Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަތުރުވެރިކަން ހީނަރުވުން

ރާއްޖޭގެ ފަތުރުވެރިކަމަށް ކުޑަ ހީނަރުކަމެއް!

ރިސޯޓްތަކުގެ އޮކިއުޕެންސީ ދަށް

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު, ރާއްޖެ އެމްވީ | 2 އެޕްރީލު 2017 | އާދީއްތަ 14:34
ފަތުރުވެރިއަކު ރާއްޖޭގެ މޫދުގައި ވަގުތުކޮޅެއް ހޭދަކުރަނީ

ފަތުރުވެރިއަކު ރާއްޖޭގެ މޫދުގައި ވަގުތުކޮޅެއް ހޭދަކުރަނީ

ރާއްޖޭގެ ފަތުވެރިކަމަށް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކުޑަ ހީނަރުކަމެއް އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއިބެހޭ ވުޒާރާއިން އާންމުކުރި ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ފަތުރުވެރިކަމުގެ މާކެޓްގައި ބޮޑު ހިއްސާއެއް އަދާކުރާ ބައެއް ގައުމުތަކުން ރާއްޖެއައި ފަތުރުވެރިންގެ އަދަދުވަނީ މަދުވެފައެވެ.

އެގޮތުން މިއަހަރުގެ ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި ފަހަކަށް އައިސް އެންމެގިނަ ފަތުރުވެރިން އަންނަ ޗައިނާ އިން ރާއްޖެއައި އަދަދު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 29 ޕަސެންޓްގެ ދަށްވެފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ޗައިނާ އިން ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ24،263 އަށް ދަށްވެފަ އެވެ. ޗައިނާގެ އިތުރުން ޖަޕަނާއި ސްވިޒިލޭންޑް ފަދަ ގައުމުތަކުން އައި ފަތުރުވެރިންގެ އަދަދުވެސް ދައްކަމަށް ދައްކައެވެ.

ހުޅަނގުގެ ބައެއް ގައުމުތަކުން އަންނަ ފަތުރުވެރިން މަދުވި ނަމަވެސް ރަޝިއާ އާ އެމެރިކާ އަދި އިންޑިއާ ފަދަ ގައުމުތަކުން އަންނަ ފަތުރުވެރިން މިއަހަރު ވަނީ އިތުރުވެފައެވެ.

މީގެ އިތުރުން ހުޅަނގުގެ މާކެޓަށް ބަލާނަމަ ރާއްޖޭގެ ފަތުރުވެރިކަމަށް އެންމެ މުހިންމު މާކެޓްތައް ކަމަށްވާ އިނގިރޭސިންނާއި ޖަރުމަނުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ މަދުވެފައެވެ.

ޖަރުމަނުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހަތަރު ޕަސެންޓް ދަށްވި އިރު އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު ދެ ޕަސެންޓަށް ދައްވެފައިވެއެވެ.

ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހުޅަނގުގެ ޤައުމުތަކުގެ ތެރެއިން އިޓަލީގެ ފަތުރުވެރިން އައި ނިސްބަތް ވަނީ އިތުރުވެފައެވެ. އެގޮތުން އެއަދަދު ވަނީ 21 ޕަސެންޓަށް އިތުރުވެފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖޭގެ ފަތުރުވެރިކަމަށް ކޮންމެވެސް ވަރެއްގެ ހީނަރު ކަމެއް އައިކަމަށް ދެއްކިޔަސް ކުރީ އަހަރާ އަޅާބަލާއިރު ޖުމްލަކޮށް ފަތުރުވެރިން އައި އަދަދު އިތުރެވެ.

އެގޮތުން ފެބްރުއަރީ މަހު ރާއްޖެ އައިސްފައި ވަނީ 121،052 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 0.3 ޕަސެންޓްގެ ކުޑަ އިތުރުވުމެކެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރިސޯޓްތަކުގެ އޮކިއުޕަންސީ 10 ޕަސެންޓް ވަނީ ދައްވެފައެވެ. އަދި ގެސްޓް ހައުސްތަކުގެ އޮކިއުޕަންސީ ދެ ޕަސެންޓް ދަށްވެފައިވާ ކަމަށް ދައްކައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު