Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބޮލީވުޑް

'ތަގްސް އޮފް ހިންދުސްތާން' 100 ކްރޯޑް ކްލަބަށް!

ރިލީޒް ކުރި ފުރަތަމަ ދުވަހު 52.5 ކުރޯޑް ރުޕީސް ވަނީ ލިބިފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 13 ނޮވެމްބަރު 2018 | އަންގާރަ 06:09
\'ތަގްސް އޮފް ހިންދުސްތާން\' ޕޯސްޓަރ

\'ތަގްސް އޮފް ހިންދުސްތާން\' ޕޯސްޓަރ

މިދިޔަ ބްރާސްފަތި ދުވަހު ރިލީޒްކުރި އާމިރް ޚާންގެ "ތަގްސް އޮފް ހިންދުސްތާން" ވަނީ ތިން ދުވަހުގެ ތެރޭގައި ބޮކްސް އޮފީހުގައި 100 ކްރޯޑް ކްލަބަށް ވަދެފައެވެ.

މި ފިލްމް ރިލީޒް ކުރި ފުރަތަމަ ދުވަހު ފިލްމް މިވަނީ ރެކޯޑު މުގުރާފައެވެ.

މި ފިލްމަށް ރިލީޒް ކުރި ފުރަތަމަ ދުވަހު 52.5 ކުރޯޑް ރުޕީސް ވަނީ ލިބިފައެވެ.

މިހާތަނަށް ބޮލީވުޑްގެ ފިލްމެއް އެޅުވިތާ ފުރަތަމަ ދުވަހުން 50 ކުރޯޑް ރުޕީސް އަށް ވުރެ މައްޗަށް ލިބުނު ފުރަތަމަ ފިލްމަށް މި ފިލްމު ވަނީ ވެފައެވެ.

ދެވަނަ ދުވަހު 28.25 ކްރޯޑް ރުޕީސް، ތިން ވަނަ ދުވަހު 22.75 ކްރޯޑް ރުޕީސް އަދި ހަތަރު ވަނަ ދުވަހު 17.25 އާ އެކު މި ފިލްމް ވަނީ ބޮކްސް އޮފީހުގައި ސަތޭކަ ކްރޯޑް ކުލަބަށް ވަދެފައެވެ. މި ފިލްމު5000 ސްކްރީނެއްގައި ވަނީ އަޅުވާފައެވެ.

ފުރަތަމަ ދުވަހާއި އަޅާބަލާއިރު ފިލްމަށް ލިބެމުން ދިޔަ ތަރުހީބު ކުޑަވެފައި ވަނީ ފިލްމު ކްރިޓިކުންގެ ފާޅުކުރި ނެގެޓިވް ހިޔާލުތައް ގިނަވުމުން ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ކްރިޓިކުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ ފިލްމު މާދިގުވުމެވެ. މި ފިލްމު މި އަށް ވުރެ ރަނގަޅު ސްކްރިޕްޓަކާ އެކު ކުރުކޮށް ގެނެސްދެވޭނެ ކަމަށް ކްރިޓިކުން ވަނީ ބުނެފައެވެ. އަދި މި ފިލްމްގެ ޑައިރެކްޝަން ވެސް ކަމުނުދާކަން ކްރިޓީކުން ވަނީ ފާހަގަ ކޮށްފައެވެ.

"ތަގްސް އޮފް ހިންދުސްތާން" ގައި ޝޫޓުކޮށްފައިވާ ބޮޑުބަޔަކީ ކަނޑާއި ބޯޓުތަކުގެ މަންޒަރުތަކެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފިލްމުގައި ބޭނުންކޮށްފައިވާ ދެ ބޯޓު ހެދުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަނީ ނަގާފައެވެ. އެ ދެބޯޓުގެ ބަރުދަނުގައި އެކަނި ވެސް ދެ ލައްކަ ކިލޯ ހުންނަ ކަމަށް ވެއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި މި ދެ ބޯޓު ބަނުމަށް 1000 އެއްހާ އިންޓަނޭޝަނަލް ޑިޒައިނަރުންނާއި ބޯޓު ބަންނަ މީހުން ވަނީ ހަރަކާތްތެރި ވެފައެވެ. މި ދެބޯޓު ބަނދެފައި ވަނީ ޔޫރަޕްގެ ގައުމެއް ކަމަށްވާ މޯލްޓާގައެވެ. މި ފިލްމުގެ މަންޒަރުތައް ވެސް ނަގާފައި ވަނީ މޯލްޓާ އާއި މުމްބާއީގައެވެ.

ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރި މި ފިލްމުގެ ވާހަކަ ލިޔެ، ފިލްމު ޑައިރެކްޓްކޮށްފައި ވިޖޭ ކްރިޝްނާ އަޗާރިޔާއެވެ.

"ތަގްސް އޮފް ހިންދުސްތާން"ގައި އާމިރު ޚާންގެ އިތުރުން އަމީތާބް ބައްޗަން އާއި ފާތިމާ ސަނާ ޝައިޚް އަދި ކެޓްރީނާ ކައިފް އާއި މުޙައްމަދު ޒީޝާން އައްޔޫބް ފެނިގެންދެއެވެ. ފިލްމްގެ ތަރިންގެ އެކްޓިން އަށް ގިނަ ބައެއްގެ ތައުރީފު ލިބިގެންދިޔަ ނަމަވެސް ފިލްމުގެ ޑައިރެކްޝަނާއި ސްކްރިޕްޓަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.

މި ފިލްމަކީ 1839 ވަނަ އަހަރު ނިކުތް ނޮވެލް "މެއޮޑީވްސް" ލިޔެފައިވާ "ނޮވެލް ކޮންފެޝަން އޮފް އަ ތަގް" މި ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމަކީ 300 ކްރޯޑް ރުޕީސްއަށް ވުރެ ވެސް ބޮޑު ބަޖެޓަކުން ހެދި ފިލްމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ފިލްމް އެންމެ ބޮޑަށް އަޅާ ކިޔަމުންދަނީ ހޮލީވުޑްގެ މަޝްހޫރު ފިލްމް "ޕައިރޭޓްސް އޮފް ދި ކެރީބިއަން"" އާއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިއީ އެ ސީރީޒްގެ ފިލްމްތައް އިރާލައިގެން ތައްޔާރުކޮށްފައިވާ މަސްހުނިގަނޑެކެވެ. އަދި ހާއްސަކޮށް ފިލްމްގައި ލަވަތައް ބޭނުން ކޮށްފައިވާ ގޮތާއި ކެޓްރީނާގެ ރޯލު ބޭކާރު ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ،.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަގްސް އޮފް ހިންދުސްތާން: ބޮޑު ތަރުހީބެއް

ތަގްސް އޮފް ހިންދުސްތާން: ބޮޑު ތަރުހީބެއް

10 ނޮވެމްބަރު 2018
ސިޔާދު ގާސިމް ޖަލުގައި 100 އަށްވުރެ ގިނަ ދުވަސް، ޕީޖީ ސަމާސާ ކުރުމުގައި!

ސިޔާދު ގާސިމް ޖަލުގައި 100 އަށްވުރެ ގިނަ ދުވަސް، ޕީޖީ ސަމާސާ ކުރުމުގައި!

22 މެއި 2018
އޮސްކާސް 2018: އެންމެ ގިނަ އެވޯޑް ލިބުނީ ދަ ޝޭޕް އޮފް ވޯޓަރއަށް

އޮސްކާސް 2018: އެންމެ ގިނަ އެވޯޑް ލިބުނީ ދަ ޝޭޕް އޮފް ވޯޓަރއަށް

05 މާރިޗު 2018
އަނިޔާގެ ކުރިމަތީ ފަސް ނުޖެހުނު ލީޑަރު ބަންދުގައި 1000 ދުވަސް!

އަނިޔާގެ ކުރިމަތީ ފަސް ނުޖެހުނު ލީޑަރު ބަންދުގައި 1000 ދުވަސް!

25 ޖެނުއަރީ 2018
ބަފްޓާ އެވޯޑްސް: އެންމެ ގިނަ ނޮމިނޭޝަން ޝޭޕް އޮފް ވޯޓަރ، ތްރީ ބިލްބޯޑްސް އަށް

ބަފްޓާ އެވޯޑްސް: އެންމެ ގިނަ ނޮމިނޭޝަން ޝޭޕް އޮފް ވޯޓަރ، ތްރީ ބިލްބޯޑްސް އަށް

11 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު