮވެމްބަރު 2018 | އާދީއްތަ 04:14
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާ ކުރައްވަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާ ކުރައްވަނީ

ނުހައްޤުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް އަނބުރާ ވަޒީފާ ދިނުމުގެ މަސައްކަތް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަށާނެ ކަމަށް އާ ސަރުކާރުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންކަން ހާމަކޮށްފައިވާ އެޖެންޑާގައި ބުނެފައިވަނީ ސިޔާސީ ލީޑަރުން ފުރަތަމަ ދުވަހު މިނިވަންކުރެވޭނެ ކަމަށާއި އަނިޔާދީ، މަރާލާ، ގެއްލުވާލާ، ޖަލަށްލާ، އަރުވާލެވެން މަޖުބޫރުކުރުވާ އަދި މުދަލަށް ގެއްލުން ދެވިފައިވާ ހުރިހައި ރައްޔިތުންނަށް އިންސާފު ލިބިދިނުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

Advertisement - newsAdvertisement

ނުހައްގުން ވަޒީފާއިން ވަކިކުރެވިފައިވާ ފަރާތްތަކަށް އެފަރާތްތަކުގެ ވަޒީފާ އަނބުރާ އިޔާދަކޮށްދިނުމުގެ މަސައްކަތް ފެށޭނެ ކަމަށާއި ވަޒީފާ އަދާކުރަމުން ދިޔަ ތަން ނޫން އެހެން ތަންތަނަށް ނުހައްގުން ބަދަލުކުރެވިފައިވާ ފަރާތްތަކުގެ ވަޒީފާ ބަދަލުކުރެވުމުގެ މަސައްކަތް ފެށޭނެ ކަމަށްވެސް އެޖެންޑާގައި ވެއެވެ.

މީގެ އިތުރުން ސިޔާސީ ހައްޔަރީންނާއި ސިޔާސީ ނުވަތަ ޒާތީ ސަބަބުތަކަށްޓަކައި ހައްޔަރުކުރެވިފައިވާ ފަރާތްތަކުގެ މައްސަލަތައް ބަލަން ފެށޭނެ ކަމަށާއި ދައުލަތުގެ މަޤާމުގެ ނުފޫޒުގެ ބޭނުންކޮށްގެން ހިންގާފައިވާ ޤާނޫނާ ޚިލާފު ޢަމަލުތަކާއި، މަޤާމުގެ ޒިންމާ ނޫފުލުމުގެ ސަބަބުން ރައްޔިތުންނަށް ލިބިދީފައިވާ ރައްކާތެރިކަމާ ހިމާޔަތް ނުލިބުމުގެ މައްސަލަތައް ބެލެންފެށޭނެ ކަމަށްވެސް އެއެޖެންޑާގައި ވަނީ ބުނެފައެވެ. އަދި ވަކިމީހަކަށް ނުވަތަ ވަކި ބަޔަކަށް ގެއްލުމެއް ދިނުމަށް ނުވަތަ ވަކިމީހަކަށް މަންފާއެއް ހޯދުމަށް، ބަދަލުކޮށް/ފާސްކޮށްފައިވާ ޤާނޫނުތައް ބަލައި މުރާޖަޢާކުރަން ފެށޭނެ ކަމަށާއި އަދުލު އިންސާފުގެ ނިޒާމު އިސްލާހުކުރުމަށް ޖޭއެސްސީ އަށާއި ފަނޑިޔާރުގެއަށް ގެންނަށް ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް 100 ދުވަހުގެ ތެރޭގައި ފެށުމަށްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

މީގެއިތުރުން ޖުވެނައިލް ޖަސްޓިސް ޤާނޫނު މަޖިލިހަށް ހުށައެޅޭނެ ކަމަށާއި ޕޭކޮމިޝަން މެދުވެރިކޮށް ސަރުކާރު މުސާރައިގެ އޮނިގަނޑު މުރާޖަޢާކޮށް ގެންނަން ފެންނަ ބަދަލުތައް ދެނެގަނެވޭނެކަމަށްވެސް ވަނީ އެއެޖެންޑާގައި ވަނީ ބުނެފައެވެ.

ހުރިހާ މިނިވަން މުއައްސަސާ ތަކުގައި މިހާރު ކަންހިގާ ގޮތުގެ އޮޑިޓެއް ހެދި އަދި އެތަނެއް އެފިޝަންޓް ކުރަން ފެށޭނެ ކަމަށާއި މުޅި ޝަރުއީދާއިރާގެ އޯޑިޓެއް ހެދި އަދި އެތަންތަން އެފިޝަންޓް ކުރަން ފެށޭނެ ކަމަށްވެސް 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާވާފައިވާ އެޖެންޑާގައި ވަނީ ހިމަނާފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް

31 ޖެނުއަރީ 2017
ކޯޓުތަކުގެ ނިންމުންތަކާ ބެހުމުގެ ޖާގައެއް ބޭރުގެ ފަރާތްތަކަށް ނެތް: ރައީސް
30 ޖެނުއަރީ 2017

މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި

30 ޖެނުއަރީ 2017
 މޫނު ބުރުގާ އަޅާތީ ރަސްދޫ ޓީޗަރަކު ވެސް ވަޒީފާއިން ވަކިކޮށްފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
22 ޖެނުއަރީ 2017

ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި

22 ޖެނުއަރީ 2017
ފިނޭންސްގެ 40 މުވައްޒަފަކަށް ވަޒީފާ އުވިފައިވާ ކަން އަންގައިފި
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް