Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިންޑިގޯ އެއަރލައިން

އިންޑިގޯ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށައިފި

އިންޑިޔާގެ ތިން މަންޒިލަކަށް ދަތުރުކުރޭ

ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2018 | ބުރާސްފަތި 07:17
އިންޑިގޯ: ލޯ ކޮސްޓް އެންމެ ބޮޑު އެއަރލައިން

އިންޑިގޯ: ލޯ ކޮސްޓް އެންމެ ބޮޑު އެއަރލައިން

އިންޑިއާގެ މަޝްހޫރު ބަޖެޓް އެއާލައިން އިންޑިގޯ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓް އިން ފުރައިގެން އައިސް ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި އިންޑިގޯ ފުރަތަމަ ފްލައިޓް ޖައްސާފައި ވަނީ ބުރާސްފަތި ދުވަހު ހެނދުނުގެ ވަގުތެއްގައެވެ.

މި އެއާލައިންގެ ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ރާއްޖެ އިން އިންޑިއާގެ ކޮޗިން އާއި ބެންގަލޫރުގެ އިތުރުން މުމްބާއީއަށެވެ. އެގޮތުން ކޮންމެ ދުވަހަކު މާލެ-ކޮޗިން އަށް ދަތުރުތައް ބާއްވާއިރު މާލެ- މުމްބާއީއާ ދެމެދު ހަފްތާއަކު ފަސް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާލެ- ބެންގަލޫރާ ދެމެދެ ހަފްތާއަކު ދެ ދަތުރު ކުރުމަށް ޝެޑިއުލް ކޮށްފައި ވެއެވެ.

މި ފްލައިޓްތަކަކީ ބިޒްނަޒް ކްލާސްއާ އެކު އެންމެ ހެޔޮ އަގުގައި ދަތުރުތައް ކުރުމަށް ތައްޔާރު ކޮށްފައިވާ އެއަރލައިންތަކަށްވާއިރު އިންޑިގޯ ވެބްސައިޓުން ދަތުރުތަކަށް ބުކިން ހެދޭނެ ކަމަށް އެއަރލައިނުން ވަނީ ބުނެފައެވެ.

އިންޑިގޯ އެއާލައިނުން ރާއްޖެ އާއި އިންޑިއާ ދެމެދު ކުރަން ހަމަޖެހިފައި ވަނީ ކޮންމެ ދުވަހަކު ދެ ދަތުރެވެ. ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް ) ގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރ ހަސަން އަރީފް ވިދާޅުވީ އިންޑިގޯ އެއާލައިންއާ އެކު ރާއްޖެގެ ފަތުރުވެރި ކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. މި ދަތުރުތަކާ އެކު ދެ ގައުމު ދޭތެރޭ ހުޅުވާލެވިގެންދާނެ ފާލަމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައިއެވެ.

މި އެއާލައިނުން ރާއްޖެ އާއި އިންޑިއާ ދެމެދު ދަތުރުތަކުގައި ބޭނުން ކުރަނީ އޭ ތްރީ މަރުކާގެ ސަތޭކަ ތިރީސް މީހުންގެ ޖާގައިގެ ބޯޓެއް ކަމަށެވެ.

އިންޑިގޯ އެއާލައިންގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިން ވެސް ބައިވެރިވި ވަޑައިގެންނެވި ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާނެއް ގޮތުގައި ބައިވެރިވެވަޑައިގެންނެވީ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުވައިވާ ސަފީރު އަކިލޭޝް މިޝްރާއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިޝްރާ ވިދާޅުވީ އިންޑިއާގެ އިތުރު އެއާލައިނެއްގެ ދަތުރުތައް ރާއްޖެ އަށް ފެށުމުން އެކަމާ އުފާކުރައްވާ ކަމަށާއި އަދި މީގެ ސަބަބުން ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ.

އިންޑިގޯ އެއާލައިން ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު އިންޑިއާގެ ގޯ އެއާގެ ދަތުރުތައް ވެސް ރާއްޖެއަށް ވަނީ ފަށާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017
ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137  ޕަސެންޓް އިތުރުވެއްޖެ

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

20 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

އެއާ ފްރާންސްގެ ދަތުރުތައް ނޮވެމްބަރު މަހު ރާއްޖެއަށް ފަށަނީ

07 ފެބުރުއަރީ 2017
"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

"އެވެސް މިވެސް"ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ވީއޭއެމްކޯ އިން ފަށައިފި

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު