Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަޖެޓް 2019

ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!

ސަޕްލިމެންޓަރީ ބަޖެޓަށް ހުށަހެޅުމަށް ވިސްނަމުންދަނީ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2018 | އަންގާރަ 09:00
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ ފްލެޓްތައް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ ފްލެޓްތައް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކަ ހިމަނާފައިނުވާނެ ކަމަށާއި ސަޕްލިމެންޓަރީ ބަޖެޓަށް ހުށަހެޅުމަށް ވިސްނަމުންދާ ކަމަށް އެމްޑީޕީގެ އިގުތިސާދީ ކޮމެޓީގެ ނާއިބު މުގައްރިރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުތަކުގެ ތެރޭގައި ބަޖެޓްގައި މިވަގުތު ހިމަނާފައިވާނީ 321 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރޭގައި ސިފައިންނާއި ފުލުހުންނަށް ހާއްސަ ހައުސިން މަޝްރޫއަށް 102 މިލިއަން ރުފިޔާ ހިމަނާފައި ވެއެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ދައުރުގައި އިއުލާންކޮށް މަސައްކަތް ފަށާފައިވާ އެ މަޝްރޫއުތައް ހުއްޓިފައި ހުންނަތާ އެތައް އަހަރެއް ވެއްޖެއެވެ. މި ފްލެޓްތަކުގެ ބޮޑު ބައެއް ވަނީ ނިމިފައެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ލ. ގަމުގައި 200 ހައުސިން ޔުނިޓްގެ މަޝްރޫއަށް 35 މިލިއަން ރުފިޔާ އާއި ޅ. ނައިފަރު އަދި ބ. ތުޅާދޫގައި ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓްގެ މަޝްރޫއަށް 35 މިލިއަން ރުފިޔާގެ އިތުރުން މ. ކޮޅުފުށީގައި 150 ހައުސިން ޔުނިޓްގެ މަޝްރޫއަށް 26 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައި ވެއެވެ.

އަމީރު ވިދާޅުވީ މާލެ ސަރަހައްދުގައި އަލަށް ހަދާ ފްލެޓްގެ މަޝްރޫއު ބަޖެޓްގައި ހިމަނާފައި ނުވަނީ ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދާ ފްލެޓް މަޝްރޫއުގެ މަސައްކަތް ނިންމުމަށް އަލަށް އަންނަ ސަރުކާރުން ފުރަތަމަ އިސްކަމެއް ދެއްވާނެތީ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން 7،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިއީ ގާތްގަނޑަކަށް 240 މިލިއަން ޑޮލަރުގެ މަޝްރޫއަކަށްވާ އިރު މި ތަންތަނުގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް ނުވަތަ މޭ މަހުގެ ތެރޭގައި ނިމި މީހުންނަށް ވަދެވޭނެ ކަމަށް މި ސަރުކަރުން ވަނީ ބުނެފައެވެ. މި ފްލެޓްތައް ލިބޭ ފަރާތްތައް މިހާރު ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުން ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގިނަ މަޝްރޫއުތަކެއް ވަނީ ފަށާފައެވެ. އަދި "ހިޔާ" މަޝްރޫއުގެ ތެރެއިން ގިނަ ކުންފުނިތަކަކުން ވަނީ ހައުސިން މަޝްރޫއުތައް އިއުލާނުކޮށްފައެވެ. އަމީރު ވިދާޅުވީ އެ މަޝްރޫއުތަކާ ގުޅޭ ބަޖެޓް ހިމެނިފައި ވަނީ އެ ކުންފުނިތަކުގެ ތެރެއިން ކަމަށެވެ.

މާލޭ ސަރަހައްދުގައި އިތުރު ހައުސިން ޔުނިޓްތަކެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިފައި ނުވި ނަމަވެސް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވައުދެކެވެ.

އަމީރު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓްގެ ތެރެއިން އަލަށް އަންނަ ސަރުކާރުގެ ގެދޮރު އިމާރާތްކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބަޖެޓް ކުރެވި އިއުލާންކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ފެނުގެ ނިޒާމް ތަރައްޤީ ކުރުމުގެ 36 މަޝްރޫއަށް 150 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މަލްޓި ސްޓޯރީ ޕާކިން 3 އިމާރާތް ހެދުމަށް 63 މިލިއަން ރުފިޔާގެ އިތުރުން، މާލެ ރީޑިވެލޮޕްމަންޓް އަދި އާޓީފިޝަލް ބީޗް ސަރަހައްދު ތަރައްޤީ ކުރުމަށް 42 މިލިއަން ރުފިޔާ ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު