Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު އުކުޅަހަށް ވަޑައިގަތުން

ވެރިކަމަށް ހޮވުނީ އިއްތިހާދަކުންކަން ޤަބޫލް ކުރައްވައިގެން ކެބިނެޓް ނަންގަވާނީ ރައީސުލް ޖުމްހޫރިއްޔާ: ނަޝީދު

12 ނޮވެމްބަރު 2018 | ހޯމަ 14:41

އިންތިޚާބު ކާމިޔާބު ކުރެވުނީ ކޯލިޝަނަކުން ކުރި މަސައްކަތަކުން

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 12 ނޮވެމްބަރު 2018 | ހޯމަ 14:41
ރައީސް ނަޝީދު އުކުޅަހުގައި ވާހަކަ ދައްކަވަނީ

ރައީސް ނަޝީދު އުކުޅަހުގައި ވާހަކަ ދައްކަވަނީ

މިމަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާ ހަވާލުވެވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ސޯލިހު، ރައިސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލާނީ އެކަން ޤަބޫލު ކުރައްވައިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހްއަށް އިންތިހާބު ކާމިޔާބުވީ ޕާޓީތައް ގުޅިގެން ކުރި މަސައްކަތުން ކަމަށާއި އެކަން އެމަނިކުފާނުގެ ވިސްނުންފުޅުގައި އަބަދުވެސް ހުންނާނެ ކަމަށެވެ. އެކަމަކު އެމަނިކުފާނު ގުޅިފައިވާ ސަރުކާރެއް އެކުލަވާލާއިރު އަޅުގަނޑުމެން އެންމެން ވެސް ހަނދާން ބަހައްޓަންވީ އަސްލުތަކެއް އެބަހުރި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުން ވަޒީރުންގެ މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތާއި ޒިންމާ އަދި ރައީސުލްޖުމްހޫރިއްޔާގެ ހައްގެއް ކަމަށެވެ.

"ތެދުފުޅެއް ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ އިންތިހާބުވެވަޑައިގެންނެވީ އިއްތިހާދަކުންކަން. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވާ ވަޒީރުންގެ މަޖިލީހަކީ އެމަނިކުފާނުގެ ވަޒީރުންގެ މަޖިލީހެއް، އެއީ އެމަނިކުފާނުގެ ގާނޫނީ ހައްގެއް، ކޮންމެ ހައްގަކާއެކު ޒިންމާއަކާއެކުވާ އަސްލެއް. އެމަނިކުފާނުގެ ކެބިނެޓް އެކުލަވާލައްވާއިރުގައި އަޅުގަނޑު ދެކޭގޮތުގައި ޕާޓީތަކުން އެ މައްޗަށް "ސަވާރުވުމަށް" ނުވަތަ ބުރަވުމަށްމަސައްކަތް ކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ ގާނޫނުތައް ވެސް އަދި އާންމު އަހްލާގު ވެސް ތަންދޭ ކަމެއް ނޫން"ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިބްރާހީމް މުހައްމަދު ސޯލިހް ވަޒީރުންގެ މަޖިލީހެއް، އުފައްދަވާނީ އަދި އެމަނިކުފާނު ރިޔާސަތު އަދާކުރައްވާ އެމަނިކުފާނުގެ ސަރުކާރު ހިމެނިގެން ވާނީ ޝައްކެއް ވެސް ނެތް ގޮތުގައި އިއްތިހާދުގެ ވިސްނުން، އިއްތިހާދުގެ ތަސައްވުރު، އިއްތިހާދުގެ އުއްމީދުތައް އެކުލެވޭ ސަރުކާރެއްގެ ގޮތުގައި ކަމަށެވެ. އަދި އިއްތިހާދުގެ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން އެކަމަށްޓަކައި އެކުލަވާލާ ސަރުކާރުގެ ކޮންމެ މަގާމަކީ ވެސް ހުދު އިބްރާހީމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާ މަގާމަކަށް ވެގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ އިތުރުން އެމްޑީޕީގެ އިސްސަފުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުން ބައިވެރިވެވަޑައި ގަންނަވައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

03 ޖުލައި 2017

އަނިޔާވެރިކަމަށް ބޯ ނުލަބާނަން، ޖެހޭނީ ބޯ ކަނޑާލަން: ޝާހިދު

03 ޖުލައި 2017
އަނިޔާވެރިކަމަށް ބޯ ނުލަބާނަން، ޖެހޭނީ ބޯ ކަނޑާލަން: ޝާހިދު
04 މެއި 2017

އަނިޔާވެރިކަމަށް އެއްވެސް އިރެއްގައި ކުރިއެރުމެއް ނޯންނާނެ: ޝާހިދު

04 މެއި 2017
އަނިޔާވެރިކަމަށް އެއްވެސް އިރެއްގައި ކުރިއެރުމެއް ނޯންނާނެ: ޝާހިދު
03 މެއި 2017

ނޫސްވެރިކަމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ "ހައްދުން ނެއްޓުން": ސަރުކާރު

03 މެއި 2017
ނޫސްވެރިކަމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ "ހައްދުން ނެއްޓުން": ސަރުކާރު
02 މެއި 2017

ވެރިކަމަށް ގެންނެވީތީ ރައީސް ޔާމީން ޤާސިމް ގަޔަށް އެޖައްސަވަނީ ކަށި: ސަމީރު

02 މެއި 2017
ވެރިކަމަށް ގެންނެވީތީ ރައީސް ޔާމީން ޤާސިމް ގަޔަށް އެޖައްސަވަނީ ކަށި: ސަމީރު
21 އެޕްރީލު 2017

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް

21 އެޕްރީލު 2017
ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީއްސުރެ ލާމަރުކަޒީ ނިޒާމް އައީ ހަލާކުކުރަމުން: ޝިފާޒް
02 އެޕްރީލު 2017

ރާއްޖޭގެ ފަތުރުވެރިކަމަށް ކުޑަ ހީނަރުކަމެއް!

02 އެޕްރީލު 2017
ރާއްޖޭގެ ފަތުރުވެރިކަމަށް ކުޑަ ހީނަރުކަމެއް!
01 އެޕްރީލު 2017

އާއިލި ވެރިކަމެއް ކުރުމުގެ ވިސްނުމެއް ނެތް، ވެރިކަމަށް ޝަޢުޤެއް ވެސް ނެތް: ފާރިސް

01 އެޕްރީލު 2017
އާއިލި ވެރިކަމެއް ކުރުމުގެ ވިސްނުމެއް ނެތް، ވެރިކަމަށް ޝަޢުޤެއް ވެސް ނެތް: ފާރިސް
01 އެޕްރީލު 2017

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫންގެ ކޮނޑުފުޅުގައި އެލިގެން: ޝާހިދު

01 އެޕްރީލު 2017
 ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫންގެ ކޮނޑުފުޅުގައި އެލިގެން: ޝާހިދު
10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް