Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޚަޝޯގީގެ މަރު

ޚަޝޯގީގެ މަރާ ގުޅޭ ރެކޯޑިން ގައުމުތަކަށް ދީފި

11 ނޮވެމްބަރު 2018 | އާދީއްތަ 12:48

ޚަޝޯގީގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ތުރުކީން ވަނީ ހުއްޓާލާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 11 ނޮވެމްބަރު 2018 | އާދީއްތަ 12:48
އޮރްދޮޣާން ވިދާޅުވީ ހުރިހާ ފަރާތަކުން ވެސް ރެކޯޑިންގައި ހުރި ވާހަކަތައް އަޑުއަހައިފި ކަމަށް

އޮރްދޮޣާން ވިދާޅުވީ ހުރިހާ ފަރާތަކުން ވެސް ރެކޯޑިންގައި ހުރި ވާހަކަތައް އަޑުއަހައިފި ކަމަށް

ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލައާ ގުޅޭ އޯޑިއޯ ރެކޯޑިންގ ސައުދީ އާއި އެމެރިކާގެ އިތުރުން ބައެއް އެހެން ގައުމުތަކާ ހަވާލުކޮށްފި ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އޮރްދޮޣާން ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.

މިއީ ތުރުކީން ރަސްމީކޮށް މިފަދަ އޯޑިއޯ އެއް އޮތް ކަމަށް ރަސްމީކޮށް އެއްބަސްވި ފުރަތަމަ ފަހަރަވެ.

ޚަޝޯގީ މަރާލި ވަގުތުގެ އޯޑިއޯ ރެކޯޑިންގ އެއް ތުރުކީގެ އިދާރާތަކުގައި އޮތްކަމަށް އެ ގައުމުގެ މަސްދަރުތަކުން ވަނީ ބުނެފައެވެ. ނަމަވެސް އެފަދަ ރެކޯޑިންގ އެއް އޮތްކަމެއް ރަސްމީކޮށް ކުރިން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގެ ތެރޭގައި ޚަޝޯގީ މަރާލި ވަގުތު ރެކޯޑް ކުރެވިފައިވާ އޯޑިއޯ ސައުދީ އާއި އެމެރިކާގެ އިތުރުން ޖަރުމަން، ފްރާންސް އަދި އިނގިރޭސި ވިލާތާ، ތުރުކީން ވަނީ ހިއްސާކޮށްފަ އެވެ.

ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނުތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ފްރާންސްގައި ބާއްވާ ހަފްލާތަކަށް ފުރާ ވަޑައިގެންނެވުމުގެ ކުރިން އޮރްދޮޣާން ވިދާޅުވީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ޚަޝޯގީ މަރާލުމުގެ ކުރިން އެގައުމަށް ދަތުރުކުރި 15 މީހުންގެ ތެރޭގައި ޚަޝޯގީ މަރާލި މީހާ ވާކަން ސައުުދީއަށް އެނގޭކަމަށެވެ.

"އަޅުގަނޑުމެން ޓޭޕްތައް ދީފިން. އަޅުގަނޑުމެން ޓޭޕްތައް ދިނީ ސައުދީ އަރަބިއާ، އެމެރިކާ، ޖަރުމަނު، ފްރާންސް، އަދި އިނގިރޭސިވިލާތަށް. އެ ހުރިހާ ފަރާތަކުން ވެސް އޭގައި ހުރި ވާހަކަތައް އަޑުއަހައިފި،" އޮރްދޮޣާން ވިދާޅުވިއެވެ.

ބައެއް މަސްދަރުތަކާ ހަވާލާދީ ހޮނިހިރު ދުވަހު އަލްޖަޒިރާ އިން ބުނެފައިވާ ގޮތުގައި ޚަޝޯގީގެ ހަށިގަނޑު ހޯދުމުގެ މަސައްކަތް ތުރުކީގެ ފުލުހުން މިހާރު ވަނީ ހުއްޓާލާފައެވެ. ނަމަވެސް އުމުރުން 59 އަހަރުގެ ނޫސްވެރިޔާގެ މަރުގެ މައްސަލައިގައި ކުރަމުންދާ ޖިނާއީ ތަހުގީގު އަދިވެސް ކުރިޔަށް ގެންދާނެއެވެ.

ޚަޝޯގީ ދިރިހުއްޓައި އެންމެ ފަހުން ފެނިފައި ވަނީ ސައުދީ ކޮންސިއުލޭޓަށް ލިއުމެއް ބަލާ އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހު ދަނިކޮށެވެ. އޭގެ ފަހުން އޭނާގެ ޚަބަރެއް ވެފައި ނުވާއިރު އޭނާ މަރާލާފައިވާ ކަމަށް ތުރުކީން ބުނަމުންދާތާ އެތައް ދުވަހެއްފަހުން ސައުދީ އިން އެކަމަށް އެއްބަސްވެފައި ވަނީ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުއެވެ.

ވޮޝިންގޓަން ޕޯސްޓްގައި ސައުދީގެ ޝާހީ އާއިލާ އާއި ވެރިކަމަށް ފާޑުކިޔައި ލިއުންތައް ޝާއިއު ކުރަމުން ގެންދާ ޚަޝޯގީ މަރާލާފައިވާ ކަމަށް ސައުދީން އެއްބަސްވި ނަމަވެސް އެ މައްސަލައިގައި އެ ގައުމުގެ ވަލީ އަހްމަދު މުހައްމަދު ބިން ސަލްމާންގެ އަތެއް ނުވާ ކަމަށް ބުނެފައިވެ އެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި

18 ފެބުރުއަރީ 2017
ޖާނުންފިދާވުމުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުން ހިންގި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަވެރިންތަކެއް މަރާލައިފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
13 ފެބުރުއަރީ 2017

ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި

13 ފެބުރުއަރީ 2017
ލާހޫރުގައި ބާރުގަދަ ބޮމެއް ގޮއްވާލާ 11 މީހުން މަރާލައިފި
09 ފެބުރުއަރީ 2017

އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި

09 ފެބުރުއަރީ 2017
އައިއެސްގެ ހަނގުރާމަވެރިން ކަމަށް ބެލެވޭ ބަޔަކު ރެޑް ކްރޮސްގެ މުވައްޒަފުންތަކެއް މަރާލައިފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
07 ފެބުރުއަރީ 2017

ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ

07 ފެބުރުއަރީ 2017
ސީރިޔާގެ ސިއްރު ޖަލެއްގައި 13،000 މީހުން މަރާލައިފައިވޭ: އެމްނެސްޓީ
03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
14 ޖެނުއަރީ 2017

އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު

14 ޖެނުއަރީ 2017
އެލްސަލްވަޑޯގައި މީހަކު ނުމަރާ 24 ގަޑިއިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް