Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފާރިސްގެ އިންޓަވިއު

އާއިލި ވެރިކަމެއް ކުރުމުގެ ވިސްނުމެއް ނެތް، ވެރިކަމަށް ޝަޢުޤެއް ވެސް ނެތް: ފާރިސް

ދުރަށް ޖެހިވަޑައިގެންނެވީ އެއްވެސް ވަރެއްގެ ހައްލެއް ނުލިބުމުން

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 1 އެޕްރީލު 2017 | ހޮނިހިރު 11:29
ފާރިސް މައުމޫނު އާއިލާގެ ބޭފުޅުންނާ އެކު

ފާރިސް މައުމޫނު އާއިލާގެ ބޭފުޅުންނާ އެކު

އެއްވެސް އިރެއްގައި ވެރިކަމަށް ޝައުގުވެރިކަން ނެތް ކަމަށާއި މިހާރު ވެސް ޝައުގުވެރިކަން ނެތް ކަމަށް ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނު ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް ވިދާޅުވީ ރައީސް މައުމޫނުގެ ހަތަރު ބޭފުޅުން ތިއްބެވި އިރު ކޮންމެ ބޭފުޅަކީ ވެސް ތައުލީމީ އަދި ގާބިލް ފަރާތްތައް ކަމަށާއި ނަމަވެސް އެއްވެސް އިރެއްގައި ވެރިކަމުގެ ނިޔަތުގައި ކުރެއްވި އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އަދި އެފަދަ ވިސްނުމެއް ނެތް ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement - newsAdvertisement
"އަޅުގަނޑުމެން މިހާ ހިސާބަށް އުމުރުގައި އައި އިރުގައި، އަޅުގަނޑުމެން ތި ވިދާޅުވާ ގޮތަށް، އާއިލީ ވެރިކަމެއް ދަމަހައްޓަން ނޫނީ، ވެރިކަމެއް ބޭނުންވެގެން، ވެރިކަމުގެ ނިޔަތުގަ ކުރި އެއްވެސް މަސައްކަތެއް ނޯންނާނެ. އަޅުގަނޑުމެންނަކީ، އަޅުގަނޑަކީ، ހަމަގައިމުވެސް އެ ވިސްނުމުގަ ހުރި މީހެއް ވެސް ނޫން،" ފާރިސް ވިދާޅުވި އެވެ.

ސަރުކާރު އިސްލާހްކުރުމަށް އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތްކުރަން ފެށުމުން ވެސް އަދި އޭގެ ކުރިން ވެސް ވެރިކަން ބޭނުން ވެގެން އޭނާ މަސައްކަތްކުރައްވާ ކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރާ ކަމަށާއި ނަމަވެސް އެއީ ޒާތީ ގޮތުން ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އެއީ ފޯކަސް ނަގާލަން ކުރާ ކަންތައްތަކެއް ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ ދިވެހިރާއްޖޭގަ، މިހާރު ކޮރަޕްޝަންގެ މައްސަލަ ވަރަށް ބޮޑޭ. ދިވެހިރާއްޖޭގަ ދިވެހި ރައްޔިތުން މިހާރު، ޝަރުޢީ ނިޒާމާ ގުޅޭގޮތުން ކުރާ އިތުބާރު ކުޑަވެއްޖޭ. މިނިވަން މުއައްސަސާތަކަށް ކުރާ އިތުބާރު ކުޑަވެއްޖޭ. އަޅުގަނޑުމެން މި ވާހަކަތައް ދެއްކީމަ، މި ވާހަކަތަކުގެ ރައްދު ނުދީ، މި ވިދާޅުވަނީ އަޅުގަނޑުމެންގެ ތެރޭން މިވެނި މީހަކު އެ އުޅޭނީ މިވެނި ކަމަކާއޭ. މިއީ އެހެން ވީމަ އަޅުގަނޑުމެން މި ދަންނަވާ ޓޮޕިކަލް އިޝޫޒްއަށް ޖަވާބުދިނުމުގެ ބަދަލުގަ، ޒާތީ ގޮތުން، އަޅުގަނޑު މިވެނި ކަމަކާއޭ އުޅެނީ، ނޫނީ އެހެން ބޭފުޅަކު މިވެނި ކަމަކާއޭ އުޅެނީ، މިހެން ވިދާޅުވާ ވިދާޅުވުމަކީ، އަޅުގަނޑަށް ހީވަނީ އެ މައްސަލަ އޮޅުވާލަން ނޫނީ އަޅުގަނޑުމެންގެ ފޯކަސް ނަގާލަން ދައްކާ ވާހަކަތަކެއް،" އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ބޮޑު ބޭބެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ތެދުވަން މަޖުބޫރުވީ ކޮރަޕްޝަން ހައްދުފަހަނަ އަޅައި ދިޔުމުން ކަމަށާއި މަޝްވަރާކޮށްގެން ވެސް ހައްލުނުކުރެވުމުން ކަމަށެވެ. އަދި އިސްލާހީ މަސައްކަތަށް ފާޅުގައި ނުކުންނަވަން މަޖުބޫރުވެވަޑައިގަތީ، ޝަރުޢީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގައި ސަރުކާރުގެ ނުފޫޒު ބޮޑުވެގެން ދިއުމުން ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ. އަދި މިއީ ޒާތީ ނުވަތަ އާއިލީ މައްސަލަތަކެއް ނޫން ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކާ އެކު ފާރިސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

"ނެގޯޝިއޭޝަން އެއް ނޫނިއްޔާ ދެކޮޅުން ދޫދީގެން ޙައްލު ކުރެވޭ ހިސާބެއްގައެއްވެސް ނޫން މިހާރު މި މައްސަލަ މި އޮތީކީ، އަޅުގަނޑުމެންނަކަށް ޤަބުލެއް ނުކުރެވޭ ޝަރުޢީ ނިޒާމަށް ނުފޫޒު ސަރުކާރުގެ ފަރާތުން އަންނަން ޖެހޭ ކަމަކަށް. އަޅުގަނޑުމެންނަށް ޤަބޫލެއް ނުކުރެވޭނެ މިނިވަން މުއައްސަސާތަކުގެ ނިންމުންތަކާ އެބޭފުޅުންގެ އަމަލުތައް ހުންނަން ޖެހޭނީ، ސަރުކާރުގެ ވެރިން އަންގަވާ ގޮތަކަށް ކަމަކަށް. އެހެންވީމަ މިކަންކަމަކީ އެއްވެސް ހާލެއްގަ ޒާތީ މައްސަލަތަކެއް ނޫން، އާއިލާ ތެރޭގެ މައްސަލަތަކެއް ނޫން،"އޭނާ ވިދާޅުވި އެވެ.

ފާރިސް ވިދާޅުވީ ކަންކަން ގޯސްވަމުން ދާން ފެށުމުން ޕާޓީގެ ސްޓްރަކްޗާ ތެރެއިން މިކަންކަން އިސްލާހްކުރުމަށް މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ނަމަވެސް ދުރަށް ޖެހިވަޑައިގެންނެވީ އެއްވެސް ވަރެއްގެ ހައްލެއް ނުލިބުމުން ކަމަށެވެ.

"ބީރު ކަންފަތެއް ލިބުމުން، އަޅުގަނޑު އެއާ ދުރަށް ޖެހެން ޖެހުނީ. މަޖުބޫރުވީ. އެހެން ވީމަ މިހާހިސާބަށް (ސަރުކާރުން ބޭރުވެ، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރާ ހިސާބަށް) އަޅުގަނޑަށް މި އާދެވުނީ، އަޅުގަނޑު ބޭނުންވެގެނެއް ނޫން. ހަމަ ހަޤީޤަތުގަވެސް ދަންނަވާ ފާނަން އަޅުގަނޑު އެންމެ އެދެނީ، އޭރުވެސް، މިހާރުވެސް އެދެނީ، ރަނގަޅު ގޮތުގަ ރައީސް ޔާމީން ވެރިކަން ކުރެއްވުން. މިސަރުކާރު އިސްލާހުވުން،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާރިސް އެންމެ ފުރަތަމަ ފާޑުވިދާޅުވާން ފެއްޓެވީ ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހް ގެންނަން ސަރުކާރުން މަސައްކަތް ފެށުމާ އެކު ބައްޕާފުޅު އަދި ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވި މައުމޫނު އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ. އެ މައްސަލާގަ އައި އޭގެ ފަހުން ސަރުކާރުން ހުށަހެޅި ބިލްތަކަށް ވެސް ފާޅުގައި ފާޑުވިދާޅުވެ އަދި ތްރީލައިން ވިޕާ ދެކޮޅަށް އަމަލުކުރައްވަން ފެއްޓެވުމުން ޕީޕީއެމްގެ މުސްތަޝާރު، ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ފާރިސް ޕާޓީން ވެސް ބޭރުކޮށްފައެވެ. އޭގެ ފަހުން ފާރިސް މިހާރު ގެންދަވަނީ އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީގެ ލީޑަރުންނާ އެކު ރައީސް މައުމޫނު ސޮއިކުރެއްވި އެއްބަސްވުމުގެ ދަށުން މަސައްކަތްކުރައްވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 ޖެނުއަރީ
ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ
20251 އަހަރު ކުރިން
ސިއްހަތު

ބޮލުން އިސްތަށި ފައިބާތީ އޮންލައިކޮށް ގަތް ބޭސް ބޭނުންކުރި މީހެއްގެ ވާހަކަ

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއަރސްގެ، "ފަރީ" ގްރޫޕާއި އެކު އުމްރާ އަށް ދާން ރަނުގެ ފުރުސަތެއް

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

2 އަހަރުގެ ދަރިފުޅު އަމިއްލައަށް އުނގެނެމުން ދިޔައީ ޓެބްލެޓާއި ޓީވީގެ އެހީގަ: މިއަދު އެއީ އިނގިރޭސިވިލާތަށް ރެކޯޑެއް!

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް
20224 އަހަރު ކުރިން
ރާއްޖެ

ސީރިއާ ބޯޑަރު ކައިރިން ހައްޔަރުކުރި ފައިޒަންއަށް އުފުލާފައިވާ ދައުވާ: އިންޓެލް ރިޕޯޓަކީ ރަސްމީ ލިއުމެއްކަމާމެދު ބަހުސެއް

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންނުވެ ދެން ދަތުރެއް ނުކުރެވޭނެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

24 ގަޑިއިރު މަޖިލިސް ހުޅުވައިގެން ވިޔަސް ޕީއެންސީ ރަޖީސްޓްރީ ކުރާނަން: ގާސިމް

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ގޮތަކަށް ބޭއްވި ކޮމެޓީގައި މެމްބަރު އާމިރުގެ ބަހުގެ ހަމަލާ، ސަރުކާރު މެމްބަރުންނަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު