Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނޫޒް ޖަލްސާ

އަނިޔާވެރިކަމަށް ބޯ ނުލަބާނަން، ޖެހޭނީ ބޯ ކަނޑާލަން: ޝާހިދު

3 ޖުލައި 2017 | ހޯމަ 17:05

އަނިޔާވެރިކަމަށް ކާމިޔާބީއެއް ނުލިބޭނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 3 ޖުލައި 2017 | ހޯމަ 17:05
ކުނޫޒް ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ

ކުނޫޒް ޖަލްސާގައި ޝާހިދު ވާހަކަދައްކަވަނީ

އަނިޔާވެރިކަމަށް ދުވަހަކުވެސް ބޯ ނުލަބާނެ ކަމަށާއި ބޯ ޖެހޭނީ ކަނޑާލަން ކަމަށް ހެންވޭރު ދެކުނު ދައިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގް ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ، ހޯމަ ދުވަހު މުޅި ރާއްޖޭގެ ރައްޔިތުންތައް އުފާވެރިކަން ގެނެސްދިނީ، މަޖިލީހުގެ ތެރެއިން 45 މެންބަރުންގެ ސޮއި ހަމަކުރެވި، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަން ޔަގީން ކުރެވެމުން ކަމަށެވެ.

Advertisement - newsAdvertisement

މި 45 މެންބަރުންނަކީ ދިވެހި ރާއްޖޭގެ އުންމީދު ކަމަށާއި މިހާރު އެ އުންމީދު ހާސިލްވެފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. ޝާހިދު ވިދާޅުވީ، 45 މެންބަރުންގެ ހަމައިން އިދިކޮޅު ފަރާތްތަކުން ފަށާފައިވާ މަސައްކަތް ނުހުއްޓާނެ ކަމަށާއި ދިވެހި މި މަސައްކަތް ހުއްޓާނީ ދިވެހި ރާއްޖޭގެ ރައްޔިތުންގެ އުންމީދުތައް ހާސިލް ކުރުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވަނީ މި ސަރުކާރުގެ އަނިޔާވެރިކަމުން ކާމިޔާބީ ހާސިލް ނުވާނެ ކަމަށް ވިދާޅުވެ، ރައީސް ޔާމީނުގެ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

" އަނިޔާވެރިކަމަކީ ދުވަހަކު ވެސް ކާމިޔާބު ލިބޭނެ ކަމެއް ނޫން. އެކަމުން ފެންނާނީ ބަލިކަށިކަން. އެކަން މިހާރު އެދަނީ ފެންނަމުން،" ޝާހިދު ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތުން އެންމެ ބޮޑަށް މަސައްކަތް ކުރާނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެއިން ގާނޫނު އަސާސީއާ އެއްގޮތްްވާގޮތުގެ މަތިން ސަރުކާރު ހަމަ މަގަށް އެޅުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީސް ފެނިގެންދިޔައީ އެންމެ ވޮޑު ޖަރީމާ ހިންގަމުން ދިޔަ ތަނުގެ ގޮތުގައި ކަމަށާއި އެމަންޒަރު ބަލަން ޕާޓީތަކުގެ ލީޑަރުންނަށް ނުކެރުނު ކަމަށް ޝާހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތުގެ ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ އިސްވެ ފެއްޓެވި މަސައްކަތަކީ ކާމިޔާބު މަސައްކަތެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރިޔާސަތުގައި ހުންނަ ގޮޑީގައި ހުރުމަކީ ޝަރަފްވެރިކަމެއް ނަމަވެސް ތާއީދު ނެތް، އިހްތިރާމު ނެތް ގޮޑިއެއްގައި އިނުމަކީ ޝަރަފްވެރިކަމަށް ނުވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް ޝާހިދު ވަނީ ފާޑު ވިދާޅުވެފަ އެވެ.

މި ސަރުކާރުގެ އޮޑި ފަރަށް އަރާފައިވާ ކަމަށާއި އިދިކޮޅު ފަރާތްތަކުގެ އޮޑިއަށް އަވަހަށް ފުއްމާލުމަށް ވިދާޅުވެ ޝާޙީދު ވަނީ ޕީޕީއެމްގެ ހުރިހާ މެންބަރުންނަށް އިދިކޮޅު ފަރާތްތަކާ ގުޅުމަށް ގޮވާލައްވާފަ އެވެ.

އިދިކޮޅު ފަރާތްތަކުން އެކުގައި ފެށި މަސައްކަތް ހުއްޓާލާނީ ސަރުކާރު ބަލި ކުރުމަށް ފަހުގައި ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

5

ދުޝްމަނުން އީރާނުގެ ބިމުގައި ފައިޖައްސާލައިފި ނަމަ ފައިބުރިކޮށްލާނަން: ކޮމާންޑަރު

އިތުރަށް ކިޔާލަން

10 މާރިޗު 2017

އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު

10 މާރިޗު 2017
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ހުއްޓާލާނީ ރައީސް ނަޝީދު ވެރިކަމަށް ގެނެސްފަ: ޝާހިދު
04 މާރިޗު 2017

ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު

04 މާރިޗު 2017
ތަރައްޤީ ބޭނުންކަމުގައިވާނަމަ އެމްޑީޕީއަށް ވޯޓުދޭންޖެހޭ: އަބްދުﷲ ޝާހިދު
26 ފެބުރުއަރީ 2017

ނުބައި ތާރީޚަކާއެކު ޗިޓް ފޮނުވުމުން ޒިޔަތުއާއި ޝާހިދުގެ ޝަރީއަތް ކެންސަލް!

26 ފެބުރުއަރީ 2017
ނުބައި ތާރީޚަކާއެކު ޗިޓް ފޮނުވުމުން ޒިޔަތުއާއި ޝާހިދުގެ ޝަރީއަތް ކެންސަލް!
24 ފެބުރުއަރީ 2017

ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު

24 ފެބުރުއަރީ 2017
ރާއްޖޭގެ އަޣުލަބިއްލަތު އޮތީ ވައްކަމާ ކޮރަޕްޝަނާ ދެކޮޅަށް: ޝާހިދު
23 ފެބުރުއަރީ 2017

މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ

23 ފެބުރުއަރީ 2017
މިއަދު އަމާންދީފިނަމަ، މާދަމާވެސް ތިބެންޖެހޭނީ އަޅުވެތިކަމުގައި: ޝިދާތާ
15 ފެބުރުއަރީ 2017

ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު

15 ފެބުރުއަރީ 2017
ތައުލީމުގެ ބިލްގައިވެސް އޮތީ މިސަރުކާރުން ޖަރީމާ ހިންގުން:ޝާހިދު
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
21 ޖެނުއަރީ 2017

މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު

21 ޖެނުއަރީ 2017
މި ސަރުކާރު ބޮޑަށް ފަރިތަވާނީ ލޯކަލް ކައުންސިލަކަށް ނޫން، ލޯކަނު ކައުންސިލަށް:ޝާހިދު
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް