Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާާ ސަރުކާރުގެ ކެބިނެޓް

އާ ސަރުކާރުގެ ކެބިނެޓްގައި 19 މިނިސްޓްރީ

13 ނޮވެމްބަރު 2018 | އަންގާރަ 13:35

ސިޔާސީ މަގާމްތަށް މަދުވާނެ

ހައްވާ މުހައްމަދު
ހައްވާ މުހައްމަދު | 13 ނޮވެމްބަރު 2018 | އަންގާރަ 13:35
އާ ސަރުކާރުގެ ކޯލިޝަންގެ އިސްވެރިން

އާ ސަރުކާރުގެ ކޯލިޝަންގެ އިސްވެރިން

ހޮނިހިރު ދުވަހު ރައީސްކަމުގެ ހުވާ ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އުފައްދަނީ 19 މިނިސްޓްރީ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކޮށްފިއެވެ.

އިންތިހާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވިދާޅުވި ގޮތުގައި 19 މިނިސްޓްރީގެ އިތުރުން ދައުލަތުގެ ބަންޑާރަ ނައިބު ހުންނަވާނެ އެވެ.

Advertisement - newsAdvertisement

މާރިޔާ ވިދާޅުވީ މިނިސްޓްރީތައް އިތުރުވި ނަމަވެސް މިހާރު ސިޔާސީ މަގާމުތަކަށް ކުރާ ހޭދަ 16 ޕަސެންޓް ކުޑަވެގެންދާނެ ކަމަށެވެ. ސިޔާސީ މަގާމުތަކުގެ އަދަދު ރައީސް ޔާމީންގެ ސަރުކާރުގައި 700 އަށް އަރާ އިރު އެ އަށް ވުރެ 100 ވަރަކަށް މަގާމު އިންތިޚާބީ ރައީސްގެ ސަރުކާރުގައި މަދުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ

އާ ސަރުކާރުގައި އުފައްދަނީ އާ ހަތަރު މިނިސްޓްރީއެއް ކަމަށާއި، މިހާރު ހުރި ބައެއް މިނިސްޓްރީތަކުގެ ނަމާއި މެންޑޭޓްތައް އާ ސަރުކާރުގައި ބަދަލުވެގެންދާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"މިހާރު މި ސަރުކާރުގައި 700 އަށް ވުރެ ގިނަ ސިޔާސީ މަގާމް އެބައޮތް. ރައީސް ސޯލިހުގެ ސަރުކާރުގައި ތިއްބަވާނީ މިހާރު އޮތް ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނަށް ވުރެ 100 އަށް ވުރެ މަދު އަދަދެއްގައި. މިއީ ހަރަދަށް ބަލާއިރު ކިހާވަރެއްކަން ރައްޔިތުން މީހާގެ ޖީބުން ސޭވް ވާނެތޯ ބައްލަވައިފި ކަމުގައިވަނީނަމަ ޓްރާންސްލޭޓްވަނީ ގާތްގަނޑަކަށް 16 ޕަސެންޓް،" މާރިޔާ ވިދާޅުވިއެވެ.

އިންތިޚާބީ ރައީސް ސޯލިހުގެ ސަރުކާރުން އަލައް އުފައްދާ މިނިސްޓްރީ ތަކަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް ސައިންސް ޓެކްނޮލިޖީއެވެ.

އާ މަސްއޫލިއްޔަތުތަށް ހަވާލުކުރެވުނު ފަސް މިނިސްޓްރީއަކީ މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް، މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އެވެ.

ނަން ބަދަލުވާ ބައެއް މިނިސްޓްރީ ތަކަކީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ނަން މިނިސްޓްރީ އޮފް ޑިފެންސް އަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޒަރީގެ ނަން މިނިސްޓްރީ އޮފް ފިނޭންސް ގެ ނަމަަށް އަދި މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާރޖީގެ ނަން މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ނަމަށް އާ ސަރުކާރުގައި ބަދަލުވެގެންދާނެއެވެ.

އެއްވެސް ބަދަލެއް ގެނެސްފައިނުވާ ތަކަކީ މިނިސްޓްރީ އޮފް ހޯމް އެފެއާރޒް، މިނިސްޓްރީ އޮފް ފޮރިން އެފެއާރޒް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ޓުއަރިޒަމް، މިނިސްޓްރީ އޮފް ހެލްތު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި އެޓާރނީ ޖެނެރަލްގެ އޮފީހެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް