Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ތަގްސް އޮފް ހިންދުސްތާން

ތަގްސް އޮފް ހިންދުސްތާން: ބޮޑު ތަރުހީބެއް

ފުރަތަމަ ދުވަހު އެކަނި ވެސް 52.5 ކުރޯޑް ރުޕީސް ވަނީ ހޯދާފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 10 ނޮވެމްބަރު 2018 | ހޮނިހިރު 00:06
ތަގްސް އޮފް ހިންދުސްތާން ޕޯސްޓަރ

ތަގްސް އޮފް ހިންދުސްތާން ޕޯސްޓަރ

ތަގްސް އޮފް ހިންދުސްތާނު ސިނަމާތަކުގައި އަޅުވާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.

ފިލްމެއް އަޅުވާތާ ފުރަތަމަ ދުވަހުން އިންޑިއާގެ ފިލްމަކަށް މިހާތަނަށް ނުލިބޭ އާމްދަނީ އާމިރު ޚާން ގެ ތަގްސް އޮފް ހިންދުސްތާން ވަނީ ހޯދާފައެވެ.

މިމަހުގެ 8 ވަނަ ދުވަހު އެކަނި ވެސް އެފިލްމު މިވަނީ ރެކޯޑުތައް މުގުރާފައެވެ. ސިނަމާގައި އެޅުވި ފުރަތަމަ ދުވަހު 52.5 ކުރޯޑް ރުޕީސް ވަނީ ހޯދާފައެވެ. މިހާތަނަށް ބޮލީވުޑްގެ ފިލްމެއް އެޅުވިތާ ފުރަތަމަ ދުވަހުން 50 ކުރޯޑް ރުޕީސް އަށްވުރެ މައްޗަށް ފިލްމު އެޅުވިތާ ފުރަތަމަ ދުވަހު ފިލްމަކުން ލިބުނު ފުރަތަމަ ފިލްމަށް މި ފިލްމު ވަނީ ވެފައެވެ. 5000 ސްކްރީނެއްގައި މި ފިލްމު ވަނީ އަޅުވާފައެވެ.

އާމިރު ޚާންއަކީ އަބަދުވެސް އޭނާ ކުޅޭ ކޮންމެ ފިލްމަކަށް ވަރަށް ތައްޔާރުވާ މީހެކެވެ. ތަގްސް އޮފް ހިންދުސްތާނުގައި ޝޫޓުކޮށްފައިވާ ބޮޑުބަޔަކީ ކަނޑާއި ބޯޓުތަކުގެ މަންޒަރުތަކެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މި ފިލްމުގައި ބޭނުންކޮށްފައިވާ ދެ ބޯޓު ހެދުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވަނީ ނަގާފައެވެ. އެ ދެބޯޓުގެ ބަރުދަނުގައި އެކަނި ވެސް ދެ ލައްކަ ކިލޯ ހުންނަކަމަށްވެއެވެ. އެއްއަހަރު ދުވަހުގެ ތެރޭގައި މި ދެބޯޓު ބަނުމަށް 1000 އެއްހާ އިންޓަނޭޝަނަލް ޑިޒައިނަރުންނާއި ބޯޓު ބަންނަ މީހުން ވަނީ ހަރަކާތްތެރި ވެފައެވެ. މިދެބޯޓު ބަނދެފައިވަނީ ޔޫރަޕްގެ ގައުމެއްކަމަށްވާ މޯލްޓާގައެވެ. މި ފިލްމުގެ މަންޒަރުތައް ވެސް ނަގާފައި ވަނީ މޯލްޓާ އާއި މުމްބާއީގައެވެ.

ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ވާހަކަ ލިޔެ، ފިލްމު ޑައިރެކްޓްކުރަނީ ވިޖޭ ކްރިޝްނާ އަޗާރިޔާއެވެ.

ތަގްސް އޮފް ހިންދުސްތާނުގައި އާމިރު ޚާންގެ އިތުރުން އަމީތާބް ބައްޗަން އާއި ފާތިމާ ސަނާ ޝައިޚް އަދި ކެޓްރީނާ ކައިފް އާއި މުޙައްމަދު ޒީޝާން އައްޔޫބް ފެނިގެންދެއެވެ.

މި ފިލްމަކީ 1839 ވަނަ އަހަރު ނިކުތް ނޮވެލް މެއޮޑީވްސް ލިޔެފައިވާ "ނޮވެލް ކޮންފެޝަން އޮފް އަ ތަގް" މި ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި ފިލްމު އަޅުވާތާ ފުރަތަމަ ދެ ދުވަހު ފިލްމަށް 100 ކުރޯޑް އިންޑިއަން ރުޕީސް ލިބުމަކީ ވަރަށް ގާތްކަމެކެވެ. އަދި 500 ކުރޯޑް ރުޕީސްގެ ބަޖެޓުން ޖާގަ ހޯދުމަށް ހަފްތާއެއްހާ ދުވަސް ވާނެކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި ފިލްމު އެތަށް ރެކޯޑެއް މުގުރާލާނެކަމަށް ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

ފ. އަތޮޅު ޑީލާ މެދު ވަރަށް، ވަރަށް، ބޮޑަށް ރައްޔިތުން ކަންބޮޑުވާން ޖެހެއެވެ!

11 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު