Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ޖަލްސާ

ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރައީސް މައުމޫންގެ ކޮނޑުފުޅުގައި އެލިގެން: ޝާހިދު

މައުމޫނާއި ދޭތެރޭ ސަރުކާރުން ކަންތަށް ކުރައްވަނީ "ހިތުހުރި ގޮތަކަށް"

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް, ރާއްޖެ އެމްވީ | 1 އެޕްރީލު 2017 | ހޮނިހިރު 04:50
ރައީސް މައުމޫން ރައީސް ޔާމީނާއި ސަލާމް ކުރައްވަނީ

ރައީސް މައުމޫން ރައީސް ޔާމީނާއި ސަލާމް ކުރައްވަނީ

ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތީ އެމަނިކުފާނެގެ އެއްބަފާ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކޮނޑުފުޅުގައި "އަސާގަނޑެެއް އްހެން" އެލިގަނެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމްގެ އޮފީހަށް ވަދެ އޮފީހުގެ ނަންބޯޑާއި ޕީޕީއެމްގެ ދިދަ ފުލުހުން ނެގުމަށް ފަހު އެމަނިކުފާނަން ސިޔާސީ ހަރަކާތް ނުހިންގެވޭ ވަރު މި ސަރުކާރުން ކުރާއިރު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނެއުމަށްޓަކައި ރައީސް މައުމޫން ކުރެއްވި މަސައްކަތްޕުޅާއި މެދު ވިސްނާލަންޖެހޭ ކަމަށެވެ. އަދި ރައީސް މައުމޫނާއި ދޭތެރޭ މި ސަރުކާރުން ކަންތައް ކުރައްވަނީ "ހިތުހުރި ގޮތަކަށް" ކަމަށް ޝާހިދު ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ރައީސް ޔާމީން ރައީސް ކަމަށް ވަޑައިގެންނެވުނީ އަސާގަނޑެއްހެން ރައީސް މައުމޫންގެ ކޮނޑުގައި އެލިވަޑައިގަނެގެން، ލަތުވެތިކަމުގެ އިންތިހާ، މަގާމު ލިބުނީމަ އެއްފަރާތް އެ ކޮށްލީ ހިތުހުރި ގޮތަކަށް،" ޝާހިދު ވިދާޅުވިއެވެ.

ކޯޓު އަމުރު ތަންފީޒްކުރުމަށް ކަމަށް ބުނެ، ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ނަން ބޯޑާއި، ދިދަ ނެގުމަށް ފުލުހުން، ހ. ތެމާއަށް ވަދެފައިވަނީ، ހުކުރު ދުވަހުގެ ރޭ 7:30 ގައެވެ. ފުލުހުން އެ އޮފީހަށް ވަދެފައި ވަނީ، އޮފީހުގެ ތަޅު ހަލާކުކޮށްލުމަށް ފަހުގައެވެ.

ޝާހިދު ވިދާޅުވީ މި ސަރުކާރުން ރައީސް މައުމޫން ނިކަމަތިކޮށްލައިގެން ރައީސް ޔާމީނަން ލިބޭނެ އިޙްތިރާމެއް ގަދަރެއް ނޯންނާނެ ކަމަށެވެ. އިޙްތިރާމާއި ގަދަރަކީ ގަދަ ބާރުން ހޯދާ އެއްޗެއް ނޫންކަން އެންމެ ރަނގަޅަށް ހާމަވަނީ އެމްޑީޕީން ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"އަޅުގުނޑުމެންގެ ޕާޓީ ލޯބިވާ ރައީސް މުހައްމަދު ނަޝީދާއި ދޭތެރޭ ޕާޓީން ކަންތައް ކުރައްވަނީ ޑިމޮކުރަޓިކް އުސޫލުން، ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް އިޙްތިރާމް ކުރާ އުސޫލުން" ޝާހިދު ވިދާޅުވިއެވެ.

އެގޮތުން ރައީސް ނަޝީދުގެ އިނާޔަތްތަށް ގާނޫނު އަސާސީއާއި ހިލާފަށް ކަނޑާލުމަށް ފަހު އެމަނިކުފާނަކީ އެމްޑީޕީގެ ރައީސް ނޫން ކަމަށް ކަނޑައެޅި ނަމަވެސް އެޕާޓީގެ މެމްބަރުންގެ ހިތްތަކުގައި ރައީސް ނަޝީދަށް ދެވިފައިވާ މަގާމަކަށް ބަދަލެއް ނާންނާނެ ކަމަށް ޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބާއްވާ ކޮންމެ ބައްދަލުވުމެއްގައި ވެސް މިއިންނަނީ ހުސްކޮށް ބައިންދާފައި ރައީސް ނަޝީދުގެ ގޮނޑި ކޮޅު، އެއީ އަޅުގަނޑުމެން އެމަނިކުފާނަން ދޭ އިޙްތިރާމަކީ ، އަޅުގަނޑުމެން ބާއްވާ ކޮންމެ ބައްދަލުވުމެއްގައި، ރައީސް ނަޝީދު ރޫހާނީ ގޮތުން ރޫހީ ގޮތުން އެތާ އިންނަވާކަން އަޅުގަނޑުމެން ގަބޫލުކޮށްގެން މި ތިބެނީ، އެއީ ހިތުގައިވާ ގަދަރައީ" ޝީހިދު ވިދަޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު