Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހިޔާނާތް

ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި

އެއީ ދެ މިލިއަން ޑޮލަރުގެ ކާރެއް ކަމަށް

ހުސެން ފިޔާޒް
ހުސެން ފިޔާޒް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2018 | ހުކުރު 04:41
ސައުދީ ސަރުކާރުން ދިން ވަޒަން ނާރާ ކާރު އަދި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ މުހައްމަދު (ވ)

ސައުދީ ސަރުކާރުން ދިން ވަޒަން ނާރާ ކާރު އަދި ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ މުހައްމަދު (ވ)

ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި ވަޒަން ނާރާ ވައްތަރުގެ އަގު ބޮޑު ކާރެއް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ޗީފް އޮފް ސްޓާފް އަހްމަދު މުސްތަފާ މުހައްމަދުގެ ނަމުގައި ރަޖިސްޓްރީކުރުމަށް ފަހު، އެ ކާރާ ގުޅޭ މުއާމަލާތްތައް އެކި ގޮތް ގޮތަށް ބަދަލުކުރުމަށް ހިންގާފައިވާ ބޮޑު މައްސަލައެއް ފަޅައިއަރައިފިއެވެ.

މި އަހަރުގެ އޮގަސްޓް މަހުގެ މެދުތެރޭގައި ސައުދީ ސަރުކާރުން ދިވެހި ސަރުކާރަށް ހަދިޔާކޮށްފައި ވަނީ، "މާސިޑީޒް ބެންޒް އެސް 600" މަރުކާގެ ކާރެއްގެ އިތުރުން ސަލާމަތީ ސަބަބުތަކަށްޓަކައި މުއާސަލާތީ ޚިދުމަތްތައް ޖޭމުކުރާ އާލައްތައް ހަރުކޮށްފައިވާ ޒަމާނީ ވެހިކަލެކެވެ. އެ ދެ ވެހިކަލް ރާއްޖެ ގެނައީ ޗާޓަރުކޮށްގެން ސައުދީ އަރަބިއްޔާއިން އައި ކާގޯ ފްލައިޓެއްގައެވެ.

Advertisement - newsAdvertisement

ރާއްޖެ ޓީވީއަށް ލިބިފައިވާ ލިޔެކިޔުންތަކުގައިވާ ގޮތުން ސައުދީން ހަދިޔާ ކުރި ވަޒަން ނާރާ ކާރާއި ޖޭމަރު އެތެރެކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ އަލް ފައިސަލިއާ ގްރޫޕުގެ ހަވާލުގައެވެ. އެ ދެ ވެހިކަލް އެއާޕޯޓުން ވަގުތުން ގެންދިޔައީ އެމްއެންޑީއެފަށެވެ. އެއަށް އަގު ބޮޑު އަރމަޑް ކާރު ރައީސް އަބްދުﷲ ޔާމީންގެ ބޭނުންފުޅުތަކަށް ގެންދަވަނީ ބޭނުންކުރައްވަމުންނެވެ.

ކަސްޓަމްސްގެ ތެރެއިން ވެސް އެކި ފަހަރު އެކި ގޮތަށް!

އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮތް އެ ކާރު އެތެރެކުރީ ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ކަމަށް ބުނެ، އެ ކާރު ކަސްޓަމްސްއިން ނެރުމަށް އެ ކުންފުނީގެ ނަމުގައި ފޯމްތައް ހުށަހެޅިއެވެ. ނަމަވެސް ފަހުން ފަހު އެ ފޯމްތައް ކެންސަލްކޮށް، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ޗީފް އޮފް ސްޓާފް މުސްތަފާގެ ނަމުގައި ފޯމް ހުށަހެޅިއެވެ. އަމިއްލަ ކުންފުންޏެއްގެ ނަމުގައި އެތެރެކޮށްފައިވާ ވެހިކަލެއްގެ ގޮތުގައި ހެދުމަށް ކަސްޓަމްސްއަށް ހުށަހެޅި ލިޔެކިޔުންތަކުގައި މުޅިން އާ ކާރެއްގެ ގޮތުގައި ލިޔެފައިވާއިރު، ކާރުގެ އަގުގެ ގޮތުގައި ހުށަހަޅާފައި ވަނީ 32،000 އެމެރިކާ ޑޮލަރެވެ. ނަމަވެސް، ކަސްޓަމްސްއިން އެފަހަރު އެ ކާރުގެ އަގުގެ ގޮތުގައި ފާސްކޮށްފައިވާ އަގަކީ 51،621 ޑޮލަރެވެ.

ފުރަތަމަ ހުށަހެޅި ކުންފުނީގެ ލިޔުންތައް ބާތިލުކުރުމަށް ފަހު، މުސްތަފާ، ބްރޯކަރެއްގެ ގޮތުގައި އަމިއްލަ ކުންފުންޏެއް ކަނޑައަޅައި، ކަސްޓަމްސްއަށް ފޯމްތައް ހުށަހެޅިއެވެ. އެ ފަހަރު ކާރުގެ އަގު ވަނީ ވަރަށް ބޮޑަށް ދައްކޮށްފައެވެ. ކުރިން ކާރުގެ އަގުގެ ގޮތުގައި 32،000 ޑޮލަރު ކަމަށް ހުށަހެޅިއިރު، ދެ ވަނަ ފަހަރަށް ހުށަހެޅި ލިޔުންތަކުގައި ވަނީ 7،500 ޑޮލަރެވެ. މުސްތަފާގެ ނަމުގައި ހުށަހަޅާފައިވާ އެ ލިޔުންތަކުގައި ކާރުގެ އަގު 7،500 ޑޮލަރު ކަމަށް ލިޔެފައި އޮތަސް، ފާސްކޮށްދީފައި ވަނީ 80،000 ޑޮލަރަށެވެ.

ފުރަތަމަ ފަހަރު އާ ކާރެއްގެ ގޮތުގައި ހުށަހަޅާފައިވާއިރު، ދެ ވަނަ ފަހަރަށް ހުށަހަޅާފައި ވަނީ ހަލާކުވެފައިވާ ކާރެއްގެ ގޮތުގައެވެ. މިހާރު ވެސް ރައީސް ޔާމީން ބޭނުންފުޅުކުރައްވަމުން ގެންދަވާ އެ ކާރަކީ އެތެރެކުރިއިރު، އެއްވެސް ގެއްލުމެއް ލިބިފައެއް ނެތް އާކާރެކެވެ. ދެހާސް ސޯޅާގައި އުފައްދާފައިވާ އެ ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީކޮށްފައި ވަނީ ލ. ފޮނަދޫ ޒޯނަށެވެ. ނަމަވެސް އެ ކާރު އޭރުވެސް ގެންދެވީ ސިފައިންގެ ބެލުމުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅުތަކަށް ބޭނުންކުރައްވަމުންނެވެ. އެ ވެހިކަލްގެ ކަސްޓަމްއިން ނެރުމުގެ ލިޔުންތައް ތިން ވަނަ ފަހަރަށް ހުށަހަޅާފައިވާއިރު، ކޮންސައިނީއަކަށް ޖަހާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެ، މުލިއާގެ އެވެ. އެގޮތަށް ހުށަހެޅީ ރައީސް އޮފީހުން އެގޮތަށް އެންގުމުންނެވެ.

ބަދަލުކުރެވުނު ސިޓީތައް

ރައީސް އޮފީހުގެ ސިޓީ

ނޮވެމްބަރު 8 ވަނަ ދުވަހުގެ ތާރީޚުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޕްރެޒިޑެންޝަލް އެފެއާޒު މުހައްމަދު މުހްތާޒު، މުސްތަފާ އަށް ފޮނުއްވި ސިއްރު ސިޓީއަކާއި، މި މަހުގެ 14 ވަނަ ދުވަހުގެ ތާރީޚުގައި މުސްތަފާ، ޓްރާންސްޕޯޓް އޮތޯރިޓީއަށް ފޮނުއްވާފައިވާ ސިއްރު ސިޓީއެއް ވަނީ ރާއްޖެ ޓީވީއަށް ލިބިފަ އެވެ.

އެ ދެ ސިޓީގައި ވެސް އެއް އިބާރާތަކުން މިހެން ލިޔުއްވާފައިވެ އެވެ؛ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވަމުން ދިޔަ މައްސަލަތަކާ ގުޅިގެން އެ މަނިކުފާނުގެ އެދިވަޑައިގަތުމަކަށް ސައުދީ ސަރުކާރުން ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް އާރމަޑް ކާރެއް އެ މަނިކުފާނު އެ މަގާމުގައި ހުންނެވިހާ ދުވަހަކު ބޭނުންފުޅު ކުރެއްވުމަށްޓަކައި ދިވެހިރާއްޖެ އަށް ފޮނުއްވާފައެވެ. މިހާތަނަށް އެ ކާރު ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ބެއްލެވުމުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅުތަކަށް ބޭނުންކުރައްވަމުން ގެންދަވާފަ އެވެ.

އެ ކާރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ނަމުގައި ރަޖިސްޓްރީކޮށް، ދައުލަތުގެ ބޭނުންތަކަށް ބޭނުންކުރައްވަމުން ގެންދެވުމަށް ވަނީ ދަންނަވާފައިވެ އެވެ.

ނޮވެމްބަރު 14 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެއިން ޓްރާންސްޕޯޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް މަހްދީ އިމާދަށް ފޮނުވާފައިވާ ސިޓީގައި، ރައީސް އޮފީހުގެ ސިޓީއާ ހަވާލާދީ ބުނެފައި ވަނީ އެ ކާރު ރައީސުލްޖުމްހޫރިއްޔާގެ ގޭގެ ނަމަށް ބަދަލުކޮށް، "ކާރައި ގުޅޭ ގޮތުން މީގެ ކުރިން ކުރެވިފައިވާ މުއާމަލާތުތައް ބާތިލުކޮށްދެއްވުން އެދޭ" ކަމަށެވެ.

މުސްތަފާ ފޮނުއްވި ސިޓީ

ލިޔުން ނައްތާލާފައި

ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގޭގެ ނަމުގައި އަގުބޮޑު އެ ކާރު ރަޖިސްޓްރީކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދައުރުގެ ރަސްމީ އެންމެ ފަހު ދުވަހު ހުށަހެޅިއިރު، މުސްތަފާގެ ނަމުގައި އެ އުޅަނދު އޮތީ ކުރިން ހުށަހަޅައިފަ އެވެ. ޓްރާންސްޕޯޓްގެ ގަވާއިދު ބުނާ ގޮތުން "ޗެޗިސް" އެއް ނަންބަރެއްގެ އުޅަނދެއް ދެ ވަނަ ފަހަރަށް ރަޖިސްޓްރީ ވެސް ނުކުރެވޭނެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ވިއުގައިގައިވާ މި ލިޔުމުގެ ސްކްރީން ފޮޓޯއެއް

މި އުސޫލް މިގޮތަށް އޮތަސް، ރާއްޖެ ޓީވީއަށް އެނގިފައިވާ ގޮތުގައި މުސްތަފާގެ ނަމުގައި ހަދާފައިވާ ރަޖިސްޓްރީގެ ކޮޕީ އެ އޮތޯރިޓީގައި މިހާރު ނެތެވެ. އަދި އެކަމާ ގުޅޭ ބައެއް އެހެން ލިޔުންތައް ވެސް ވަނީ ނައްތާލައިފަ އެވެ. އަގުބޮޑު އެ ކާރު ރަޖިސްޓްރީކުރަން މުސްތަފާ ބުރާސްފަތި ދުވަހު ހުށަހެޅި ލިޔުންތައް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ކުރިއަށް ނުގެންގޮސް މަޑުޖައްސާލާފަ އެވެ. އަދި އެކަށައަޅާފައިވާ ނިޒާމުގެ ތެރެއިން ކުރިއަށް ގެންދަން ބެލިޔަސް، ޗެޗިސް އެއް ނަންބަރެއްގެ ވެހިކަލެއް ދެ ފަރާތަކަށް ރަޖިސްޓްރީކޮށް ދެވޭނެ ގޮތެއް ނޯންނާނެ އެވެ.

ދައުލަތުގެ ވެހިކަލެއް މުސްތަފާގެ ނަމަށް ބަދަލުކުރެވުނީ ކިހިނެއްތޯ ވެސް ސުވާލު އުފެދެ އެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލަކު ވިދާޅުވި ގޮތަށް އެގޮތަށް އެ މުއާމަލާތް ހިނގާފައި ވަނީ ވެހިކަލެއް ރަޖިސްޓްރީކުރަން ހުށަހަޅަން ޖެހޭ ހުރިހާ ލިޔުމެއް ހުށަހަޅާފައި އޮތުމުންނެވެ. ނަމަވެސް ކަސްޓަމްސްގެ ބައެއް އިސްވެރިން ވިދާޅުވީ ވެހިކަލް ރަޖިސްޓްރީ ކުރަން ރަސްމީކޮށް ބޭނުންވާ ލިޔުމެއް ދީފައިނުވާނެ ކަމަށެވެ. އެގޮތަށް ވެގެން ދިޔައީ ބާރުގަދަ ބައެއްގެ ނުފޫޒުންކަން ކަށަވަރުވެގެންދެ އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ އޮފިޝަލަކް ވިދާޅުވީ މުސްތަފާގެ ނަމުގައި ކާރު ރަޖިސްޓްރީ ކުރެވުނީ ހުށަހަޅަންޖެހޭ ހުރިހާ ލިޔުމެއް ހަމައަށް ހުރުމުންނެވެ. ނިޒާމުގެ ތެރެއިން ބަލާއިރު، ހުރިހާ ލިޔުމެއް ހަމަވުމުން އެ އެޕްލިކޭޝަންގެ ސައްހަކަން އިތުރަށް ވަޒަން ނުކުރާނެ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް ކަސްޓަމްސްގެ ބައެއް އޮފިޝަލުން ތުހްމަތު ކުރަނީ މުސްތަފާގެ ނަމަށް ކާރު ރަޖިސްޓްރީކޮށްފައި ވަނީ، އުސޫލާ ހިލާފަށެވެ. ރަޖިސްޓްރީކުރަން ކަސްޓަމްސް އިން ދޭންޖެހޭ ލިޔުމާއި، ޓެކްސް ދެއްކިކަމުގެ ބިލެއް ދޫކޮށްފައި ނުވާނެ ކަމަށް ކަސްޓަމްސްގެ އެ އޮފިޝަލް ވިދާޅުވި އެވެ.

ޗީފް އޮފް ސްޓާފް މުސްތަފާ

މުސްތަފާގެ ރައްދު

މި މުއާމަލާތާ ގުޅޭ ގޮތުން މުސްތަފާއާ ދެތިން ފަހަރެއްގެ މަތިން މުއާމަލާތް ކުރެވުނެވެ. އެފަދަ މުއާމަލާތުތަކެއް ހިންގާފައިވާ ކަމަށް އޭނާ އެއްބަހެއް ނުވެ އެވެ. ނަމަވެސް، މިހާރު އޭނާ ވިދާޅު ވަނީ "ސިޓީގައި އެ އޮތީ ދޭން ބޭނުންވާ ޖަވާބު" ކަމަށެވެ. އެ ސިޓީގައި ކާރާ ގުޅޭ ގޮތުން މީގެ ކުރިން ކުރެވިފައިވާ މުއާމަލާތުތައް ބާތިލުކުރަން އެދިފައި، ކުރިން އެއްބަސް ނުވިޔަސް ރަނގަޅު ނޫން މުއާމަލާތުތަކެއް ހިނގާފައިވާކަން އެނގިގެންދެއެވެ.

މި މައްސަލަ އޭސީސީއަށް ފެށޭ ހަފުތާގައި ހުށަހެޅުމަށް ބަޔަކު ނިންމާފައިވާކަން ރާއްޖެ ޓީވީއަށް ވަނީ އެނގިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު